ދިއިސްލާމް ޝައިޚް ސަމީރު ދެއްވާ "ޙައްޤާއި ބާޠިލް" ދަރުސް ދިޓީވީ އާއި ރޭޑިއޯ އެޓޯލް އިން ލައިވް ކުރަނީ

ޝައިޚް ސަމީރު ދެއްވާ "ޙައްޤާއި ބާޠިލް" ދަރުސް ދިޓީވީ އާއި ރޭޑިއޯ އެޓޯލް އިން ލައިވް ކުރަނީ

ޝައިޚް ސަމީރު ދެއްވާ "ޙައްޤާއި ބާޠިލް" ދަރުސް ދިޓީވީ އާއި ރޭޑިއޯ އެޓޯލް އިން ލައިވް ކުރަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

އައްޝައިޚް އަޙްމަދު ސަމީރު ދަރުސެއް ދެއްވަނީ

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން އިންތިޒާމްކޮށްގެން މިރޭ ބާއްވާ ދަރުސް ދިޓީވީ އާއި ރޭޑިއޯ އެޓޯލް އިން ލައިވް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ޖަމްޢިއްޔާ އިން ބުނެފި އެވެ.

މި ދަރުސް ދެއްވަނީ ސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު އެވެ. ދަރުސް އޮންނާނީ މިރޭ 20:45 ގައި މާލޭ އާޓިފިޝަލް ބީޗްގެވެ. ޝައިޚް ސަމީރު ދަރުސް ދެއްވާނީ "ޙައްޤާއި ބާޠިލް" މި މައުޟޫއަށެވެ.

މިދަރުސް އަށް ފަހު މައުޟޫއާ ގުޅޭ ގޮތުން ސުވާލުކުރުމުގެ ފުރުޞަތުވެސް ހުޅުވާލެވޭނެ ކަމަށް ސަލަފުން ބުންޏެވެ.

ދަރުސް ލައިވް ކުރުމަށް ދިޓީވީ އިން ވަގުތު ގަނެފައި ވަނީ އެއް ގަޑި އިރަށެވެ. ރޭޑިއޯ އެޓޯލުން ދަރުސް އެއްކޮށް ލައިވްކުރާ ގޮތަށް ހަމަޖެހިފައި ވެއެވެ.

މި ދަރުސަށް ވީހާވެސް ގިނަ ރައްޔިތުން ވަޑައިގެންނެވުމަށް ސަލަފުން ދަޢުވަތު ދެއެވެ. މިދަރުސް ވެބްސްޓްރީމްކޮށް ރޭޑިއޯ އެޓޯލްގެ ވެބްސައިޓުން ނުވަތަ މި ލިންކުން އަޑުއައްސަވާލެވޭނެއެވެ.

ސަލަފުން ވަނީ މި ދަރުސް އެމްއެންބީސީ ވަން އިން ލައިވް ކުރެވޭތޯ މަސައްކަތްކޮށްފައެވެ. ނަމަވެސް، އެ ހުރިހާ މަސައްކަތްތަކެއް ނާކާމިޔާބު ވެފައިވާ ކަމުގައި އެ ޖަމްޢިއްޔާ އިން ވަނީ ބުނެފައެވެ.

ސަލަފުން ބުނީ އެމްއެންބީސީ ވަން ދަރުސް ލައިވް ކުރުމަށްޓަކައި އެ ސްޓޭޝަންގެ ލައިވް ކުރުމާއި ބެހޭ ވެރިއަކަށް ގުޅުމުން ފުރަތަމަ މިރެއަށް ވަޤުތު ހަމަޖެހިފައިވާ ކަމަށް ޖަވާބު ދިން ކަމަށެވެ. ނަމަވެސް، ފަހުން މިރޭގެ އެ ގަޑި ރައީސް އޮފީހުން ނަގާފައިވާ ކަމަށް އެމްއެންބީސީ ވަން އިން ބުނި ކަމަށެވެ.

ސަލަފުން ބުނީ އެ ޖަމްޢިއްޔާ އަށް ހެޔޮއެދޭ އެތައް ފަރާތްތަކެއްގެ އެދުމުގެ މތިން އެމްއެންބީސީ ވަން އިން ދަރުސް ދެއްކުމަށްޓަކައި އެންމެ އަވަހަށް ދެއްކެން އޮތް ވަގުތަކަށް އެދުނު ކަމަށެވެ. އަދި އެކަމަށް އެ ސްޓޭޝަންގެ އޮފިޝަލް ދެއްވި ޖަވާބަކީ އެންމެ އަވަހަށް ވަޤުތު ދެވެން އޮތީ ޑިސެމްބަރު 25 ގެ ފަހުން ކަމުގައި ސަލަފުން ބުންޏެވެ.

ޓެގް

ދަރުސް ވީޑިއޯ ޝައިޚް އަޙްމަދު ސަމީރު ޖަމްޢިއްޔަތުއްސަލަފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.