ދިއިސްލާމް "ޑިސެމްބަރ 23 ގެ ބޮޑު މުޒާހަރާ އާމެދު ސަރުކާރުގެ އިސްވެރިން ތިބީ ބިރުގަނެފައި"!

"ޑިސެމްބަރ 23 ގެ ބޮޑު މުޒާހަރާ އާމެދު ސަރުކާރުގެ އިސްވެރިން ތިބީ ބިރުގަނެފައި"!

"ޑިސެމްބަރ 23 ގެ ބޮޑު މުޒާހަރާ އާމެދު ސަރުކާރުގެ އިސްވެރިން ތިބީ ބިރުގަނެފައި"!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި މިދިޔަ މަހު ފަހުކޮޅު މާލޭގެ މަގުމަތީގައި މުޒާހަރާ ކުރަނީ - ދިއސްލާމް ފޮޓޯ : މުޙައްމަދު ވަސީމް

އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި ޑިސެމްބަރ 23 ގައި ބާއްވާ ބޮޑު މުޒާހަރާއާ މެދު ސަރުކާރުގެ އިސްވެރިން ތިބީ ބިރުގަނެފައި ކަމަށް ވީޓީވީ އިން ނެގި ޕޯލްއެއްގައި ބައިވެރިވި ގިނަ ދިވެހި ރައްޔިތުން ބުނެފިއެވެ.

ވީޓީވީ އިން ރޭ ފޮނުވި "ފަސްމަންޒަރު" ޕްރޮގްރާމްގެ ޕޯލްގައި ސުވާލުކޮށްފައި ވަނީ ޑިސެމްބަރ 23 ގައި ބާއްވާ ބޮޑު މުޒާހަރާއާ މެދު ސަރުކާރުގެ އިސްވެރިން ތިބީ ބިރުގަނެފައި ކަމަށް ޤަބޫލުކުރަންތޯ ނުވަތަ ނޫންތޯ އެވެ. އެ ޕޯލްގެ ނަތީޖާއިން ދެއްކި ގޮތުގައި ސަރުކާރުގެ އިސްވެރިން ބިރުގަނެފައިވާ  ކަމަށް ޖަވާބު ދިން މީހުންގެ 81% މީހުން ޤަބޫލުކުރެއެވެ. އަދި 19% ބުނެފައި ވަނީ ސަރުކާރުގެ އިސްވެރިން ބިރުގަނެފައިވާ ކަމަށް ޤަބޫލު ނުކުރާ ކަމަށެވެ.

ރޭގެ ޕްރޮގްރާމްގައި މި މުޒާހަރާ އާ ގުޅޭގޮތުން، ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ އާއި، އެޕާޓީގެ ނައިބު ރައީސް ޑރ. މަޢުރޫފް ޙުސައިން ވާހަކަ ދެއްކެވި އެވެ.

ސަރުކާރު ހިންގާ އެމްޑީޕީ އިން އިއްޔެ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ބޮޑު އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލާ ބޮޑު މުޒާހަރާ އާ ދެކޮޅަށް ނިކުންނާނެ ކަމަށް ފާސްކޮށްފައެވެ. މި ނިންމުން ފާސްކުރީ އެ މަޖިލީހުގައި ބައިވެރިވި 52 މެމްބަރުންގެ ތެރެއިން 45 މެމްބަރަކު ވޯޓު ދެއްވައިގެންނެވެ.

މުޒާހަރާއާ ދެކޮޅަށް ނިކުންނަން ފެނޭތޯ ވޯޓަށް އެހުމުން، އެޕާޓީގެ ނާއިބު ރައީސް އަލްހާން ފަހުމީ ވަނީ ވޯޓު ނުދެއްވާފައެވެ.  އަދި އަލްހާނު ވަނީ މުޒާހަރާ ދިފާޢުކޮށް ވާހަކަ ދައްކަވާފައެވެ.

އަލްހާން ވިދާޅުވީ ސުލްހަވެރިކަމާ އެކު ދީން ހިމާޔަތްކުރުމަށްޓަކައި ގޮވާލައި ބާއްވާ މުޒާހަރާއެއް ކަމުގައި އެކަން އިންތިޒާމް ކުރާ ފަރާތްތަކުން ބުނެފައި ވާތީ، އެ ކަމަކީ ގާނޫނީ ހައްގުތަކަށް ރިއާޔަތްކޮށް ބަލާއިރު ގާނޫނު އަސާސީގެ ހުދޫދުގެ ތެރޭގައި ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި މުޒާހަރާ އާ ދެކޮޅަށް ނިކުތުމަށް ރީކޯ މޫސާ މަނިކު ހުށައެޅި ޤަރާރު އޮތް ގޮތުން، އެމްޑީޕީން މި ނުކުންނަނީ ޑިސެމްބަރ 23 ގައި ނުކުންނަ ބަޔަކާ ކުރިމަތިލުމަށްތޯ ނުވަތަ ނޫންތޯ ސާފުވާން ޖެހޭ ކަމުގައި އަލްހާނު ވަނީ ވިދާޅުވެފައެވެ.

ޓެގް

އިސްލާމްދީން ޙިމާޔަތްކުރުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.