ދިއިސްލާމް ޚާއްޞަ އެހީއަށް ބޭނުންވާ ފަލަސްޠީނުގެ ސާޅީސް މީހުން އިޒްރޭލުގެ ޖަލުތަކުގައި އެބަތިބި: ރިޕޯޓް

ޚާއްޞަ އެހީއަށް ބޭނުންވާ ފަލަސްޠީނުގެ ސާޅީސް މީހުން އިޒްރޭލުގެ ޖަލުތަކުގައި އެބަތިބި: ރިޕޯޓް

ޚާއްޞަ އެހީއަށް ބޭނުންވާ ފަލަސްޠީނުގެ ސާޅީސް މީހުން އިޒްރޭލުގެ ޖަލުތަކުގައި އެބަތިބި: ރިޕޯޓް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިޒްރޭލުގެ ޖަލެއް

އިޒްރޭލުގެ އިސްތިޢުމާރީ ޖަލުތަކުގައި ޚާއްޞައެހީއަށް ބޭނުންވާ ފަލަސްޠީނުގެ ސާޅީހަށްވުރެ ގިނަ އަސީރުން އަދިވެސް ހައްޔަރުކޮށްފައި އެބަ ތިބިކަމަށް ފަލަސްޠީނުގެ އަސީރުންގެ ކަންތައް ދިރާސާކުރައްވާ ތަޖުރިބާކާރެއްކަމުގައިވާ ޢަބްދުއްނާޞިރު ފަރްވާނާ ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރަކުވެސް ޑިސެމްބަރު 3 ވަނަދުވަހު ފާހަގަކުރާ ބައިނަލްއަޤްވާމީ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ ދުވަހުގެ މުނާސަބަތުގައި  ނެރުނު ރިޕޯޓެއްގައި އޭނާ ވިދާޅުވެފައިވަނީ އިޒްރޭލުން ފަލަސްޠީނުގެ އަރައިގަތީއްސުރެ އަދި ވަކިން ޚާއްޞަކޮށް 1967 ވަނަ އަހަރު ހުޅަނގު އައްސޭރިއާއި، ޣާޒާ އަދި އިރުމަތީ ޤުދުސް އަޅުވެތިކުރުމަށްފަހު، އިޒްރޭލުން ދަނީ ތަކުރާރުކޮށް ފަލަސްޠީނުގެ ނުކުޅެދޭ މީހުންނާއި ބަލިމީހުންނަށް ޙަމަލާދީ ޖަލުގައި ހައްޔަރުކޮށް ދަތި އުނދަގޫ ދިރިއުޅުމެއް އުޅެން މަޖްބޫރުކުރަމުންނެވެ.

އެރިޕޯޓުގައި އިތުރަށް ހާމަކޮށްފައިވާގޮތުގައި މިއަސީރުންގެ ތެރެއިން ބައެއް މީހުންނަކީ ފުރޮޅުލީ ގޮނޑީގައި އުޅޭ އެމީހުންނަށް އިތުރު ސަމާލުކަން ދޭންޖެހޭ މީހުންނެވެ. އަދި ރަނގަޅަށް ނުހިނގޭ މީހުންނާއި ނުރައްކާތެރި ބަލިތައްކަމަށްވާ ކެންސަރާއި ފުރަމޭގެ ބަލިތަކާއި އަދި ހިތުގެ މައްސަލަތައް ކުރިމަތިވެފައިވާ މީހުންވެސް ޖަލުތަކުގައި ތިބިކަމަށް ރިޕޯޓުގައިވެއެވެ.

މިހާތަނަށް އެކަށީގެންވާ ޞިއްޙީ އެހީ ނުލިބުމާއި އިޒްރޭލު ސިފައިންގެ އަނިޔާގެ ސަބަބުން 200 އަށް ވުރެ ގިނަ ފަލަސްޠީނުގެ އަސީރުން އިޒްރޭލުގެ ޖަލުތަކުގައި ވަނީ މަރުވެފައެވެ. މިއަސީރުން މަރުވެފައިވަނީ ނުރައްކާތެރި ބަލިތައް ޖެހިގެންނާއި ހައްޔަރުކުރުމުގެ ކުރިންނާއި ފަހުން ސިފައިން ދިން ބަޑީގެ ޙަމަލާތަކުން ޒަޚަމްވެގެންނާއި އަދި ތަޙުޤީޤުކުރުމުގެ ނަމުގައި އަސީރުންނަށް ދެވުނު އާދަޔާ ޚިލާފު ބޮޑެތި އަނިޔާތަކުގެ ސަބަބުންނެވެ.

މިހާރު އިޒްރޭލުގެ ޖަލުތަކުގައި ގާތްގަނޑަކަށް ފަލަސްޠީނުގެ  7200 އަސީރުން އެބަތިއްބެއެވެ. މިޢަދަދު މިހާ މައްޗަށް ދިއުމުގެ ސަބަބަކީ އިޒްރޭލުން ދުވާލެއްގެ މައްޗަށް ފަހަކާއި ދިހައަކާއި ދެމެދުގެ ޢަދަދަކަށް ފަލަސްޠީނުގެ މީހުން ހައްޔަރުކުރަމުން ދިއުމެވެ. އަދި ބައެއް ދުވަސްދުވަހު މި ޢަދަދު 15 އަށްް އަރާކަމަށްވެސްް އެ ރިޕޯޓުގައިވެއެވެ.

__________________________

މަޞްދަރު: އިންޓަނޭޝަނަލް މިޑްލް އީސްޓް މީޑިއާ ސެންޓަރ

ޓެގް

އިޒްރޭލު ފަލަސްތީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.