ދިއިސްލާމް މިސްރުގެ އަޝްކަރީ ސިފައިންނާ ދެކޮޅަށް އެތައްހާސް އަންހެނުން އެޤައުމުގެ ވެރިރަށް ކައިރޯގެ މަގުތަކުގައި ނުރުހުން ފާޅުކޮށްފި.

މިސްރުގެ އަޝްކަރީ ސިފައިންނާ ދެކޮޅަށް އެތައްހާސް އަންހެނުން އެޤައުމުގެ ވެރިރަށް ކައިރޯގެ މަގުތަކުގައި ނުރުހުން ފާޅުކޮށްފި.

މިސްރުގެ އަޝްކަރީ ސިފައިންނާ ދެކޮޅަށް އެތައްހާސް އަންހެނުން އެޤައުމުގެ ވެރިރަށް ކައިރޯގެ މަގުތަކުގައި ނުރުހުން ފާޅުކޮށްފި.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

  މިދިޔަ ހުކުރުދުވަހުން ފެށިގެން މިސްރުގު ތަޚްރީރް މައިދާނުގައި އެޤައުމުގެ އަސްކަރީ ސިފައިންނާ އާންމުންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އަންހެނުންނާ މެދު އިހާނެތި ގޮތްތައް ހަދަމުންދާކަމަށްބުނެ އެތައްހާސް އަންހެނުން، ރޭ އެޤައުމުގެ ވެރިރަށް ކައިރޯގެ މަގުތަކަށް ނިކުމެ ނުރުހުންފާޅުކޮށްފިއެވެ.

   އެކިއެކި ބެނާތަކާ ލިޔުންތަކާއެކު ނުކުމެ ސިފައިންނަށް އެމީހުން ގޮވާލައިފައިވަނީ އަންހެނުންނަށް އިހާނެތިގޮތެއްގައި އަނިޔާނުކުރުމަށާއި ވަގުތުން ވަގުތައް ތަޙްރީރް މައިދާނުގައި އާންމުންނާ ދެކޮޅަށް އެބައިމީހުން ކުރަމުންދާ އަނިޔާތައް ވަގުތުން ވަގުތައް ހުއްޓާލުމަށެވެ. މިސްރުގެ މަގުތަކަށް އެތައްހާސް އަންހެނުން ނިކުމެފައި މިވަނީ ތަޚްރީރް މައިދާނުގައި އެއްވެ އުޅުން އަންހެނެއްގެ ބޮލުގެ އިސްތަށިގަނޑުގައި ހިފައި އަނިޔާކޮށް އޭނާ މަތިން ލައިގެންހުރި ހެދުން ބާލައިފައިވާ ފޮޓޯތަކާއި ވީޑިއޯތައް އާންމުވެފައިވުމާ ގުޅިގެންނެވެ. މީގެ އިތުރުންވެސް މިހާރު ކުރިއަށްދާ ހަމަނުޖެހުމުގައި ހައްޔަރުކޮށްފައިވާ ވަރަށް ގިނަ އަންހެނުން އެމީހުންނަށް އަނިޔާކުރާކަމަށް ބުނެފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

 މިސްރުގެ ތަޚްރީރް މައިދާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް މިއަދު 6 ދުވަސް ފުރޭއިރު މިހާތަނަށް 14 މީހުން މަރުވެ 100 އަށް ވުރެ ގިނަމީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.