ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރީންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމްގެ ދަރުސެއް މިރޭ ނ. މިލަދޫގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މިދަރުސް އިންތިޒާމް ކުރަނީ ޖަމްޢިއްޔަތުއްސަލަފާއި މިލަދޫ ޒުވާނުން ގުޅިގެންނެވެ.
ސަލަފުން މަޢުލޫމާތުދޭ ގޮތުގައި އާއްމުކޮށް ރަށުގައި އުޅޭ އެންމެންނަށް ހުޅުވާލާފައިވާ މިދަރުސް އޮންނާނީ މިލަދޫ ހިދާޔާ ސްކޫލްގައި މރޭ 20:30 ގައި ކަމަށެވެ. މިދަރުސްގެ މައުޟޫއަކީ "އީމާންކަމުގެ ރަހަ" ކަމުގައި އެޖަމްޢިއްޔާއިން ބުންޏެވެ.
ސަލަފްގެ ވަފުދެއް ނ.އަތޮޅަށް މިހާރު ކުރަމުންދާ ދަތުރުގައ ރޭ މަނަދޫގައި ދަރުސެއް ބާއްވާފައި ވެއެވެ. އަދި މިރޭގެ ދަރުސްގެ އިތުރުން ނ. މާފަރުގައި އަދި ދަތުރުގައި ޅ. އޮޅުވެލިފުށީގައި ވެސް ދަރުސެއް ބޭއްވުމަށް ރޭވިފައިވާ ކަމަށް ސަލަފުން ހާމަކުރެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...