1968 ވަނަ އަހަރު ދެވަނަ ފަހަރަށް ދިވެހިރާއްޖެ ޖުމްހޫރިއްޔާއަކަށް މަރްޙަބާ ކީފަހުން ދިވެހިން ދެކެމުން މިދަނީ 3 ވަނަ ރައީސެވެ. އޭގެ ފަހުން ޤައުމު ދެކެފައިވާ ތިން ވެރިންނަކީ އަލްމަރްޙޫމް އިބްރާހިމް ނާސިރް، އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް، އަދި މިހާރުގެ ރައީސް އަލްފާޟިލް މުހައްމަދު ނަޝީދެވެ. މި ތިން ބޭފުޅުންނަކީ ވެސް މިޒާޖުގެ ގޮތުންނާއި ކޮށްދެއްވި ޚިދުމަތުގެ ގޮތުން ތަފާތު ތިން ބޭފުޅުންނެވެ.
މީގެތެރެއިންވެސް، މިހާރުގެ ރައީސް މިފާއިތުވި ކުޑަ ދުވަސްކޮޅުތެރޭގައި ކޮއްދެއްވާފައިވާ ކަންކަން ފާހަގަ ކޮށްލެވެއެވެ. 11 ނޮވެމްބަރު 2008 ވީ އަންގާރަ ދުވަހު "ވަތަން އެދޭ ގޮތަށް" އެމްޑީޕީ ސަރުކާރުން މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވެ ވެރިކަމުގެ ހުވާ ކުރެއްވީ، މަދަނީ ބަސްނޭހުމެއްގެ ތެރެއިން ގެނެވުނު "މުޒާހަރާ ޤާނޫނު އަސާސީން" ދިވެހިންނަށް އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިއްބައިދީފައެވެ.
ދުނިޔެ 21 ވަނަ ގަރުނާ ކުރިމަތިލާފައި ވާއިރު އެންމެ ބޮޑަށް ތަރައްޤީވެފައިވާ ޤައުމުތައް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ އެމެރިކާ އަދި ހުޅަނގުގެ ޤައުމުތަކުގައި ވެރިކަން ހިންގަނީ "ޑިމޮކްރެސީ" އޭ ކިޔާ ނިޒާމަށެވެ. މާނަ އަކީ ރައްޔިތުންގެ ވެރިކަން ރައްޔިތުން އެދޭ ގޮތަށް ކޮށްދިނުމެވެ. މިނިޒާމުގައި "މެޖޯރިޓީ" ނުވަތަ ގިނަބަޔަކު ތާއީދުކުރާ ގޮތަކީ އެންމެ ރަނގަޅު އަދި ކަންކަން ނިމޭ ގޮތް ކަމަށް ބުނެވެއެވެ. 2008 ވަނަ އަހަރު ރައީސް ނަޝީދު ހުވާ ކުރެއްވީ މި ނިޒާމްގެ ދަށުން މި ނިޒާމް އިތުރަށް ތަރައްޤީ ކުރުމަށް ވައުދުވެ ވަޑައިގަންނަވަމުންނެވެ.
ދީނީ ކަންކަން ނިންމުމަށް ދީނީ ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް ބުނަމުންދާ މިސަރުކާރުން ދީނީ ފަރާތްތަކުގެ ބަހެއް ނެތި އެތަކެތި ރާއްޖެ އެތެރެ ކުރުމާއި އަދި ރައްޔިތުން ނުރުހިގެން ކެކި އަރައިގެން ދިޔަ އިރުވެސް ސަރުކާރަށް ކަހާތަން ހިރުވާވެސް ނުލިއެވެ. މިކަމުންވެސް ސަރުކާރުގެ ވެރިންގެ ހިތުގައި ދީނަށް ދެވިފައިވާ ލޯބި ހާމަވެގެން ދިޔައެވެ. އަދި ގިނަބަޔަކު ދީނާ ފުށުއަރާ މޮނިއުމެންޓް ނުވަތަ ބުދު ނެގުމަށް މި ޑިމޮކްރެޓިކް ސަރުކާރަށް ގޮވާލި ނަމަވެސް ސަރުކާރަކުން އެކަމަށް އިޖާބަ ނުދިނެވެ.
