ދިއިސްލާމް އިސްލާމްދީނަށް ފުރައްސާރަކުރެވޭ އިރުވެސް ތިބެންވީ ޖިހާދީ ރޫހު ދޫކޮށް، ފިނޑިވެ، ނެގިމަޑުވެފައި ހެއްޔެވެ؟

އިސްލާމްދީނަށް ފުރައްސާރަކުރެވޭ އިރުވެސް ތިބެންވީ ޖިހާދީ ރޫހު ދޫކޮށް، ފިނޑިވެ، ނެގިމަޑުވެފައި ހެއްޔެވެ؟

އިސްލާމްދީނަށް ފުރައްސާރަކުރެވޭ އިރުވެސް ތިބެންވީ ޖިހާދީ ރޫހު ދޫކޮށް، ފިނޑިވެ، ނެގިމަޑުވެފައި ހެއްޔެވެ؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

އިސްލާމްދީން ޙިމާޔަތްކުރުމަށާއި މިދީނަށް ފުރައްސާރަކުރާ މީހުންނަށް ރާއްޖޭގައި ޖާގަ ނުދިނުމަށް ގޮވާލައި މިދިޔަ މަހު ފަހުކޮޅު މާލޭގެ މަގުމަތީގައި ޒުވާނުން މުޒާހަރާ ކުރަނީ – ދިއިސްލާމް ފޮޓޯ / މުޙައްމަދު ވަސީމް

"ހާރ އެކްސެލެންސީ" އެކެވެ. "ކަމަނާ" އެކެވެ. ސައްތައިން ސައްތަ އިސްލާމީ މިފަސްގަނޑުގައި އޭނާ އިސްލާމްދީނަށް ފުރައްސާކުރި އެވެ. ރާއްޖޭގެ ޤާނޫނު އަސާސީ އަށާއި ދިވެހި މުސްލިމުންނަށް މަލާމާތްކުރި އެވެ. ޒިނޭކުރާ އަންހެނުންގެ ގައިގައި ހައްދު ޖެހުމަކީ އެ މީހުންގެ ޝަރަފަށް އުނިކަން ލިބޭކަމެއް ކަމަށް ބުންޏެވެ. ރާއްޖޭގައި ހައްދު ޖެހުމާ ބެހޭ އާންމު ބަހުސެއް ބޭއްވުމަށް ގޮވާލި އެވެ. އެއްޖިންސުން ގުޅުން ހިންގުމުގެ މިނިވަންކަން އޮންނަން ޖެހޭ ކަމަށް ގޮވާލާ ލާދީނީ މީހުންނަށް ހިތްވަރުދީ ވާހަކަ ދެއްކިއެވެ.

އާނއެކެވެ. މިއީ، އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައިކޮމިޝަނަރ ނަވީ ޕިއްލޭ ކިޔާ އަންހެނަކު ސަރުކާރުގެ ދައުވަތަކަށް ގެނެސް، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ދެއްވި "ރަނުގެ ފުރުޞަތު" ގެ ބޭނުންކޮށްގެން އެ އަންހެނާ ހިންގި ލާދީނީ ޖަރީމާތަކެވެ.

ދެންވެސް ދިވެހި މުސްލިމް ރައްޔިތުން ތިބެންވީ ޖިހާދީ ރޫހު ދޫކޮށްލާފައި، އަނގަމަތީ ޓޭޕު އަޅައިގެން "ހައްޕު" ކިޔައިގެން ހެއްޔެވެ؟ ޖިހާދީ ރޫހު ދޫކޮށް، ފިނޑިވެފައި، ނެގިމަޑުވެފައި ތިބެންވީ ހެއްޔެވެ؟ ރައްޔިތުންގެ އެންމެންގެ އަޤީދާ ވަރަށް ވަރުގަދައޭ ކިޔާފައި، ލާދީނީ ކަންތައްތަކަށް "ޓޮލަރޭޓް" ކޮށްލައިގެން ތިބެންވީ ހެއްޔެވެ؟ ނޫނެކެވެ. ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވިޔަސް އިންސާނީ ޙައްޤުތަކޭ އަނެކައްޗެކޭ ކިޔާފައި ރާއްޖޭގައި އިސްލާމްދީނާ ދެކޮޅު ކަންތައްތަކަކަށް ފުރުޞަތެއް ނެތެވެ.

