ކަޝްމީރުގައި އަނެއްކާވެސް ކާފިއު އިއުލާންކޮށްފިއެވެ.
ކަޝްމީރުގެ އިންޑިއާ އާއިވި ފަޅީގައި އުފެދިގެންއުޅޭ ހަމަނުޖެހުމުގެ ސަބަބުން އިއްޔެއިން ފެށިގެން ވަނީ އާންމުންނަށް ބޭރަށް ނުކުމެ އުޅުން މަނާކޮށްފައެވެ. ޒަރޫރީ ހާލަތެއް މެދުވެރިވެގެން ނޫނީ ބޭރަށް ނުކުތުން މަނާކޮށްފައިވާ މިދަނޑިވަޅުގައި ކަޝްމިރުގެ މަގުތަކުގައި ހަތިޔާރު އެޅި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
ހަބަރުތައް ބުނާގޮތުގައި މިހަމަނުޖެހުމުގެ ސަބަބުން މުޅި އެސަރަހައްދު ހުއްޓުމަކަށް ވަނީ އައިސްފައެވެ. އެގޮތުން އިއްޔެއިން ފެށިގެން ވިޔަފާޅިކުރުމާއި ދަތުރުފަތުރުކުރުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެހެނަސް ބައެއް ފިހާރަތައް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހުޅުވާކަން މީޑިއާތަކުން ހަބަރު ލިބެއެވެ. އަދި މީގެ އިތުރުން ސުކޫލުތަކުގެ ކިޔެވުންވެސް ވަނީ ބަންދުކޮށްފައެވެ.
ކަޝްމީރުގައި މިފަހަރު އުފެދިގެން މިއުޅޭ ހަމަނުޖެހުމަކީ އިންޑިއާ އާއި މެދު އޮންނަ ހިތްހަމަނުޖެހުގެ ސަބަބުން އުފެދިފައިވާ ކަންތައްތަކެއްކަމަށް ހަބަރުލިބެއެވެ. އަދި އިންޑިއާގެ ސިފައިން މުޒާހަރާ ކުރާ މީހުންނާއި މެދު އަމަލުކުރާ ލާއިންސާނީ ގޮތުންވެސް މިރުޅިވެރިކަމުގައި ހުޅުހިފާކަމަށް ތަޖުރިބާކާރުން ހާމަކުރެއެވެ.
މުޒާހަރާތަކާއި އެއްވުންތަކުގެ މައިގަނޑު މައުޟޫއަކީ 'އަހަރެމެން މިނިވަންކަން ބޭނުން އިންޑިއާ އާއި ނުލައި.' މިއީއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...