ދިއިސްލާމް ކަޅުވިލާގަނޑަކުން ދިވެހިރާއްޖެއަށް ވެހުނު "އެސިޑް ރެއިން" !!! (1 ވަނަ ބައި)

ކަޅުވިލާގަނޑަކުން ދިވެހިރާއްޖެއަށް ވެހުނު "އެސިޑް ރެއިން" !!! (1 ވަނަ ބައި)

ކަޅުވިލާގަނޑަކުން ދިވެހިރާއްޖެއަށް ވެހުނު "އެސިޑް ރެއިން" !!! (1 ވަނަ ބައި)

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އިންޑިއާ ކަނޑުގައިވާ މި ދިވެހިރާއްޖޭގެ ތާރީޚް ދިރާސާ ކުރެއްވި އެކި އެކި ތާރީޚީ އިލްމުވެރިން ގަބޫލު ކުރައްވާ ގޮތުގައި ދިވެހި ރާއްޖޭގައި މީހުން ވަޒަންވެރިވެފައި ވަނީ ގާތްގަނޑަކަށް ޢީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 500 އަހަރު ކުރިންނެވެ. ނަމަވެސް މިފަދަ ތާރީޚްތަކަކީ އޭގެ ސައްޙަކަމާމެދު ބައެއް ބޭފުޅުން ސުވާލު އުފައްދާ ކަންތައްތަކެވެ. ދިވެހިރާއްޖޭގެ އަސްލު ވަޒަންވެރިންނަކީ ކޮބައިތޯ ސުވާލު ކޮށްފިނަމަ އެއްބޭފުޅަކު ދެއްވާ ޖަވާބާއި އަނެއް ބޭފުޅަކު ދެއްވާ ޖަވާބާ ތައާރަޒު ވެދާނެއެވެ.

ނަމަވެސް ފެންނަން ހުރި ޙަޤީގަތްތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ އަސްލު ވަޒަންވެރިންނަކީ "އިންޑޯ އާރިޔަންސް" (އިންޑިއާ އިން ރާއްޖެ އަށް ހިޖްރަކުރި ބަޔަކަށް ކިޔާ ނަމެއް) އޭ ކިނު ބައެއް ކަމަށް ބައެއް ބޭފުޅުން ބުނެ އުޅެއެވެ. އަނެއް ބަޔަކު "އިންޑަސް ވެލީން" މީހުން ދިވެހި ރާއްޖެއަށް ހިޖުރަކުރި ކަމަށް ބުނެއުޅެއެވެ. އަދި ހަމަ އެހެންމެ އެފްރިކާގެ ބައެއް ޤައުމުތަކުގެ އާދަ ކާދަ އަޅުގަނޑުމެންގެ ތެރޭގައި އަށަގެންފައި ހުރިކަމަށް ބައެއް ބޭފުޅުން ޤަބޫލުކުރެއެވެ. މިސާލަކަށް ދަންނަވަނީނަމަ، އަޅުގަނޑުމެންގެ ތެރޭގައި ޘަޤާފީ ކަމެއްގެ ގޮތުގައި ބަލަމުން އައި ބޮޑުބެރު ޖެހުން ފާހަގަ ކުރެވެއެވެ.

ދިވެހިންގެ ދީނާއި، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ގެއްލިފައިވާ ކޮންމެ ފަހަރަކީ ދިވެހިންގެ ބަޔަކު އަމިއްލަ ޤައުމަށް ޚިޔާނާތްތެރިވުމުގެ ނަތީޖާއެވެ.

މީގެ އިތުރުން، އިހުޒަމާނުގައި ބޮޑެތި ބޯޓްފަހަރު ޔޫރަޕާއި އޭޝިއާ އާއި ދެމެދު ކުރެވުނު ދަތުރު ތަކުގައި ދިވެހިރާއްޖެ އެކުލެވިގެންވާ އިންޑިއާ ކަނޑުގެ އެކި ސަރަހައްދުތަކަށް މިފަދަ އެތައް ބޯޓްފަހަރެއް ފަރަށް އަރައި އޭގެއިން ދަތުރުކުރި މީހުން މި ރާއްޖޭގައި ވަޒަންވެރިވީ ކަމަށް ބުނެ އުޅެއެވެ. މިހުރިހާ ކަމެއް މިގޮތަށް ހުރިނަމަވެސް އަވަށްޓެރި އޮޅުދޫކަރަ އާއި އުތުރު ކަރައިގެ މީހުންނާއި ދިވެހިން ވައްތަރެވެ. އަދި އާދަ ކާދައިގެ ގޮތުން ބެލިކަމުގައި ވިޔަސް އެއްގޮތް ކަންތައްތައް ގިނައެވެ.

