އަލިމަސް ކާނިވާ ސްޓޭޖް ސަރަހައްދަށް ގަދަ ވަޔާއިއެކު އުދަ އެރުމާއި ގުޅިގެން ރޮކް ސްޓޯރޯމް މިޔުޒިކް ޝޯ ކެންސަލް ވެއްޖެއެވެ.
މިޔުޒިކް ޝޯ ކެންސަލްވެފައިވަނީ ގަދަ ވަޔާއިއެކު އުދަ އެރުމާއިގުޅިގެން ސްޓޭޖްގެ ވަށާޖަހާފައިވާ ފެންސްތަކަށް ގެއްލުންވެ އަދި އެސަރަހައްދައް ބޮޑެތި ގެއްލުން ތަކެއް ލިބުމާއި ގުޅިގެންނެވެ. ދިއިސްލާމްއިން މިސަރަހައްދަށް ގޮސް ބެލި ބެލުމުން ފާހަގަ ކުރެވިފައިވާ ގޮތުގައި އިއްޔެ އެސަރަހައްދު ވަށައިގެން ޖަހާފައިވާ ފިލާތަކާއި ވަށައިގެން ދަމާފައިވާ ކަޅު ފޮތިތަކަށްވެސް ބޮޑެތި ގެއްލުން ލިބިފައިވެއެވެ. ފިލާތަކުގެ މަތީގައި ދަމާފައިވާ ކަޅު ފޮތިތައް އެކީ ހަލާކުވެފައިވާއިރު ބައެއް ބިތްތަކުގެ ފިލާތައްވެސް ވަނީ ހަލާކުވެ ވެއްޓިފައެވެ.
ރޮކްސްޓްރޯމް މިޔުޒިކް ޝޯ އަކި ރާއްޖޭއިން ބޭރުގެ މިޔުޒިކް ގުރޫޕްތަކެއްގެނެސްގެން ބާއްވަން ހަމަޖެހިފައިވާ މިޔުޒިކް ޝޯއެކެވެ. މިޝޯ މިރޭ ނުބޭއްވޭނެކަން ޔަޤީންވުމާއި ގުޅިގެން، ޝޯވަނީ މާދަމާރެއަށް ފަސްކޮށްފައެވެ. އަދި މާދަމާރޭވެސް މިޝޯ ނުބޭއްވިއްޖެނަމަ، ދެން ރާއްޖޭގައި މިޝޯ ބޭއްވުމުގެ ފުރުޞަތު ނުލިބޭނެކަމަށް ޝޯ އިންތިޒާމްކުރާ ފަރާތްތަކުން ހާމަކުރައްވައެވެ.
ރައީސް އޮފީހުން ވަނީ މިޝޯއަށް ދަތިވާނެކަމަށް ބުނެ، މިރޭ އާޓިފިޝަލްގައި ބޭއްވުމަށް ހަމެޖެހިފައިވާ ދަރުސް އެހެންތާކަށް ބަދަލު ކުރުމަށް އަންގާފައެވެ. އެގޮތުން ޝައިޚް ފަރީދުގެ ދަރުސްވަނީ ކުރީގެ ދިވެހި ރާއްޖޭގެ އަޑު ކުރިމަތީގައި އޮންނަ ޕާކަށް ބަދަލުކޮށްފައެވެ.
ގަދަވަޔާއިއކު އަލިމަސް ކާނިވާ ސަރަހައްދައް އުދައެރުމާއި ގުޅިގެން މިޝޯ ކެންސަލްވި ޚަބަރު އެހެން މީޑިޔާތަކުން ގެނެސްދީފައިވަނީ ލުއި ޚަބަރެއްގެ ގޮތުގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...