ލޮލާއި ބޮލުން ރުހިގެން ދިވެހިން މައުމޫން އަބްދުލް ޤައްޔޫމްގެ 30 އަހަރުވީ ދިގު ވެރިކަން ނިމުމަކަށް ގެނައީ ރައްޔިތުން އެދި އެދި ތިބި ކިތަންމެ ކަމެއް ރައީސް ނަޝީދު ފުރިހަމަ ކޮށްދެއްވާނެ ކަމުގެ އުންމީދުގައެވެ. ޖަލުތަކުގައި ކުރާ އަނިޔާ ނިމުމަކަށް ގެނައުމަށާއި، ޖުމްލަ ގޮތެއްގައި މި ޤައުމަށް އިތުރު ތަރައްޤީ ގެނައުމަށާއި އަދި ދީނީ މިނިވަންކަން ހޯދުމަށް ދިވެހިން ރައީސް ނަޝީދަށް ބައިއަތު ހިފިއިރު ޑިމޮކްރަސީގެ ވަލުފަރާތުގައި ހިނގަނީ ކޮންކަމެއްކަން ދިވެހިންގެ ގިނަ ބަޔަކަށް ރޭކާވެސް ނުލައެވެ.
އިދިކޮޅު ފަރާތްތަކަށް ގޮންޖައްސަވައި އައްޑޫ ސިޓީ ނުހަނު ފުރިހަމައަށް ތަރައްޤީ ކުރައްވައި 17 ވަނަ ސާކް ސަމިޓް އައްޑޫ ސިޓީގައި ބޭއްވުމުގެ މުނާސަބަތުގައި ސާކުގެ ޤައުމުތަކުން ހަދިޔާކޮށްގެން ބެހެއްޓި އެ ޤައުމުތަކުގެ ރަމްޒު ނުވަތަ މޮނިއުމެންޓްގެ މައްސަލައަކީ ދިވެހިންގެ ތެރޭގައި ދާދިފަހުން ނުހަނު ބޮޑުވެގެން ދިޔަ މައްސަލައެކެވެ. ދިވެހި ރާއްޖޭގެ ޢިލްމުވެރީންނާއި އެތަކެއް ރައްޔިތުން އެއީ ބުދު ކަމުގައި ބުނަމުން ދިޔައިރު އަނެއް ބަޔަކު ބުނަމުން ދިޔައީ އެއީ މޮނިއުމެންޓްތަކެއް ކަމަށެވެ. ނަމަވެސް އެތަކެއްޗަކީ ދިވެހިރާއްޖެއަށް އެތެރެކުރެވިގެންވާނޭ ތަކެއްޗެއް ނޫންކަން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންވެގެން ވެއެވެ.
ދީނީ ކަންކަން ނިންމުމަށް ދީނީ ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް ބުނަމުންދާ މިސަރުކާރުން ދީނީ ފަރާތްތަކުގެ ބަހެއް ނެތި އެތަކެތި ރާއްޖެ އެތެރެ ކުރުމާއި އަދި ރައްޔިތުން ނުރުހިގެން ކެކި އަރައިގެން ދިޔަ އިރުވެސް ސަރުކާރަށް ކަހާތަން ހިރުވާވެސް ނުލިއެވެ. މިކަމުންވެސް ސަރުކާރުގެ ވެރިންގެ ހިތުގައި ދީނަށް ދެވިފައިވާ ލޯބި ހާމަވެގެން ދިޔައެވެ. އަދި ގިނަބަޔަކު ދީނާ ފުށުއަރާ މޮނިއުމެންޓް ނުވަތަ ބުދު ނެގުމަށް މި ޑިމޮކްރެޓިކް ސަރުކާރަށް ގޮވާލި ނަމަވެސް ސަރުކާރަކުން އެކަމަށް އިޖާބަ ނުދިނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ރައްޔިތުން ނިކުމެ އެތަކެއްޗަށް ގެއްލުންދީ ހަލާކުކޮށްލުމެވެ.
