އިރުމަތީގައި ޤުދުސްގައި ހުންނަ މުސްލިމުންގެ މުޤައްދަސް މިސްކިތެއްކަމުގައިވާ މަސްޖިދުލްއަޤްޞާ އަށް ޙައްދުފަހަނައަޅާފައިވާ ޔަހޫދީންތަކެއް، އިޒްރޭލުގެ އިސްތިޢުމާރީ ސިފައިންގެ ޙިމާޔަތުގައި ތިބެ ގަދަކަމުން ވަދެގެންފިއެވެ.
މިދިޔަ ބުރާފަތި ދުވަހު، ޔަހޫދީންގެ ޢީދެއް ފާހަގަކުރުމުގެ ނަމުގައި ގާތްގަނޑަކަށް 120 މީހުން އެކުލެވޭ ގްރޫޕަކުން އަޤްޞާ މިސްކިތަށް ވަދެފައިވަނީ މުސްލިމުން ބޭނުންކުރުން މަނާކޮށްފައިވާ އެމިސްކިތުގެ "އަލްމަޣްރަބާ" ދޮރާށިންނެވެ.
މަންޒަރުދުށް މީހުންނާ ޙަވާލާދީ ޚަބަރުފަތުރާ ވަޞީލަތްތަކުން ހާމަކޮށްފައިވާ ގޮތުގައި ޔަހޫދީ "ރައްބީން" ތައް ވަނީ އެމީހުންނަށް ތަބާވާ މީހުންނަށް މިސްކިތްތެރެއަށް ވަދެ، އެމީހުންގެ ދީނީ އަޅުކަންތައް ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ. ނަމަވެސް މިސްކިތުގައި ތިބި މުސްލިމުން ވަނީ އެމީހުނަށް ހުރަސްއަޅައި ހުއްޓުވާފައެވެ. މިކުރިމަތިލުމުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މިއީ އިޒްރޭލުގެ ޓޫރިޒަމް މިނިސްޓްރީން އިންތިޒާމްކޮށްގެން ހިންގާފައިވާ ޖަރީމާއެކެވެ.
___________________________
މަޞްދަރު : ޕަލަސްޓީނިއަން އިންފޮމޭޝަން ސެންޓަރ

ކޮމެންޓް (0)
ލޯޑް ކުރަމުން...