ދިއިސްލާމް އަށްޑިހަ އަހަރުގެ މީހަކު އޭނާގެ އަންހެނުންގެ ހަށިގަނޑާއެކު ޣައްޒާއިން ނުކުތަނުދީ އިޒްރޭލުން ހިފަހައްޓައިފި

އަށްޑިހަ އަހަރުގެ މީހަކު އޭނާގެ އަންހެނުންގެ ހަށިގަނޑާއެކު ޣައްޒާއިން ނުކުތަނުދީ އިޒްރޭލުން ހިފަހައްޓައިފި

އަށްޑިހަ އަހަރުގެ މީހަކު އޭނާގެ އަންހެނުންގެ ހަށިގަނޑާއެކު ޣައްޒާއިން ނުކުތަނުދީ އިޒްރޭލުން ހިފަހައްޓައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިޒްރޭލުގެ "އިރެޒް ކްރޮސިން" އިން އޭނާގެ އަންހެނުންގެ މަރުވެފައިވާ ހަށިގަނޑާއެކު ޣައްޒާ އިން ނުކުތުމަށް އައިސް ހުރި ކެންސަރުގެ ބަލިމަޑުކަން ތަޙައްމަލުކުރަމުން ގެންދާ 80 އަހަރުގެ ފަލަސްޠީނުގެ މުސްކުޅި ފިރިހެނަކަށް އިޒްރޭލުން ހުރަސްއަޅައިފިކަމަށް އޭނާގެ ޢާއިލާއިން ބުނެފިއެވެ.

ހުޅަނގުއައްސޭރީގެ ރަށެއްކަމުގައިވާ ހިބްރޫންގެ ހުދާ އަލްނަމޫރާ މަރުވެފައިވަނީ ޣައްޒާގައި ތިބި އޭނާގެ ދެ ދަރިން ކައިރިއަށް ޒިޔާރަތްކޮށްގެން އިންދައެވެ. ހުދާގެ ދެ ދަރިންކަމުގައިވާ އަނީސް އާއި އަކްރަމް އަލް ނަމޫރާ އަކީ ހަމާސް އާއި އިޒްރޭލާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މިނިވަންކުރުމަށް ފަހު ހުޅަނގުއައްސޭރިން ގާޒާއަށް އަރުވާލެވިފާ ދެ ޒުވާނުންނެވެ.

ހުދާގެ ފިރިމީހާ ޠާލިބް އަލް ނަމޫރާ (80 އަހަރު) ޣައްޒާއަށް ދިޔައީ އޭނާގެ އަންހެނުންގެ ހަށިގަނޑު އަނބުރާ ހިބްރޫނަށް ގެންދިއުމަށެވެ. ނަމަވެސް އިޒްރޭލުން ވަނީ އިޒްރޭލާއި ޣާޒާގެ ބޯޑަރުގައި ހުންނަ ދަތުރުވެރިންގެ ހަމައެކަނި ޓާމިނަލްއިން އޭނާގެ އަންހެނުންގެ ހަށިގަނޑާއެކު ހިސާރުކުރެވިފައިވާ ސަހަރުން ނުކުތުން އޭނާއަށް މަނާކޮށްފައެވެ.

އިޒްރޭލުން ވަނީ އަށްޑިހަ އަހަރުގެ ޠާލިބް އަކީ ސަލާމަތީގޮތުން ނުރައްކާތެރި މީހެއްކަމަށް ބުނެ އޭނާ ހިބްރޫނަށް ދާން ބޭނުންނަމަ ރަފަހު ބޯޑަަރު ހުރަސްކޮށް މިޞްރަށް ވަނުމަށްފަހު ކަނޑުގެ މަގުން ނުވަތަ ވައިގެ މަގުން އުރުދުންނަށް ގޮސް އެތަނުން ހުޅަނގުއައްސޭރި އަށް ވަނުމަށް އަމުރުކޮށްފައެވެ.

އޭނާގެ ތިމާގެ މީހުން ބުނިގޮތުގައި ކެންސަރުގެ ބަލި ތަަހައްމަލުކުރަމުންދާ މި ބަލިމީހާއަށް ތިން ޤައުމު ހުރަސްކުރުމަށްފަހު ހޯމަދުވަހު ހަބްރޫންގެ "ދޫރާ" އަވަށުގައި އޮންނަ އޭނާގެ އަންހެނުންގެ ޖަނާޒާގައި ބައިވެރިވެވޭނެކަމުގެ ޔަޤީންކަމެއްނެތެވެ.

_______________

މަޞްދަރު: މާން ނިއުސް އެޖެންސީ

ޓެގް

ޣައްޒާ ފަލަސްތީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.