ދިއިސްލާމް ސާޕް ޗެމްޕިއަންޝިޕް 2011 : ސުނިލް ޗެތްރީއަށް ކާމިޔާބު މުބާރާތެއް

ސާޕް ޗެމްޕިއަންޝިޕް 2011 : ސުނިލް ޗެތްރީއަށް ކާމިޔާބު މުބާރާތެއް

ސާޕް ޗެމްޕިއަންޝިޕް 2011 : ސުނިލް ޗެތްރީއަށް ކާމިޔާބު މުބާރާތެއް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޗެތުރީ )ވ( އަށް ސާފްގެ ޖެނެރަލް ސެކްރެޓަރީ އަލްބާޓޯ ކޮލާސޯ އިނާމް ދެނީ: ޗެތްރީ ވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައި----ފޮޓޯ: ހަވީރު

އިއްޔެ ނިމި ދިޔަ ސާފް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އިންޑިއާގެ ފޯވާޑް ސުނިލް ޗެތްރީ އަށް ލިބިއްޖެއެވެ. އަދި އެންމެ މޮޅު  ކުޅުންތެރިޔާގެ އިތުރުން މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމާއި ފެއާ ޕްލޭ ކުޅުންތެރިޔާގެ އެވޯޑް އަދި ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ވަނީ މި މުބާރާތުގައި މޮޅަށް ކުޅުނު ސުނިލް ޗެތްރީ ހޯދާއިފައެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ޗެތްރީ ހޯދީ ހަތް ލަނޑު ޖަހައިގެންނެވެ. އަދި ގްރޫޕް ސްޓޭޖްގައި އިންޑިއާ ކުޅުނު ތިން މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އިތުބާރު ފޯވާޑް ސުނިލް ޗެތްރީއެވެ.

 ފައިނަލުގައި އަފްގާނިސްތާނު 4 ލަނޑުން ބަލިކުރުމަށްފަހު، ސާފް ޗެމްޕިއަންޝިޕްގެ ތަށި 6 ވަނަ ފަހަރަށް އިންޑިއާ އުފުލާލުމަށް ފަހު ،މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ސުނިލް ޗެތްރީ ބުނީ އަހަރަމެން ކުޅުނީ ޓީމެއްގެ ގޮތުގައި ކަމަށާއި އަދި ޗެމްޕިއަނުންނަކީ އަހަރަމެންކަމަށެވެ. އަދި  ޗެމްޕިއަންކަން ލިބުނީމަ ވަރަށް އުފާވެއްޖެކަމަށް ޗެތްރީ ބުންޏެވެ.

ޗެތްރީ ވަނީ ބުޓިއާ އާއި ކްލައިމެކްސް ލޯރެންސް އާއި ރެނެޑީ ސިންހް ފަދަ ކުޅުންތެރިންނަކީ އިންޑިއާގެ އެމްބެސެޑަރުން ކަމަށް ފާހަގަ ކޮށް އަދި އެ ކުޅުންތެރިންނަކީ މިހާރުގެ ކުޅުންތެރިންނަށް ހުރި ނަމޫނާ އެއްކަމަށް ބުނެފައެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ސުނިލް ޗެތްރީއަށް ލިބުނު ކަމުގައިވިޔަސް ބަންގާޅުގެ ކޯޗް ލިވެސްކީ ބުނެފައިވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ދިވެހި ރާއްޖޭގެ ފޯވާޑު އަލީ އަޝްފާޤްކަމަށެވެ.

ސެމީ ފައިނަލު މެޗުން އިންޑިޔާ އަތުން 3-1 ން ބަލިވުމުން ދިވެހި ރާއްޖެވަނީ ފައިނަލަށް ނުގޮސް މުބާރާތުން ކަޓައިފައެވެ.

ޑިސެމްބަރ 2 ން 11 އަށް ކުރިޔަށް ދިޔަ ސާޕްޗެމްޕިއަންޝިޕް މި އަހަރު ބާއްވަައިފައިވަނީ އިންޑިއާގެ ވެރިރަށް ދިއްލީގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައެވެ. 2013 ވަނަ އަހަރު މި މުބާރާތް ބޭއްވުމަށް ނޭޕާލާއި ބަންގްލަދޭޝް ވަނީ މިހާރު ޝައުޤުވެރިކަން ފާޅުކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.