ދިއިސްލާމް ލަންކާއިން ނެރުނު ރިޕޯޓާއިމެދު އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފި

ލަންކާއިން ނެރުނު ރިޕޯޓާއިމެދު އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފި

ލަންކާއިން ނެރުނު ރިޕޯޓާއިމެދު އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަވަށްޓެރި ސްރީލަންކާގެ ދާޚިލާ ހަނގުރާމަ ނިމިދިޔަ ގޮތުގެ މައްޗަށް އެ ގައުމުގެ ސަރުކާރުގެ ކޮމިޝަނަކުން ތައްޔާރުކޮށް ނެރުނު ރިޕޯޓުގައި ސިފައިންގެ ފަރާތުން އެއްވެސް ނޭދެވޭ ކަންތަކެއް ހިނގާފައި ނެތްކަމަށް ބުނެފައިވާތީ ދުނިޔޭގައި އޮތް އެންމެ ބޮޑު ޓެރަރިސްޓް ޤައުމުކަމަށްވާ  އެމެރިކާ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ލަންކާ ހަނގުރާމައިގެ ތެރޭގައި ތަމަޅައިންނާ ދެކޮޅަށް ލާއިންސާނީ ވަރަށް ގިނަ އަމަލުތައް ހިންގާފައިވާ ކަމުގެ ތުހުމަތުތައް ވަނީ ކޮށްފައެވެ. ނަމަވެސް ސަރުކާރުން އުފެއްދި ކޮމިޝަނުން މިދިޔަ ހަފުތާގައި ނެރެނު 400 ސަފުހާގެ ރިޕޯޓުގައި ވަނީ ހަނގުރާމައިގައި މަދަނީ މީހުންނަށް ސިފައިން ހަމަލާދީފައި ނުވާ ކަމަށް ބުނެފައެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ވިކްޓޯރިއާ ނޫލޭންޑް ވިދާޅުވީ ލަންކާ އިން ނެރުނު ރިޕޯޓް ދިރާސާކުރަމުން އަންނަ ކަމަށާއި ނަމަވެސް ސިފައިންގެ މައްޗަށް ތުހުމަތުކޮށްފައިވާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކުގެ މައްޗަށް ރިޕޯޓުގައި އަލިއަޅުވާލައިފައި ނުވާ ކަމަށެވެ.

ލަންކާ ހަނގުރާމައިގައި ހިންގާފައިވާ ޖަރީމާތައް ތަހުގީގު ކުރުމަށް ބައިނަލްއަގުވާމީ ކޮމިޝަނެއް އުފެއްދުމަށް އިންސާނިއްޔަތަށް މަސައްކަތް ކުރާ ބައެއް ޖަމާއަތްތަކުން ގޮވާލި ނަމަވެސް އެމެރިކާ އިން އެކަމަށް ތާއިދުކޮށްފައެއް ނުވެއެވެ.

އ.ދ. އިން ލަފާކުރާ ގޮތުގައި 37 އަހަރުވީ ހަނގުރާމައިގައި ވަނީ ލައްކައަކަށްވުރެ ގިނަ މީހުން މަރުވެފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނެފައި ވަނީ 2009 ވަނަ އަހަރު ނިމުނު ހަނގުރާމައިގެ ފަހު ފިޔަވަހީގައި އާއްމުންގެ އެތައް ބަޔަކު ވެސް ލަންކާ ސިފައިން މަރާފައިވާ ކަމަށެވެ. ނަމަވެސް މި ތުހުމަތުތައް ލަންކާ ސަރުކާރުން ދޮގު ކުރެއެވެ.

ލަންކާގައި ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކަށް ކަންބޮޑުވުން ފާޅުކުރާއިރު އެމެރިކާއަކީ ދުނިޔޭގައި އެންމެ ބޮޑަށް ލާއިންސާނީ ޖަރީމާތައް ހިންގާ އެއް ޤައުމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.