ދިއިސްލާމް މިރޭ ބާއްވާ އައްޝައިޚް އާދަމް ޝަމީމްގެ ޚާއްސަ ދަރުސަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަށް ޝައިޚް ޝަހީމް އިލްތިމާސް ކުރައްވައިފި

މިރޭ ބާއްވާ އައްޝައިޚް އާދަމް ޝަމީމްގެ ޚާއްސަ ދަރުސަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަށް ޝައިޚް ޝަހީމް އިލްތިމާސް ކުރައްވައިފި

މިރޭ ބާއްވާ އައްޝައިޚް އާދަމް ޝަމީމްގެ ޚާއްސަ ދަރުސަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަށް ޝައިޚް ޝަހީމް އިލްތިމާސް ކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް އަދި ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު – ދިއިސްލާމް ފައިލް ފޮޓޯ

މޯލްޑިވްސް ސޮސައިޓީ ފޯ އިސްލާމިކް ރިސާޗްގެ ފަރާތުން އިންތިޒާމްކޮށްގެން މިރޭ ބާއްވާ އައްޝައިޚް އާދަމް ޝަމީމްގެ ޚާއްސަ ދަރުސަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަށް އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިލްތިމާސް ކުރައްވައިފި އެވެ.

ޝައިޚް ޝަހީމް ފާހަގަކުރައްވާ ގޮތުގައި ޝައިޚް އާދަމް ޝަމީމަކީ ވަރަށް ޢިލްމުވެރި އަދި ވަރަށް ބަލާޣާތްތެރި ބޭފުޅެކެވެ.

މިދަރުސް އޮންނާނީ މިރޭ 20:45 ގައި އަލިމަސް ކާނިވާ ސްޓޭޖްގައެވެ. ޝައިޚް އާދަމް ޝަމީމް ދަރުސް ދެއްވާނީ "އިސްލާމްދީން ޙިމާޔަތްކުރުން" މި މައުޟޫއަށެވެ.

މިދަރުސަށް ދިވެހި ރައްޔިތުންނަށް އިސްލާމިކް ރިސާޗް ސޮސައިޓީން ދަޢުވަތު ދެއެވެ. އަދި މިދަރުސް އެމްއެންބީސީ ވަން އިން ލައިވް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ޖަމްޢިއްޔާ އިން ބުންޏެވެ.

މިދަރުސް ބޭއްވުމަށްޓަކައި އަލިމަސް ކާނިވާ ހޯދުމަށްޓަކައި މާލޭ ސިޓީ ކައުންސިލްގައި ހުއްދަ އަށް އެދުމުން މިދިޔަ އަންގާރަ ދުވަހު ސިޓީއަކުން ފުރަތަމަ ދިން ޖަވާބުގައި ވަނީ ހުއްދަ ނުދީފައެވެ. ނަމަވެސް، ފަހުން އެކައުންސިލުން ވަނީ އެތަނުގައި ދަރުސް ބޭއްވުމަށް އިއުތިރާޒެއް ނެތް ކަމަށް އަންގާރަ ދުވަހުގެ ހަވީރު ސިޓީއަކުން އެޖަމްޢިއްޔާ އަށް ޖަވާބުދީފައެވެ.

ޓެގް

ދަރުސް ވީޑިއޯ ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޝައިޚް އާދަމް ޝަމީމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.