"އިސްލާމް ދީނުގެ ހިމާޔަތުގައި ދިވެހިން" މި ނަމުގައި މި މަހުގެ 23 ވަނަ ދުވަހު މުޒާހަރާ ކުރަން ނިއްމަފައިވާތީ ކުމުންދޫގައިވެސް މުޒާހަރާއަށް ތައްޔާރުވާން ފަށައިފިއެވެ.
ކުމުންދޫ އޮންލައިނުގައި ވާގޮތުން މުޒާހަރާގެ ކަންކަމުގައި އެ ރަށުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ 23 ވަނަ ދުވަހު މުޒާހަރާ އޮންނާނެ ކަމަށް ބުނެފައެވެ. އަދި އެކަމަށް އެ ފަރާތުން ތައްޔާރު ވަމުންއަންނަކަމަށް ވަނީ ހާމަކޮށްފައެވެ.
މަދަނީ އިއްތިހާދުން ވަނީ އިސްލާމް ދީނުގެ ހިމާޔަތުގައި ވަރުގަދަ ތެދުވުމަކުން ތެދުވާނެކަމަށް މީގެ ކުރިން ބުނެފައެވެ.
މި މުޒާހަރާ އަށް ގިނަ ރަށް ރަށުން ބައިވެރިވުމަށްޓަކައި އަންނަނީ މަސައްކަތްތައް ކުރަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...