ދިއިސްލާމް އިރާނަށް ދަތިކުރުމުގެ ސަބަބުން ކުރިމަތިވާނެ ތެލުގެ މައްސަލަތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރަނީ

އިރާނަށް ދަތިކުރުމުގެ ސަބަބުން ކުރިމަތިވާނެ ތެލުގެ މައްސަލަތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރަނީ

އިރާނަށް ދަތިކުރުމުގެ ސަބަބުން ކުރިމަތިވާނެ ތެލުގެ މައްސަލަތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިރާނުން ކުރިއަށްގެންދާ ނިއުކްލިއަރ ހަތިޔާރުގެ މަޝްރޫޢުގެ މަސައްކަތާއި ގުޅިގެން އިރާނާއި ދެކޮޅަށް ދުނިޔޭގެ ބާރުތަކުން ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފި ނަމަ ދުނިޔޭގެ ހަކަތައިގެ ބާޒާރުގެ މައްސަލަތައް ހައްލުކޮށް އެކަންތައް ހަމަޖައްސާނެ ގޮތަކާ މެދު ޔޫރަޕާއި އަރަބި ބައެއް ގައުމުތަކާ އެކު އެމެރިކާ އިން މަޝްވަރާ ކުރަން ފަށައިފިއެވެ.

ވޯލް ސްޓްރީޓް ޖާނަލުން ބުނެފައިވާ ގޮތުން އިރާނުގެ ތެޔޮ އެކްސްޕޯޓް ކުރުމާ ދެކޮޅަށް ފިޔަވަޅެއް އަޅައިފި ނަމަ އިރާނާއި ހުޅަނގާ ދެމެދު އިގްތިސާދީ ކުރިމަތިލުމަކަށް ދާނެ ކަމަށެވެ. އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅެއް އަޅައިފި ނަމަ ޚުރްމޫޒް ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު އިރާނުން ތަކުރާރުކޮށް ދީފައިވެއެވެ.

އިރާނުގެ އޮފިޝަލުން ދާދި ފަހުން ބުނެފައިވަނީ ހުޅަނގާއި އެމެރިކާ ގުޅިގެން އެ ގައުމުގެ މަރުކަޒީ ބޭންކާއި އިރާނުގެ ތެލުގެ އެކްސްޕޯޓާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަށް ތެހެރާނުން ތައްޔާރުވެފައިވާ ކަމަށެވެ.

އެމެރިކާ އިން މަސައްކަތް ކުރަމުން ދަނީ އިރާނާއި ދެކޮޅަށް ތެލުގެ ދަތިކުރުމުގެ ފިޔަވަޅެއް އަޅައިފި ނަމަ ސައުދީ އަރަބިއްޔާ އާއި ކުވޭތު އަދި އެކުވެރި ޢަރަބި އިމާރާތުން އުފައްދާ ތެޔޮ އިތުރު ކުރުމަށެވެ.

އިރާނާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގައި ވާގިވެރިވެފައިވާ 11 ގައުމަކުން ރޯމުގައި މިހާރު މަޝްވަރާތައް ކުރަމުންދެއެވެ. އިރާނުން ތަކުރާރުކޮށް ބުނަމުންދާ ގޮތުގައި އެޤައުމަށް ކުރިމަތިކުރާ ފިއްތުންތަކުގެ ސަބަބުން އެމެރިކާ އާއި ޔޫރަޕަށް އޭގެ ނޭދެވޭ އަސަރުތައް ކުރާނެ ގޮތަކަށް އެޤައުމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިރާނުން ތަކުރާރުކޮށް ބުނަމުންދާ ގޮތުގައި އެޤައުމުން ނިއުކްލިއަރ ހަތިޔާރު ނުއުފައްދައެވެ. އަދި އެޤައުމުން ކުރިއަށްގެންދާ މަޝްރޫޢަކީ މަދަނީ ބޭނުންތަކަށް ނިއުކްލިއަރ ހަކަތަ އުފެއްދުމަށް ކުރަމުންދާ މަސައްކަތެއް ކަމަށާއި އެކަމުގެ ނުރައްކާ އެހެން އެއްވެސް ޤައުމަކަށް ނެތްކަމަށެވެ. އެމެރިކާ އާއި އިސްރާއީލުން ތުހުމަތު ކުރާގޮތުގައި އިރާނުން މަސައްކަތް ކުރަމުން އަންނަނީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށްފަހު އިސްރާއީލަށް ހަމަލާދީ އިސްރާއީލު ނައްތާލުމަށް ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.