އިސްލާމިކް ފައުންޑޭޝަންގެ ރަސްމީ ވެބްސައިޓް ލޯންޗް ކޮށްފިއެވެ.
އިސްލާމިކް ފައުންޑޭޝަންގެ ވެބްސައިޓް ލޯންޗް ކޮށްފައިވަނީ މިމަހު 23 ވަނަ ދުވަހު އޮތް 'މަހުޝަރުގެ މައިދާނުގައި...' މިދަރުސް ފެށުމުގެ ކުރިން އިސްލާމިކް މިނިސްޓްރީގެ ނައިބް ފަޟީލަތުއްޝައިޚް ފާރޫޤްއެވެ.
އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސްއިން ހާމަކުރައްވާގޮތުގައި 'ޖަމިއްޔާ އާއި ގުޅޭ އެންމެ ފަހުގެ ހަބަރާއި މައުޟޫމާތު ވެބްސައިޓުގައި ޝާއިއު ކުރެވޭނެކަމަށާއި މުހިންމު ކަންކަމާއި ގުޅޭ ގޮތުން ނެރެވޭ ނޫސް ބަޔާންތައްވެސް ވެބްސައިޓު މެދުވެރިކޮށް ޝާއިއު ކުރެވޭނެ.' ކަމަށެވެ. އަދި މީގެ އިތުރުން 'އިވެންޓްތަކާއި ބެހޭ އެންމެ ފަހުގެ އަޕްޑޭޓްސް ވެބްސައިޓުގެ ޒަރީއާއިން ފޯރުކޮށްދެވޭނެ.' ކަމަށެވެ.
އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ރަސްމީ ވެބްސައިޓަކީ 'އިސްލާމިކްފައުންޑޭޝަންއޮފްދަމޯލްޑިވްސް.އޯއާރޖީ.ކޮމް' އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...