ދިވެހިރާއްޖޭގެ މަސްރަހު ދިރާސާކުރައްވާ ފަރާތްތަކުން ގަބޫލު ކުރައްވާ ގޮތުގައި މިފަދަ ކަންތައްތައް މިބީދައިން ހިނގަމުންދާނަމަ މާ ދުރުނޫން މުސްތަޤްބަލެއްގައި މިރާއްޖޭގެ މީހުން އެހެން ދީންތަކަށް އުޅުމަށް ޤާނޫނީ ގޮތުން ފުރުސަތު ދިނުމަކީ ވެދާނެ ކަމެކެވެ. ކަންކަން މިބީދައިން ހިނގަން ދޫކޮށްލައިފިނަމަ ދެން ވާނޭ ގޮތް ނިކަން ތިބާ އަމިއްލައަށް ތަސައްވުރު ކޮށްލައްވާށެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓަރު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ ބުދު ނުވަތަ މޮނިއުމެންޓް ހަލާކުކޮށްލި މައްސަލަ ބޭރުގެ ފަރާތްތަކުން ސިފަކުރީ ވަރަށް ނުރަނގަޅު ގޮތަކަށް ކަމަށެވެ. ބޭރުގެ ފަރާތްތަކުން ބުދު ނުވަތަ މޮނިއުމަންޓްގެ މައްސަލަ ސިފަކުރިގޮތް ދިވެހިންނަށް ހާމަކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ދައުވަތު ދީގެން އ.ދ ގެ ހިއުމަން ރައިޓްސް ކޮމިޝަނަރު ނަވީ ޕިއްލޭ ރާއްޖެ ގެނެސް ސަރުކާރުން ރައްޔިތުންނަށް ދޭން ބޭނުންވި މެސެޖް ޕިއްލޭ ލައްވައި ދިނުން ވެގެން ދިޔައީ އަނދައަނދައި ހުރި އަލިފާންގަނޑަކަށް ދަރުއެޅުން ކަހަލަ ކަމަކަށެވެ. ރައްޔިތުންގެ ވިސްނުން ކަންކަމުގައި ހުންނާނެ ގޮތް ބެލުމަށް ސަރުކާރުން މިފަދަ އަމަލު ހިންގުމަކީ މިހާރު އާދައެކެވެ.
މާލޭގައި ހުންނަ ޓްރޭޑާސް ހޮޓެލް (ކުރީގެ ހޮލިޑޭއިން) ގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ފޫގަޅާލި މައްސަލައަކީ ވެސް މިފަދަ މައްސަލައެކެވެ. ދިވެހިރާއްޖޭގެ މަސްރަހު ދިރާސާކުރައްވާ ފަރާތްތަކުން ގަބޫލު ކުރައްވާ ގޮތުގައި މިފަދަ ކަންތައްތައް މިބީދައިން ހިނގަމުންދާނަމަ މާ ދުރުނޫން މުސްތަޤްބަލެއްގައި މިރާއްޖޭގެ މީހުން އެހެން ދީންތަކަށް އުޅުމަށް ޤާނޫނީ ގޮތުން ފުރުސަތު ދިނުމަކީ ވެދާނެ ކަމެކެވެ. ކަންކަން މިބީދައިން ހިނގަން ދޫކޮށްލައިފިނަމަ ދެން ވާނޭ ގޮތް ނިކަން ތިބާ އަމިއްލައަށް ތަސައްވުރު ކޮށްލައްވާށެވެ.
2013 ގައި އަނެއްކާވެސް މިފަދަ ސަރުކާރަކަށް ފުރުސަތު ދީފިނަމަ މިއަށްވުރެ ބޮޑު ހިތި މަންޒަރެއްވެސް ތިޔަ ބޭފުޅުންނަށް ފެނުމަކީ ވެދާނެ ކަމެކެވެ. އެހެންކަމުން މިފަދަ ސަރުކާރެއް ހިންގާ ބަޔަކަށް 2013 ގައި ވޯޓް ދިނުމާމެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ދާން މަޖުބޫރު ކުރެއެވެ. ބުއްދި އާއި ވިސްނުމުގެ ނިޢުމަތުގެ ބޭނުން ކުރައްވާށެވެ. އިހުތިބީން ކުޅަކަމެއް ފަހު ތިބީންނަށެވެ.
(ނިމުނީ)

ކޮމެންޓް (0)
ލޯޑް ކުރަމުން...