ދިއިސްލާމް އިޒްރޭލު ސިފައިން ފަލަސްޠީނުގެ 30 ދަނޑުވެރިޔަކަށް އެމީހުންގެ ދަނޑުތަކަށް ވަނުން މަނާކޮށްފި

އިޒްރޭލު ސިފައިން ފަލަސްޠީނުގެ 30 ދަނޑުވެރިޔަކަށް އެމީހުންގެ ދަނޑުތަކަށް ވަނުން މަނާކޮށްފި

އިޒްރޭލު ސިފައިން ފަލަސްޠީނުގެ 30 ދަނޑުވެރިޔަކަށް އެމީހުންގެ ދަނޑުތަކަށް ވަނުން މަނާކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިޒްރޭލުން ފަލަސްޠީނުގެ ބިމުގަ ބިނާކުރަމުންދާ ޣައިރުޤާނޫނީ ފާރު

ހުޅަނގު އައްސޭރީގެ ސަހަރެއްކަމުގައިވާ "ޖެނިން" ގެ ހުޅަނގުފަރާތުގައި އޮންނަ "ޢާނީން" އަވަށުގެ ތިރީސް ދަނޑުވެރިޔަކަށް އެމީހުންގެ ދަނޑުތަކަށް މަސައްކަތު ދިއުން އިޒްރޭލުން މަނާކޮށްފިއެވެ. މި ދަނޑުތައް އޮންނަނީ އިޒްރޭލުން އެސަރަޙައްދުގައި ބިނާކޮށްފައިވާ ޣައިރު ޤާނޫނީ ފާރުގެ އިޒްރޭލާ ވީ ފަރާތުގައެވެ.

އެ އަވަށުގެ މީހުން ބުނިގޮތުގައި ފާރުގެ އެއް ގޭޓެއްގައި ފޯރިއަށް ތިބި އިޒްރޭލުގެ ސިފައިން ވަނީ  ފާރު ހުރަސްކުރުމުގެ ހުއްދަ ދޫކުރެވިފައިވާ 30 ދަނޑުވެރިންނަށް  އެ މީހުންގެ ޒައިތޫނި ދަނޑުތަކަށް މަސައްކަތު ދިއުން މަނާކޮށް ހުރަސްއަޅާފައެވެ.

އަވަށުގެ މީހުންވަނީ އިންސާނީ ޙައްޤުތަކާބެހޭ ޖަމްޢިއްޔާތަކަށާއި ފަލަސްޠީނުގެ ސަރުކާރަށް މި މައްސަލަ ޙައްލުކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށާއި ފަލަސްޠީނުގެ ދަނޑުވެރިންނަށް އެމީހުންގެ އަމިއްލަ ދަނޑު ބިންތަކަށް ވަދެ މަސައްކަތްކުރެވޭނެ މަގު ފަހިކޮށްދިނުމަށް އިޒްރޭލަށް ބާރުއަޅައި ދިނުމަށް އެދި އަޑު އުފުލާފައެވެ.

އިޒްރޭލުގެ މި ޣައިރު ޤާނޫނީ އަނިޔާވެރި ފާރު ބިނާކޮށްފައިވަނީ ފަލަސްޠީނުގެ ރައްޔިތުންނާ އެމީހުންގެ ދަނޑުބިންތަކާ ވަކިކޮށްލައި ދަނޑުތަކަށް ނުވަދެވޭނެ ފަދަ ގޮތަކަށެވެ. އަދި މިކަމުގެ ސަބަބުން އެ ފާރު ހުރަސްކުރުމަށްޓަކައި ޚާއްޞަ ފާހެއް އިޒްރޭލުގެ ޢަސްކަރިއްޔާގެ ދަށުން ހިންގާ ސިވިލް އެޑްމިނިސްޓްރޭޝަން އޮފީހުން ހޯދަންޖެހެއެވެ. ނަމަވެސް މި ހުއްދަ ދެނީ ވަރަށް މަދުންނެވެ. އަދި ހުއްދަ ދެވޭ ފަހަރުތަކުގައިވެސް އަވަށުގެ މީހުންނަށް ފާރު ހުރަސްކޮށް ދަނޑުތަކުގައި މަސައްކަތްކުރަން ތިބެވޭނެ މުއްދަތާއި ވަގުތު އޮންނަނީ ވަރަށް ކުޑަކޮށްފައެވެ.

____________________________

މަޞްދަރު: އިންޓަނޭޝަނަލް މިޑްލް އީސްޓް މީޑިއާ ސެންޓަރ

ޓެގް

ފަލަސްތީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.