ދިއިސްލާމް އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި ސިލްސިލާކޮށް ކުރިއަށްގެންދާ 4 ވަނަ މުޒާހަރާ މިރޭ އޮންނާނެ : ޒުވާނުން

އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި ސިލްސިލާކޮށް ކުރިއަށްގެންދާ 4 ވަނަ މުޒާހަރާ މިރޭ އޮންނާނެ : ޒުވާނުން

އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި ސިލްސިލާކޮށް ކުރިއަށްގެންދާ 4 ވަނަ މުޒާހަރާ މިރޭ އޮންނާނެ : ޒުވާނުން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާގެ ތެރެއިން - ދިއިސްލާމް ފޮޓޯ : މުޙައްމަދު ވަސީމް

ރާއްޖޭގައި އިސްލާމްދީނާ ދެކޮޅަށް ބަޔަކު މަސައްކަތްކުރަމުންދާތީ، އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި މިދިޔަ ހުކުރު ދުވަހު ސިލްސިލާކޮށް ފެށި ހަރަކާތުގެ 4 ވަނަ މުޒާހަރާ މިރޭ އޮންނާނެ ކަމަށް އެ ހަރަކާތުގައި ބައިވެރިވާ ޒުވާނުން ބުނެފިއެވެ.

މި ހަރަކާތުގައި އިސްކޮށް އުޅުއްވާ މަދަނީ އިއްތިހާދުގެ އިސް މެމްބަރެއް ކަމުގައިވާ ޢަބްދުﷲ މުޙައްމަދު "ދިއިސްލާމް" އަށް މަޢުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މިރޭގެ މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ 20:30 ގައި އާޓިފިޝަލް ބީޗް ސަރަހައްދުން ކަމަށެވެ.

_______
(މިޚަބަރު ޝާއިއުކުރި ފަހުން މި މުޒާހަރާ ވަނީ ކެންސަލްކޮށްފައި. މުޒާހަރާ ކެންސަލްކުރެވުނީ މިހަރަކާތުގެ މެމްބަރަކަށް ދިމާވި ހިތާމަވެރި ޙާދިޘާއެއްގެ ސަބަބުން.) ތަފްޞީލް!

މި ހަރަކާތަކީ ވަކި ޖަމްޢިއްޔާ ޖަމާޢަތްތަކަކުން އިންތިޒާމް ކުރާ ހަރަކާތެއް ނޫން ކަމަށާއި، މިކަން އިންތިޒާމްކުރަނީ ޒުވާނުން އިސްނަގައިގެން ކަމަށް މަޢުލޫމާތު ލިބެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ހަވީރާއި ރޭގަނޑު އަދި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހަރަކާތުގައި ވަނީ އިސްލާމްދީން ހިމާޔަތްކުރުމަށާއި ގާނޫނު އަސާސީ ހިމާޔަތްކުރުމަށް ގޮވާލާފައެވެ. އަދި ސަރުކާރުން ރާއްޖެ ގެނައި އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައިކޮމިޝަނަރު ޕިއްލޭ މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގައި އަދި ނޫސްވެރިންނަށް މައުލޫމާތު ދިން ބައްދަލުވުމުގައި ވާހަކަދައްކަމުން، އިސްލާމްދީނަށާއި، ރާއްޖޭގެ ޤާނޫނުއަސާސީ އަށް ފުރައްސާރަކޮށް ގޮންޖަހާލި މައްސަލައިގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅާފައި ނުވާތީ އެކަން ކުށްވެރިކޮށް ތަފާތު ޝުއޫރުތައް ފާޅުކޮށްފައި ވެއެވެ.

އެހަރަކާތުގެ ބައިވެރިން ވަނީ ޕިއްލޭގެ ވާހަކަ ކުށްވެރިކޮށް ރާއްޖޭގެ ރައީސް ނަޝީދު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް ބަޔާނެއް ނެރެދެއްވުމަށް ގޮވާލާފައެވެ. އަދި މަޖިލީހުގެ ހުރިހާ މެމްބަރުންވެސް ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް ވެސް ގޮވާލާފައި ވެއެވެ.

އޭގެ އިތުރުން ރާއްޖޭގައި އިސްލާމް ދީނާ ޚިލާފަށް ބަހައްޓާފައިވާ ބުދުތައް ނައްތާލުމަށާއި، މަސާޖް ޕާލާތައް ބަންދުކުރުމަށް ވެސް ގޮވާލާފައި ވެއެވެ. އަދި ރާއްޖޭގައި ލާދީނީ ފިކުރުތަކަށް ޖާގަ ނުދިނުމަށް ވެސް ގޮވާލާފައި ވެއެވެ.

ޓެގް

ޕިއްލޭ މުޒާހަރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.