ކޮލަމިސްޓް ސިޔާސީ ވަކަރަށްޖެހުން!

ސިޔާސީ ވަކަރަށްޖެހުން!

ސިޔާސީ ވަކަރަށްޖެހުން!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

އެކިއެކި ބޭނުންތަކަށް ލަކުޑީގެ ބޭނުމުގައި ރުއް ކެނޑުމުގެ ކުރިން އެރުކަކީ އާރުލާ ރުކެއްތޯ ބެލުމަށްޓަކައި ވަކަރަށްޖެހުން މިއީ ދިވެހިން އާއްމުކޮށް ކޮށްއުޅޭކަމެކެވެ. މިހާރަކަށް އައިސް ސިޔާސީ ބައެއް ފަރާތްތަކުން ވެސް މިފަދަ ގޮތަކަށް ޢަމަލުކުރެއެވެ. ވަކި ގޮތަކަށް ކަމެއް ކޮށްފިއްޔާ ރައްޔިތުން އެކަމަކާ ދޭތެރޭ ދެކޭ  ގޮތެއް ބަލާލުމަށްޓަކައި އެންމެފުރަތަމަ ކުޑަގޮތަކަށް އެކަމެއް ކޮށްލަނީއެވެ. އޭގެ ފަހުން ރައްޔިތުން އެކަމަކާ ދޭތެރޭ ދެކޭ ގޮތެއްގެ މައްޗަށް ރިއާޔަތްކޮށް އެކަމެއްގައި ގޮތެއް ނިންމަނީއެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދިނުމަށްޓަކައި އެންމެ ފުރަތަމަ ސަރުކާރުން ނިންމީ ވަކި އަދަދަކަށް އެނދު ހުންނަ ހޮޓާތަކަށް ހުއްދަ ދިނުމަށެވެ. ރައްޔިތުން އެކަމާ އަޅާނުލައިފިނަމަ އެނދުގެ އަދަދު ފަހުން މަދުކޮށް އެކަމަށް ބޭނުންވާ އެންމެންނަށް އެހުއްދަ ދެވިދާނެތީއެވެ. ނަމަވެސް ރައްޔިތުން އެކަމާ ދެކޮޅަށް މުޒާހަރާ ކުރަން ފެށުމުން އެންމެ ފަހުން އެކަން ހުއްޓާލީއެވެ. ޒަޔަނިސްޓް ދައުލަތުގެ ޑޮކްޓަރުންގެ މައްސަލާވެސް ނިމިގެން ދިޔައީ މިފަދަ ގޮތަކަށެވެ.

މިހާރު ދިވެހިރާއްޖޭގެ ވެރިކަމުގައި ތިއްބެވި ބޭފުޅުން އިސްލާމްދީނާ ޚިލާފު ކޮންމެ ކަމެއް ކުރެއްވުމުގައި ގެންގުޅުއްވާ އުޞޫލަކީ އެންމެ ފުރަތަމަ ވަކަރަށް ޖެއްސެވުމެވެ. ނުވަތަ ރައްޔިތުންގެ ޝުޢޫރުތައް ހުރިގޮތެއް ބެއްލެވުމަށްޓަކައި ކޮންމެކަމެއްވެސް ކުޑަގޮތަކަށް ކުރެއްވުމެވެ. ރައްޔިތުން މުޒާހަރާކުރާ ހިސާބަށް ދިއުމުން އެކަމެއް ވަގުތީ ގޮތުން ހުއްޓާލައްވަނީއެވެ.

ސަތާރަ ވަނަ ސާކްސަމިޓާ ގުޅުވައިގެންވެސް ވަކަރަށްޖެހުމުގެ ޢަމަލެއް މިވަނީ ފެނިގެން ގޮސްފައެވެ. އައްޑޫ ސިޓީގައި ބުދުތަކެއް ބަހައްޓައިގެންނެވެ. ދިވެހިރައްޔިތުން ބުދާއި ބުދުގެ ކުޅިވަރު ބަލައިގަންނަނީ ކިހާވަރަކަށްތޯ ނުވަތަ ބަލައިގަނޭތޯ ބެލުމަށްޓަކައެވެ. ހަމައެހެންމެ އައްޑޫސިޓީއާއި ފުވައްމުލަކުގައި ސާކްސަމިޓްގެ ނަމުގައި ދެޖިންސް އެއްކޮށްގެން ނެށުމާއި މިއުޒިކުގެ ތަފާތު އެކިއެކި ހަރަކާތްތައްވެސް ވަނީ ބާއްވާފައެވެ. ނަމަވެސް މިކަމުގެ ތެރޭގައި ޒުވާނުންނަށް ޚައްޞަކޮށްގެން ބާއްވަންއުޅު ޑީޖޭތައް، ރައްޔިތުންގެ ޕްރެޝަރާހެދި ނުބޭއްވުކަން ފާހަގަކޮށްލެވެއެވެ.

ސާކްގެ މެންބަރު ޤައުމުތައް ރަމްޒުކޮށްދޭ މޮނިއުމެންޓްގެ ނަމުގައި އައްޑޫސިޓީގައި ވަނީ ކާފަރުން އަޅުކަންކުރަން ގެންގުޅޭ ޒާތުގެ ބުދު ބަހައްޓާފައެވެ. ދިވެހިރާއްޖެއަށް އެތެރެކުރުން މަނާތަކެތީގެ ތެރެގައި ހިމެނޭ މިބުދުތައް ބެހެއްޓުމަށްފަހު އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ހިމާޔަތްކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަންމަތީ ދެމިހުރުމަށް ހުވައިކޮށްގެންތިބި ދިވެހި ފުލުހުން ލައްވައި މިބުދުތަކުގެ ހިމާޔތުގައި ދަނީ ފޯރިމަރުވަމުންނެވެ.

މިހާރު ދިވެހިރާއްޖޭގެ ވެރިކަމުގައި ތިއްބެވި ބޭފުޅުން އިސްލާމްދީނާ ޚިލާފު ކޮންމެ ކަމެއް ކުރެއްވުމުގައި ގެންގުޅުއްވާ އުޞޫލަކީ އެންމެ ފުރަތަމަ ވަކަރަށް ޖެއްސެވުމެވެ. ނުވަތަ ރައްޔިތުންގެ ޝުޢޫރުތައް ހުރިގޮތެއް ބެއްލެވުމަށްޓަކައި ކޮންމެކަމެއްވެސް ކުޑަގޮތަކަށް ކުރެއްވުމެވެ. ރައްޔިތުން މުޒާހަރާކުރާ ހިސާބަށް ދިއުމުން އެކަމެއް ވަގުތީ ގޮތުން ހުއްޓާލައްވަނީއެވެ. މިގޮތުން ހުއްޓާލެއްވި އެއްވެސް ކަމެއް ހުއްޓާލެއްވިކަން މިހާތަނަށް އިޢްލާން ކުރައްވާފައެއް ނެތެވެ. ވަގުތީ ގޮތުން ހުއްޓާލައްވަނީ ކަމަށް ދަންނަވަންޖެހެނީ މިދެންނެވި ސަބަބާ ހުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.