ރާއްޖޭގެ ޚަބަރު 23 ޑިސެމްބަރ ގެ މުޒާހަރާގައި ޖަމްޢިއްޔަތުއްސަލަފުން ބައިވެރިވާކަން ހާމަކުރައްވައި ކުއްލި ބަޔާނެއް ނެރެފި

23 ޑިސެމްބަރ ގެ މުޒާހަރާގައި ޖަމްޢިއްޔަތުއްސަލަފުން ބައިވެރިވާކަން ހާމަކުރައްވައި ކުއްލި ބަޔާނެއް ނެރެފި

23 ޑިސެމްބަރ ގެ މުޒާހަރާގައި ޖަމްޢިއްޔަތުއްސަލަފުން ބައިވެރިވާކަން ހާމަކުރައްވައި ކުއްލި ބަޔާނެއް ނެރެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދަނީއިއްތިހާދުން އިސްނަގައިގެން "އިސްލާމްދީނުގެ ޙިމާޔަތުގައި ދިވެހިން" މިޝިޢާރުގެ ދަށުން މާދަމާ 23 ޑިސެމްބަރ 2011 ވާ ހުކުރުދުވަހު ހަވީރު ބާއްވާގޮތަށް ހަމަޖެހިފައިވާ ބޮޑު މުޒާހަރާގައި ޖަމްޢިއްޔަތުއްސަލަފުންވެސް ބައިވެރިވާކަމަށް އެޖަމްޢިއްޔާއިން ހާމަކޮށްފިއެވެ.

މިބޮޑު މުޒާހަރާއަށް ތާޢީދުކޮށް، އެޖަމްޢިއްޔާގެ ރަސްމީވެބްސައިޓުގައި ހާމަކޮށްފައިވަނީ "އިސްލާމްދީނުގެ ޙިމާޔަތުގައި ދިވެހިން" މި ޝިޢާރުގެ ދަށުން ދިވެހިރައްޔިތުން ޝުޢޫރު ފާޅުކުރުމުގެ ގޮތުން މަދަނީ އިއްތިޙާދުން 23 ޑިސެމްބަރ 2011 ވާ ހުކުރުދުވަހުގެ ހަވީރު ބޭއްވުމަށް އިޢުލަންކޮށްފައިވާ ޞުލްޙަވެރި މަދަނީ ބޮޑު މަހާސިންތާއަށް ޖަމްޢިއްޔަތުއްސަލަފުން ތާޢީދުކޮށް ބައިވެރިވާން ނިންމާފައިވާކަމުގައި އިޢުލާން ކުރަމެވެ." މިފަދައިންނެވެ.

މީގެއިތުރުން މި މުޒާހަރާގައި އެޖަމްޢިއްޔާއިން ބައިވެރިވާންޖެހޭ ސަބަބުތައްކަމުގައި ބަޔާންކޮށް 8 ޕޮއިންޓެއްވެސް ފާހަގަކުރައްވާފައިވެއެވެ. އަދި އޭގެއިތުރުން މިބޮޑު މުޒާހަރާގައި މުސްލިމުންގެ އެންމެހާ ޖަމާޢަތްތަކުންވެސް ޞުލްޙަވެރިކަމާއި އަމާންކަމާއެކު، އިސްލާމީ ޝިޢާރުތަކުގެ އަޑު އުފުލުމުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުންވެސް ބައިވެރިވުމަށްވެސް އިލްތިމާސް ކުރައްވާފައިވެއެވެ. ހަމައެއާއިއެކު، އަންހެނުންނާއި ފިރިހެނުން މައްސުނިވެ ގައިގޯޅިވުމާއި، މީސްތަކުންގެ އަބުރަށް އަރައި، ހަޑިހުތުރު ބަސްތައްގޮވައި، ނުބައި ލަޤަބުތައް ކިޔައި، މުސްލިމުންގެ ތެރޭގައި ތަޅާފޮޅުމާއި، ހަމަނުޖެހުމަށް މަގުފަހިވާފަދަ އެއްވެސް ޢަމަލެއް ހިންގުމީ އެއްވުމުގެ ތެރޭގައްޔާއި، އެއްވުމުން ބޭރުގައިވެސް މުސްލިމުން ދުރުހެލިވާންޖެހޭ ކަމެއްކަމުގައި ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ހަދާންކޮށްދީ މިކަމަށް ސަމާލުވުމަށްވެސް އެޖަމްޢިއްޔާއިން އިލްތިމާސްކުރައްވާފައިވެއެވެ.

މިމުޒާހަރާއަށް މިހާކުޑަތަންވެފައިވަނިކޮށް މިފަދައިން ބަޔާންކުރަން ޖެހުނީ، ޖަމްޢިއްޔަތުއްސަލަފުގެ ނަން ޖަހައިގެން ބައެއްފަރާތްތަކުން 23 ޑިސެމްބަރުގެ ޞުލްޙަވެރި އެއްވުމައި ދެކޮޅަށް އެކިއެކި ލިޔުންތައް ބަހަމުންގެންދިއުމާއި ތަފާތު ޕްރޮޕެގެންޑާތައް ފަތުރަމުންދާތީ ކަމުގައިވެސް އެޖަމްޢިއްޔާގެ ކުއްލި ބަޔާނުގައި ހާމަކުރައްވާފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.