މޯލްޑިވްސް ސޮސައިޓީ ފޯ އިސްލާމިކް ރިސާޗްގެ ފަރާތުން ވަރަށް ޚާއްޞަ ދަރުސެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އެ ޖަމްޢިއްޔާގެ އިސްއޮފިޝަލަކު "ދިއިސްލާމް" އަށް މަޢުލޫމާތު ދެއްވި ގޮތުގައި، މިދަރުސް ދެއްވާނީ އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް އެވެ. ދަރުސް އޮންނާނީ ޑިސެމްބަރު 1 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:45 ގައި އަލިމަސް ކާނިވާ ސްޓޭޖްގައެވެ.
ޝައިޚް ޝަމީމް ދަރުސް ދެއްވާނީ "އިސްލާމްދީން ޙިމާޔަތްކުރުން" މި މައުޟޫއަށެވެ.
މިދަރުސަށް ދިވެހި ރައްޔިތުންނަށް އިސްލާމިކް ރިސާޗް ސޮސައިޓީން ދަޢުވަތު ދެއެވެ. އަދި މިދަރުސް އެމްއެންބީސީ ވަން އިން ލައިވް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ޖަމްޢިއްޔާ އިން ބުންޏެވެ.
މިދަރުސް ބޭއްވުމަށްޓަކައި އަލިމަސް ކާނިވާ ހޯދުމަށްޓަކައި މާލޭ ސިޓީ ކައުންސިލްގައި ހުއްދަ އަށް އެދުމުން އިއްޔެ ސިޓީއަކުން ފުރަތަމަ ދިން ޖަވާބުގައި ވަނީ ހުއްދަ ނުދީފައެވެ. ނަމަވެސް، ފަހުން އެކައުންސިލުން ވަނީ އެތަނުގައި ދަރުސް ބޭއްވުމަށް އިއުތިރާޒެއް ނެތް ކަމަށް އިއްޔެ ހަވީރު ސިޓީއަކުން އެޖަމްޢިއްޔާ އަށް ޖަވާބުދީފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...