ދިއިސްލާމް ޝައިޚް އިލްޔާސް ޙުސައިންގެ ޚާއްޞަ ދެ ދަރުސެއް އދ. މަހިބަދޫގައި

ޝައިޚް އިލްޔާސް ޙުސައިންގެ ޚާއްޞަ ދެ ދަރުސެއް އދ. މަހިބަދޫގައި

ޝައިޚް އިލްޔާސް ޙުސައިންގެ ޚާއްޞަ ދެ ދަރުސެއް އދ. މަހިބަދޫގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ޝައިޚް އިލްޔާސް ޙުސައިން ދަރުސެއް ދެއްވަނީ - ދިއިސްލާމް ފޮޓޯ : ހުޝާމް

އައްޝައިޚް އިލްޔާސް ޙުސައިންގެ ޚާއްޞަ ދެ ދަރުސް އދ. މަހިބަދޫގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މި ދަރުސް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ އެރށުގެ ޒުވާނަކު "ދިއިސްލާމް" އަށް މަޢުލޫމާތު ދިން ގޮތުގައި އާއްމު ގޮތެއްގައި ރަށުގެ ހުރިހާ ރައްޔިތުންނަށް އަމާޒުކޮށްގެން ބާއްވާ ފުރަތަމަ ދަރުސް އޮންނާނީ މިރޭ 21:00 ގައި އެރަށުގައި ހުންނަ އަދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. މައުޟޫއަކީ "ތައުހީދު" އެވެ.

ދެވަނަ ދަރުސަކީ "އޭ އުޚްތާ" މި މައުޟޫއަށް އަންހެން ބޭފުޅުންނަށް ޚާއްޞަކުރެވޭ ދަރުސެކެވެ. މި ދަރުސް އޮންނާނީ ޑިސެމްބަރ 16 ވާ ހުކުރު ދުވަހުގެ ރޭ 21:00 ގައި ތަޢުލީމީ މަރުކަޒުގައެވެ.

މި ދެ ދަރުސް އިންތިޒާމް ކުރަނީ މަހިބަދޫގެ ޒުވާނުންކޮޅެއް އިސްނަގައިގެންނެވެ. މިދަރުސްތަކަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެންނެވުމަށް އިންތިޒާމް ކުރާ ފަރާތުން ދައުވަތު ދެއެވެ.

ޓެގް

ދަރުސް ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.