ދިއިސްލާމް ވަޒީފާ ދީނީ އެއްޗެއްގެ ގޮތުގައި ނުދެކޭށެވެ.

ވަޒީފާ ދީނީ އެއްޗެއްގެ ގޮތުގައި ނުދެކޭށެވެ.

ވަޒީފާ ދީނީ އެއްޗެއްގެ ގޮތުގައި ނުދެކޭށެވެ.

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދީނާ ސިޔާސަތު ވަކި ކުރުމުގެ އަލްމާނީ ފިކުރު މިހާރު މިވަނީ އަޅުގަނޑުމެންގެ މުޖްތަމަޢުގައި ވަކި ހިއްޕާލާފައެވެ. ބަޔަކަށް އެނގިގެން ނުވަތަ ނޭންގި ނަމަވެސް މިފަދަ ވާހަކަތައް ފަތުރައި މިކަމާ ވަކާލާތުކޮށް ހެދޭތަންވެސް މިހާރު ފެންނަނީ މަދެއްކޮށެއްނޫނެވެ. އެކަމަކު މިހާރު މިކަހަލަ ކަންތައް ތައްވެސް ކުރިލައި ކަފި ކަފިވެ ފެތުރެނަ ފަށައިފި ކަހަލައެވެ. ހިތާމަ ހުއްޓެވެ! އަޅުގަނޑުމެންގެ ޢަޤީދާ ބަލިކަށިވެ އީމާންތެރިކަން ނިކަމެތިވެފައިވާ ވަރެވެ.

އަޅުގަނޑުގެ އެކުވެރިޔެކެވެ. މަސައްކަތް ކުރަނީ އެއާރލައިން ދާއިރާގައި ޚިދުމަތްދޭ ކުންފުންޏެއްގައެވެ. ވަޒީފާގެ ގޮތުން ކަސްޓަމަރުންނާ ކުރިމަތިލާން ޖެހޭ ފަރާތެކެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ސުންނަތައް ލޯބިކުރާ އެއަށް ރައްކާތެރިވާން މަސައްކަތް ކުރާ އަޚެކެވެ. އެއްދުވަހަކު ވީއައިޕީކޮށް އެ އެއާރލައިނުން ބަޔަކު ރިޒޯޓަކަށް ފުރަން ހަމަޖެހިފައި އޮތުމުން ސީނިއާރ ސްޓާފުންގެ ބައްދަލުވުމެއް ވީއައިޕީ ކަސްޓަމަރުން ފުރަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ކުރިން ބޭއްވުނެވެ. އެމީހުނަށް ޚިދުމަތް ދިނުމުގައި ފަރުވާތެރިވާންވީ ކަންތައްތައް މުވައްޒަފުންނަށް ހަނދުމަކޮށްދީ އަހުލުވެރިކުރުވުމަށެވެ. ބައްދަލުވުމުގައި ކުންފުނީގެ ވެރިންގެ ފެންވަރުގެ "ބޭފުޅުން" ބައިވެރިވެ ވަޑައިގެންނެވިއެވެ. ވާހަކަތައް ޙިއްސާކުރަމުންގޮސް ކުންފުނީގެ އެސިސްޓެންޓް މާރކެޓިންގ މެނޭޖަރ ވިދާޅުވީ ގުރޫމިންގ ކަންތައް ރަނގަޅު ކުރަންވާނެ ކަމަށެވެ. އެއްފަހަރު ތުނބުޅި ބާލާފައި ހުރި މީހަކަށް އެ ދުވަހުވެސް ބޭލިދާނެކަމަށް ވިދާޅުވިކަމުގައިވެސް ވެއެވެ. ދެން ވިދާޅުވީ އެއްވެސް ކުއްޖަކު ވަޒީފާ އަކީ ދީނީ ކަމެއްގެ ގޮތުގައިނުދެކުމަށެވެ.

ވިސްނާ ލައްވަ ބައްލަވާށެވެ. މިއީ އަޅުގަނޑުމެންގެ ގައުމަކަށް ބޭރުން އައި މީހަކު ދެއްކިވާހަކަޔެއް ނޫނެވެ. މިއީ ދިވެއްސަކު ދެއްކި ވާހަކަޔެކެވެ. ވަޒީފާ އެއީ ދީނީ ކަމެއް ކަމުގައި ދެކޭނެ ކަމެއްނެތެވެ! ސިޔާސީ ކަންކަމާ ދީނަކާ ނުބެހެވޭނެއެވެ! ކުޅިވަރު އެއީ ދީނީ ކަމަކަށް ނުހަދާށެވެ. ދެން ދީނީ ކަމަކީ ކޮބައިތޯއެވެ؟ ހަމަ އެކަނި ނަމާދުކޮށްލާ ރޯދަހިފާލާ ހައްޖުވުންބާއެވެ. ސުބްހާނަﷲ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.