ރައްޔިތުންނަށް އޮޅުވާލަން ނޫޅުއްވާށެވެ. "ލާއިންސާނީ އަދަބާ" ބެހޭގޮތުން މަޝްވަރާކުރުމަށާއި ބަހުސްކުރުމަށް ޕިއްލޭ ގޮވާލުމަކީ ބައިނަލްއަޤްވާމީ ދުނިޔެއަށް އިސްލާމީ ޝަރީޢަތުގެ ގަދަރާއި އިއްޒަތް ހާމަކޮށްދިނުމަށް ލިބުނު ފުރުސަތެއް ކަމަށް ވިދާޅުވެ، ބަހަނާ ނުދައްކަވާށެވެ. އަސްތާ! އިސްލާމީ ޝަރީޢަތުގެ ޤަދަރާއި ޢިއްޒަތް ދުނިޔެ އަށް ހާމަކުރުމަށް މި ރާއްޖެ އަކަށް ވެސް، އެހެން ޤައުމަކަށް ވެސް، ޕިއްލޭ އެއް، އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނަރެއް ބޭނުމެއް ނުވެއެވެ.

އެހެނީ، އިސްލާމީ ޝަރީޢަތް ވަނީ ފުރިހަމަވެފަ އެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމް މެދުވެރިކޮށް މާތް ﷲ ވަނީ އިންސާނުންނަށް އެ ޝަރީޢަތް އުނގަންނަވައި ދެއްވައި، ބަޔާންކޮށްދެއްވާފަ އެވެ. ދެން އިތުރަށް ޕިއްލޭމެން ގެނެސް ފުރުޞަތު ދީގެން ދުނިޔެ އަށް ދައްކަވަން ތިއުޅުއްވަނީ، ކޮން ޤަދަރަކާއި ޢިއްޒަތެއް ހެއްޔެވެ؟

އާނއެކެވެ. ދިވެހި ރައްޔިތުންނެއް ތިފަދަ ފުރުޞަތެއް މި ރާއްޖެ އަކަށް ބޭނުމެއް ނުވެއެވެ. އެހެންވުމާއެކު މަނިކުފާނު ވިދާޅުވި ފަދައިން ރައްޔިތުން ހަމަ ޖިހާދީ ރޫހުގައި އެ ފުރުޞަތު ނަގާލީ އެވެ.  ރައްޔިތުން އެ އަންހެނާގެ ވާހަކަތަކަށް ރައްދު ދިނީ ހަމަވިސްނުމުގައި ތިބެގެންނެވެ. "ހިނދުކޮޅުގައި" ތިބެގެނެއް ނޫނެވެ. އެކަން މަނިކުފާނަށް ޤަބޫލުކުރައްވަން ދަތި ވިޔަސް، ޙަޤީޤަތަކީ މިއީއެވެ.

ރަނގަޅެވެ. އިސްލާމީ ޝަރީޢަތުގައި ލާއިންސާނީ ޙުކުމްތަކެއް ހުރި ކަމަކަށް ޤަބޫލުނުކުރައްވާ ކަމަށް މަނިކުފާނު އެބަ ވިދާޅުވަމު އެވެ. ނަމަވެސް، އޭގެ ފަހަތަށް މަނިކުފާނު "އެކަމަކު" އެއް އެބަ ގެންނަވަމުއެވެ. ވިދާޅުވަނީ، އެކަމަކު އެ ޙުކުމްތައް ބަލައިގަތުމުގައާއި މާނަކުރުން އަދި ދެނެގަތުމުގައި އޮޅުން އަރާ ކަމަށެވެ.  އަދި މި ޙުކުމްތައް އޮޅުން ފިލުވައި ދެއްވުމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށް ވެސް އެބަ ވިދާޅުވަމު އެވެ.

ސަރުކާރުގެ އިސްލާމިކް މިނިސްޓްރީގެ ވެރީންނެވެ. ފިޤުހު އެކަޑަމީގެ މެމްބަރުންނޭވެ. ރާއްޖޭގެ އެންމެހާ ދީނީ ޢިލްމުވެރިންނޭވެ. ޤައުމުގެ ވަލިއްޔުލްއަމުރަށް އިސްލާމްދީނުގެ ޙުކުމްތައް ސާފުކޮށް ބަޔާންކޮށް ދެއްވާށެވެ.

ޓެގް

ބޮޑު މުޒާހަރާ އިސްލާމްދީން ޙިމާޔަތްކުރުން ރައީސް ނަޝީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.