ރަސޫލުﷲގެފާނުންގެ އަރިހަށް އެއްދުވަހަކު މީހަކު އައިސް ދެންނެވިއެވެ. "އޭ ﷲގެ ރަސޫލާއެވެ. صلى الله عليه وسلم. ތިމަންނަޔަކީ ނިކަން ނުބައި އާދަތަށް ގިނަ މީހަކީމެވެ. އެކަމަކުން ތިމަން އެންމެ ފުރަތަމަ ބަރީއަވާންވީ ކޮންކަމަކުންތޯއެވެ؟" ރަސޫލުﷲގެފާނުން ޙަދީޘް ކުރެއްވެވިއެވެ. "ދޮގު ހެދުން ހުއްޓާލާ އަބަދުވެސް ތެދު ހަދާށެވެ" އެމީހާ އެއީ ވަރަށްވެސް ލުއި ކަމެއްކަމަށް ހިތާ އެކަމަށް ވަޢުދުވެ ގެއަށް ހިނގައްޖެއެވެ.
ރޭގަނޑުވުމުން އެމީހާ ވައްކަން ކުރާން ބޭނުންވެއްޖެއެވެ. ނަމަވެސް ދިޔުމުގެ ކުރިން ރަސޫލުﷲ ގެފާނުންގެ އަރިހުގައި ވެވުނު ވަޢުދުގެ މަތިން ހަނދާންވެ ހިތަށް އެރިއެވެ. މާދަން މިރެޔާއި މެދު އެކަލޭގެފާނުން ސުވާލު ކުރައްވައިފިނަމަ ތިމަން ރޭ ވައްކަން ކުރަންދިޔައީ އޭބުނެ ތެދު ހަދާނީ ބާއޭ ހިތަށް އަރައިފިއެވެ. އަނެއްކާވެސް ހިތަށްއެރިއެވެ. މިގޮތް ކަމަކު ނުދާނެއެވެ. އެކަމަކު ވެސް ދޮގެއްވެސް ހެދޭކަށެއްނެތެވެ. ތެދު ހެދިޔަސް މީހުން ކިހާ ތިމަން ދެކެ ރުޅި އަންނާނެހެއްޔެވެ. އަދި އޭރުން ތިމަންނަޔަށް އަދަބު ނުލިބިވެސް ނުދާނެކަން ޔަޤީނެވެ.
އެހެން ކަމުން މިރޭ ހަމަ އެއްގޮތަކަށް މިކަމާއި ހުރެ ވައްކަމެއް ކޮށްލެވޭ ގޮތެއްނުވިއެވެ.
އަނެއްދުވަހު ރާބޯންކަމަށް ހިތުލެވިއްޖެއެވެ. އެކަމަކު މިއަދު ކުރީ ކޮންކަމެއްތޯ އެކަލޭގެފާނުން އައްސަވައިފިނަމަ ސަލާމަތް ވެވޭނެ ގޮތެއް ވެސްނެތެވެ. އެކަމަކު ތެދު ހަދައިގެން އަދަބު ނުލިބި މީހުންގެ މަލާމަތް ރައްދު ނުވެވެސްނުދާނެއެވެ. އެހެން ކަމުން އެމީހާއަށް އެދުވަހު ރާފޮދެއްވެސް ބޮވޭގޮތްނުވިއެވެ.
މިހެން އޭނާއަށް ވެވިފައިއޮތް ވަޢުދު އޭނާއަށް ކުރަން ހުރި ހުރިހާ ނުބައި ކަންކަމަށް ހުރަސް އަޅަ އަޅާ އޮންނަތާ ދުވަސްކޮޅެއް ފަހުން މުޅީން ނުބައި ކަންތަށްތަށް ދޫކޮށް އެކަމަށް ނިޔަތްވެސް ނުގަންނަ މީހުންގެ ތެރެއިން ވެއްޖެއެވެ.
އެއީ އޭރުގެ ޤުރައިޝުން ބަހުގައި ހިފަހައްޓާވަރެވެ. ނަމަވެސް މިހާރުގެ މި އުޅޭ ވިސްނޭ ގުރޫޕު ގެ ބައިގަނޑަށް މިހާރު ދުލަކީ ދެން މާކަ ބޮޑު އެއްޗެއްވެސްނޫނެވެ. ހިތަށް އެރީމަ ހުތުރު އެއްޗެހިވެސް ކިޔާ ނަގަންވީއެވެ. ދޮގުތަށްވެސް ހަދަންވީއެވެ. މާދަމާ އޭ އެހިއްޖެ ނަމަ ޖަވާބުގައި ބުނަނީ "އައްދެ އެއީ މާ ފަހެއްނު... އެކަމާ ވިސްނާނީ ފަހުން. ވަގުތު ވީމަ. އަދި މުސްކުޅިވެސް ނުވޭނު". މުސްކުޅިނުވަނީސް މަރެއްނުވާނެއޭ ބައެއްމީހުންނަށް ހީވާކަހަލައެވެ..
ތީ ވަރަށް ހިކުމަތް ތެރި ވާހަކައެއް. ހެޔޮ ރަހުމަތް ލައްވާށި. އާމީން! ދޮގު ހެދުމަކީ ހުރިހާ ނުބައި ކަމެއް އަވަލަވާ ކަމެއް
މިއީ ވަރަށް ހިކްމަތްތެރި ހާދިސާއެއް. ދޮގުހަދާ މީހަކަށް ދޮގުނުހަދާވާނެ ހަމައެއްގޮތެއްވެސް ނޯންނާނެ، ހާދިސާގަ ބަޔާންކޮއްފައިވާހެން ދޮގުހެދުން ހުއްޓޭނީ މިފަނާވަނިވި ދުނިޔެއިން އަޅުގަނޑުމެންނަށް ހަމައެކަނި ގެންދޭވޭނެ އެއްޗަކީ ހެޔޮއަމަލްތައްކަން ހިތުގެ އަޑިން ޤަބޫލްކޮށް ހެޔޮއަމަލްތައް ކޮއްގެން. ދޮގުހަދުމަކީ ދޮގުހަދާމީހާއަށާ ކައިރީގައި އުޅޭބަޔަކަށްވެސް ވަރަށް ގެއްލުން ހުރިކަމެއް.
އިސްލާމް ދީނަކީ ޙިކުމަތުން ފުރިގެންވާ ދީނެ! އިސްލާމް ދީނުގައި ވަނީ ހުސްހެއުކަންތަށް، ނުބައި ހަމައެއްކަމެއްވެސް އިސްލާމް ދީނަކުނުވޭ، ނުބައިކަމެއް އޮތިއްޔާ އޮތީ އިންސާނާގެ ކިބައިގައި އޭނަގެ ނުބައި ހިތާއި އަމަލު!
މިއާޓިކަލް ކިޔަންފަށާފަ ހީކުރީ ވަރަށްދިގުވާނެކަމަށް އެކަމު އެހެއްނޫންމިވީ………………..
އައި ނީޑް ރިފަރެންސް؟
ވަރަށް ޢިބުރަތްތެރި