އިންޑިއާގައި ހިނގި ރޭލި އެކްސިޑެންޓެއްގައި 60 މީހުން މަރުވެ 100 މީހުންނަށް އަނިޔާ ވެއްޖެއެވެ.
ރޭލު އެކްސިޑެންޓްގައި 57 ދަތުރުވެރިންނާއި ރޭލުގައި މަސައްކަތްކުރާ 3 މުވައްޒަފުން މަރުވެފައިވާކަން މިހާތަނަށްވަނީ ޔަގީންކުރެވިފައެވެ. ސަލާމަތްވި މީހުންގެ ތެރެއިން 25 މީހުން ވަރަށް ސީރިއަސް ހާލަތެއްގައި ވާކަމަށް ހޮސްޕިޓާލާއި ހަވާލާދީ ކަމާއި ބެހޭ ފަރާތްތަކުން ހާމަކުރެއެވެ. އިންޑިޔާގެ މީޑިއާތަކުން ހާމަކުރާ ގޮތުގައި އެކްސިޑެންޓް ހިނގީ އިންޑިއާގެ ޕަޓްނާ އިން ކަލްކަތާއަށް ދިއުމަށް ދަތުރުކުރަމުންދިޔަ އެކްސްޕްރެސް ރޭލު ހުއްޓިފައިއޮތް ރޭލެއްގައި ޖެހިގެންނެވެ. މިހާދިސާ ހިންގަން މެދުވެރިވި ސަބަބު އަދި ސާފުނުވާއިރު މިހާރު މިހާދިސާދަނީ ތަހުގީގު ކުރަމުންނެވެ.
'ބާރު އަޑަކާއި އެކު އަހަރެމެން އައީ އެތަނަށް އައިއިރު އޮތީ ދެ ރޭލު މުޑިއަރާފައި. އަދި ބުރިޖުގައިވެސް އެއްބައި އޮތް. މުޅި ސަރަހައްދުގައި އޮތީ ކުނޑި. ބާރު އަޑެއްވެސް އިވުނު.' މަންޒަރު ދުށް މީހުން އިންޑިއާގެ ނޫސްތަކަށް ކިޔައިދީފައިވެއެވެ.
ދާދިފަހުންވެސް އިންޑިއާގެ ރޭލެއްގައި ވަނީ ބޮމެއް ގޮއްވާލާފައެވެ. އެފަހަރު އެހަމަލާގެ ޒިންމާ އުފުލާފައިވަނީ އިންޑިއާގެ މާއޮއިސްޓުންކަމުގައި އެމީހުންވަނީ ބުނެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...