ރާއްޖޭގެ ޚަބަރު މާފުށީ ޖަލުގައި ދަރުސްތަކެއް ދެނީ

މާފުށީ ޖަލުގައި ދަރުސްތަކެއް ދެނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

މާފުށީ ޖަލުގައި ދަރުސްތަކެއް ދިނުމަށް އިއްޔެ ހެނދުނު ޝެއިހުންގެ ޓީމެއް މާފުށީ ޖަލަށް ވަޑައިގެންފިއެވެ.

މި މިނިސްޓްރީއާއި ޑިޕާރޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާރވިސަސް ގުޅިގެން މާފުށީ ޖަލުގައި ތިބޭ ގައިދީންނަށް ދީނީ މަޢުލޫމާތު ދިނުމުގެ ގޮތުން ބާއްވާ މިދިނީ ޕްރޮގްރާމުގައި ވޯރކްޝޮޕެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރައްވައެވެ. ހަތަރު ސެޝަނަކަށް ކުރިޔަށްދާ މިވޮކްޝޮޕްގައި ސެޝަންތަކުގައި ނަގައިދެވޭ މައުޟޫޢުތަކުގެ ތެރޭގައި ހިމެނެނީ ހަރުދަނާ ޢަޤީދާއެއް ބިނާކުރުން، ޙައްޤުތައް، ދިރިއުޅުމުގެ މަޤްޞަދު އަދި ރިވެތި އަޚްލާޤުން ޒީނަތްތެރިވުމެވެ.

މާފުށީ ޖަލުގައި ތިބޭ ޤައިދީންނަށް ބާއްވާ ދީނީ ވޯކްޝޮޕްގައި ބައިވެރިވުމަށް ވަޑައިގެންފައިވާ ޓީމުގައި ހިމެނެނީ އިސްލާމިކް މިނިސްޓްރީގެ މުޝްރިފް މުސާޢިދު އައްޝައިޚް އަޙްމަދު ސަލީމް ޙުސައިން، މުޝްރިފް މުސާޢިދު އައްޝައިޚް ޢިއްޒުއްދީން ޢަދުދާން، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ލެކްޗަރަރ އައްޝައިޚް ޢަލީ ޒާހިރު އަދި ލެކްޗަރަރ އައްޝައިޚް ޙަސަން މޫސާ ފިކުރީކަމަށް ދިއިސްލާމްއަށް ވަނީ ހަބަރު ލިބިފައެވެ.

ފަހަކަށް އައިސް އިސްލާމިކް މިނިސްޓްރީއިން ތަފާތު ދާއިރާތަކަށް އަމާޒުކޮށް މިފަދަ ދީނީ ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.

ޓެގް

ދަރުސް ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.