މީލާދީން 1153 ވަނަ އަހަރު، މަޣްރިބްކަރައިގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަބުލް ބަރަކާތުލް ޔޫސުފުލް ބަރްބަރީގެ އަތްމައްޗަށް ދިވެހިރާއްޖެ އިސްލާމްވިތާ މިއަދާ ހަމައަށް މިހާރު 859 އަހަރު ހަމަވަނީއެވެ. ދިވެހިންނަކީ އަބަދުވެސް ވަރަށް ސުލްހަ މަސަލަސްކަމާ އެކީ އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން އެކުވެރިކޮށް އުޅެމުން އަންނަ ބަޔެކެވެ. ނަމަވެސް ފާހަގަ ކޮށްލަން ޖެހޭ ޙަޤީގަތަކީ ދިވެހިންގެ ދީނާއި، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ގެއްލިފައިވާ ކޮންމެ ފަހަރަކީ ދިވެހިންގެ ބަޔަކު އަމިއްލަ ޤައުމަށް ޚިޔާނާތްތެރިވުމުގެ ނަތީޖާއެވެ.

ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ޤާނޫނު އަސާސީއެއް ލިޔެވުނީ މީލާދީން 1932 ވަނަ އަހަރު ޝަމްސުއްދީން ރަދުންގެ ރަސްކަމުގައެވެ. އަދި މިޤާނޫނު އަސާސީ ތަފާތު އެކި ފަހަރުމަތިން އައުކުރެވި އިސްލާޙުކުރެވިފައި ވެއެވެ. އަދި ޤާނޫނު އަސާސީގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަން ވަރަށް ސަރީޙަ އިބާރާތުން ބަޔާންވެގެން ވެއެވެ. އަދި ދިވެއްސަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި މުސްލިމަކު ކަމުގައި ވުން ހިމެނެއެވެ.

1968 ވަނަ އަހަރު ދެވަނަ ފަހަރަށް ދިވެހިރާއްޖެ ޖުމްހޫރިއްޔާއަކަށް މަރްޙަބާ ކީފަހުން ދިވެހިން ދެކެމުން މިދަނީ 3 ވަނަ ރައީސެވެ. ޤައުމު ދެކެފައިވާ ތިން ވެރިންނަކީ އަލްމަރްޙޫމް އިބްރާހިމް ނާސިރު، އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް، އަދި މިހާރުގެ ރައީސް އަލްފާޟިލް މުހައްމަދު ނަޝީދެވެ. މި ތިން ބޭފުޅުންނަކީ ވެސް މިޒާޖުގެ ގޮތުންނާއި ކޮށްދެއްވި ޚިދުމަތުގެ ގޮތުން ތަފާތު ތިން ބޭފުޅުންނެވެ.

މީގެތެރެއިންވެސް، މިހާރުގެ ރައީސް މިފާއިތުވި ކުޑަ ދުވަސްކޮޅުތެރޭގައި ކޮއްދެއްވާފައިވާ ކަންކަން ފާހަގަ ކޮށްލެވެއެވެ. 11 ނޮވެމްބަރު 2008 ވީ އަންގާރަ ދުވަހު "ވަތަން އެދޭ ގޮތަށް" އެމްޑީޕީ ސަރުކާރުން މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވެ ވެރިކަމުގެ ހުވާ ކުރެއްވީ، މަދަނީ ބަސްނޭހުމެއްގެ ތެރެއިން ގެނެވުނު "މުޒާހަރާ ޤާނޫނު އަސާސީން" ދިވެހިންނަށް އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިއްބައިދީފައެވެ.

(ނުނިމޭ)

 

ޓެގް

ދިވެހިރާއްޖެ އިސްލާމް ދީން ތާރީޚް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.