ދިއިސްލާމް އިސްލާމްދީނުގައި ފަރުޟު ކުރައްވާފައިވާ ކަންތައްތައް ނުކޮށް ތިމާގެ ޢަޤީދާ ހުރި ކަމަށް ދަޢުވާކުރުމަކީ ބުހުތާނު ދޮގެއް : ޝައިޚް ޢަބްދުﷲ

އިސްލާމްދީނުގައި ފަރުޟު ކުރައްވާފައިވާ ކަންތައްތައް ނުކޮށް ތިމާގެ ޢަޤީދާ ހުރި ކަމަށް ދަޢުވާކުރުމަކީ ބުހުތާނު ދޮގެއް : ޝައިޚް ޢަބްދުﷲ

އިސްލާމްދީނުގައި ފަރުޟު ކުރައްވާފައިވާ ކަންތައްތައް ނުކޮށް ތިމާގެ ޢަޤީދާ ހުރި ކަމަށް ދަޢުވާކުރުމަކީ ބުހުތާނު ދޮގެއް : ޝައިޚް ޢަބްދުﷲ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ – ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް

ﷲ ފަރުޟު ކުރައްވާފައިވާ ކަންތައްތައް ނުކުރާ މީހެއްގެ ޢަޤީދާއެއް ނުހުންނާނެ ކަމަށާއި، އެ ކަންތައްތައް ނުކޮށް ތިމާގެ ޢަޤީދާ ހުރި ކަމަށް ދަޢުވާކުރުމަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމުގައި ޖަމްޢިއްޔަތުއްސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޝައިޚް ޢަބްދުﷲ މިހެން ވިދާޅުވީ ސަލަފާއި ސަންއެފްއެމް ގުޅިގެން ފޮނުވާ "ޢިލްމީ ޚަޒާނާ" ގެ ރޭގެ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޢަމަލަކާ ނުލައި ޢަޤީދާއެއް ނުހުންނާނެ ބަޔާންކުރައްވަމުން، ޝައިޚް ޢަބްދުﷲ ވިދާޅުވި ގޮތުގައި، އީމާންކަމަކީ ހިތުގެ އިޢުތިޤާދާ އެކު ދުލުން ބުނުމަކާއި އަދި ރުކުންތަކުގެ ޢަމަލުން ދެއްކުމެވެ.

ޝައިޚް ޢަބްދުﷲ ވިދާޅުވީ އީމާންކަމާއި، ޢަޤީދާއާއި އަދި ޢަމަލާ ވަކިކޮށް އެ ހަލާކު ކުރުމަށްޓަކައި ބާޠިނީން އަދި ސޫފީންގެ މީހުން ދައްކާ ވާހަކަތައް ދައްކާ މީހުން އުޅޭނެ ކަމަށެވެ. ޝައިޚް އަދި ވިދާޅުވީ އިސްލާމްދީނުގައިވެސް އެބާވަތުގެ ވަހަކަތައް ދެކެވެމުން އަންނަ ކަމަށާއި، އެގޮތުން އައްބާސީ ޚިލާފަތުން ފެށިގެން މިއަދާއި ހަމައަށްވެސް އިސްލާމީ ޢަޤީދާ ހަލާކު ކޮށްލުމަށްޓަކައި މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ޢަޤީދާއެއް ހިތުތެރޭގައި އަށަގަނެއްޖެނަމަ އޭތި ބޭރުފުށަށް ފެންނާނެ ކަމަށާއި ޢަމަލުން ދެއްކޭނެ ކަމުގައި ޝައިޚް ޢަބްދުﷲ ވިދާޅުވިއެވެ.

"އަޅުނޑުމެންނަށް އިސްލާމްދީނަށް ވަރަށްބޮޑަށް ނަޞްރު ދިން ބޭފުޅެއް، އިސްލާމްދީން ދިފާޢު ކުރެއްވި ބޭފުޅެއް، އަބޫޠާލިބް. އަބޫޠާލިބަކީ ރަސޫލާ (ޞައްލަﷲ ޢަލައިހި ޥަސައްލަމް) ގެ ބޮޑުބޭބޭފުޅު. އަދި އިސްލާމްދީންޓަކައި އަދި އިސްލާމުންގެ ވަރުގަދަކަމަށް ބޭނުންވެފައިވާ ދަނޑިވަޅުގައި އެކަލޭގެފާނުވަނީ އިސްލާމްދީނަށް ޙިމާޔަތްދެއްވާފައި. އެހެންނަމަވެސް އިސްލާދީނަށް ޢަމަލުނުކުރުމުގެ ސަބަބުން އިސްލާމްދީނަކީ އެއީ ރަނގަޅު ދީންކަމުގައި އެބުނި ބުނުން ޤަބޫލެއް ނުކުރެވުނު،" ޝައިޚް ޢަބްދުﷲ ވިދާޅުވިއެވެ.

"ޢިލްމީ ޚަޒާނާ" ޕްރޮގްރާމް ސަންއެފްއެމް އިން ފޮނުވަނީ ކޮންމެ ހޯމަ ދުވަހެއްގެ ރޭ 22:00 ން 23:00 ށެވެ. އަދި މި ޕްރޮގްރާމްގެ ރިޕީޓް ފޮނުވަނީ ހޮނިހިރު ދުވަހުގެ 13:00 ން 14:00 ށެވެ.

ޓެގް

ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ޖަމްޢިއްޔަތުއްސަލަފް ޢިލްމީ ޚަޒާނާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.