"އިސްލާމްދީނުގެ ހިމާޔަތުގައި ދިވެހިން" މި ނަމުގައި މަދަނީ އިއްތިހާދުގެ ފަރާތުން ބާއްވާ މުޒާހަރާއަށް ނައިފަރުންވެސް ނުކުތުމަށް ތައްޔާރިތަށް ވާން ފަށައިފިއެވެ.
ނައިފަރުގައި މުޒާހަރާއަށް ތާއިދުކޮށް ހިނގާލުން އިންތިޒާމްކުރާ ފަރާތުން ހާމަކުރާގޮތުގައި އެ ހިިނގާލުމުގައި އަދާލަތު ޕާޓީގެ މެމްބަރުންނާއި ޑީއާރްޕީ ގެ މެމްބަރުންނާއި އަދި ދީނަށް ލޯބިކުރާ އެމްޑީޕީގެ ބައެއް މެމްބަރުން ބައިވެރިވާނެއެވެ. މިހާރު ހިނގާލުން ރާވާ ހިންގުމަށްޓަކައި ހުރިހާ ފަރާތެއް ޝާމިލްވާގޮތަށް ވަނީ ކޮމެޓީއެއް އެކުލަވާލާފައެވެ.
ސުލްޙަވެރި ހިނގާލުން އިންތިޒާމް ކުރާ ފަރާތްތަކުން ހާމަކުރަގޮތުގައި އެ ހިނަގާލުމުގައި 1500 އަށް ވުރެ ގިނަ މީހުން ނުކުންނާނެކަމަށް އެފަރާތުން އުއްމީދުކުރެއެވެ.
މި ހިނގާލުން އޮންނާނީ އެދުވަހުގެ 4:15 ން 5:00ގެ ނިޔަލަށް ނައިފަރުގެ ބޮޑެތި މަގުތަކުގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...