ދުނިޔެ އިޒްރޭލުގެ އިސްތިޢުމާރީ ސިފައިން "ނާބުލުސް" ގެ މަގެއް ހަލާކުކޮށްލައިފި

އިޒްރޭލުގެ އިސްތިޢުމާރީ ސިފައިން "ނާބުލުސް" ގެ މަގެއް ހަލާކުކޮށްލައިފި

އިޒްރޭލުގެ އިސްތިޢުމާރީ ސިފައިން "ނާބުލުސް" ގެ މަގެއް ހަލާކުކޮށްލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"ޙުވާރާ" އަވަށުގެ މަގެއް (ފޮޓޯ: އަބޫ ޢުމައިދް، ޕެލަސްޓައިން ރިމެމްބާޑް)

ހުޅަނގުއައްސޭރީގެ ސަހަރެއްކަމުގައިވާ "ނާބުލުސް" ގެ ދެކުނުގައި އޮންނަ "ޙުވާރާ" އަވަށުގެ މަގެއް އިޒްރޭލުގެ އިސްތިޢުމާރީ ސިފައިން މިދިޔަ އަންގާރަ ދުވަހު ހަލާކުކޮށްލައިފިއެވެ.

ޙުވާރާގެ މޭޔަރު މުޢީން ޢަބްދުލްކަރީމް ދަމީދީ ވިދާޅުވިގޮތުގައި "ޙުވާރާ" ގެ ވަށައިގެންވާ ސަރަޙައްދުތަކާއި އެއަވަށް ގުޅުވައިދިނުމަށްޓަކައި ހަތަރު ލައްކަ ޔޫއެސް ޑޮލަރު ޚަރަދުކޮށްގެން، ދާދިފަހުން ހަދާފައިވާ މަގު އިޒްރޭލު ސިފައިން ވަނީ އެމީހުންގެ ބުލްޑޯޒަރުތައް ބޭނުންކޮށްގެން އެއްކޮށް ހަލާކުކޮށްލާފައެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި އިޒްރޭލުގެ ޢަސްކަރިއްޔާއިން އެ މަގު ހަލާކުކޮށްލަން އުޅޭ ކަމުގެ އެއްވެސް ނޯޓިސްއެއް ކުރިން ދީފައެއްނުވެއެވެ. އަދި އެމަގު ހަލާކުކޮށްލަން ޖެހޭ ސަބަބެއްވެސް "ޙުވާރާ" ގެ މުނިސިޕަލް ކައުންސިލަށް އަންގާފައެއްނުވެއެވެ.

މި މަގު ހަލާކުކޮށްލުމުގެ ސަބަބުން އެވަށުގައި ދިރިއުޅުމުންދާ އެތައް ބަޔާކާއި އެމީހުންގެ ދަނޑުބިންތައް ވަނީ  މުޅީން އެކަހެރިވެ އެހެން ސަރަޙައްދުތަކާ ގުޅުންކެޑިފައެވެ. އަދި މިކަމުގެ ސަބަބުން އަވަށުގެ މީހުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ކައުންސިލަށް ވެސް ވަނީ ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައެވެ.

___________________________

މަޞްދަރު: އިންޓަނޭޝަނަލް މިޑްލް އީސްޓް މީޑިއާ ސެންޓަރ

ޓެގް

ފަލަސްޠީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.