ދިއިސްލާމް ސާކް ސަމިޓަށް އައްޑޫގައި ބިނާކުރި ކޮންވެންޝަން ސެންޓަރުގެ ސީލިންގަނޑުން ބައެއް ވެއްޓިއްޖެ

ސާކް ސަމިޓަށް އައްޑޫގައި ބިނާކުރި ކޮންވެންޝަން ސެންޓަރުގެ ސީލިންގަނޑުން ބައެއް ވެއްޓިއްޖެ

ސާކް ސަމިޓަށް އައްޑޫގައި ބިނާކުރި ކޮންވެންޝަން ސެންޓަރުގެ ސީލިންގަނޑުން ބައެއް ވެއްޓިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އީސީސީގެ ސީލިންގަނޑުން ބައެއް ވެއްޓިފައި - ފޮޓޯ : ސަން އޮންލައިން

ސަތާރަ ވަނަ ސާކް ސަމިޓަށް އައްޑޫ ސިޓީގެ ހިތަދޫ މާމެންދޫ ސަރަހައްދު ޗަސްބިމުގައި އަޅާފައިވާ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގެ ފެންޑާގެ ސީލިން ގަނޑު ވެއްޓިއްޖެ އެވެ.

އީސީސީގެ ވަށައިގެން ހުންނަ ސީލިންގަނޑުގެ ބައެއް ފިލާތައް އިއްޔެ ނެއްޓިފައިވަނީ އައްޑު އަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި ޖެހުނު ވައިރޯޅިއެއްގައި ކަމަށް އެތަނުގައި ތިބި މީހުން ބުނެއެވެ. އަދި ސީލިންގަނޑުގެ ފިލާތައް ނެއްޓުމުން އިތުރު ބައެއް ނެއްޓުމަށް ކައިރިވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އީސީސީގެ ސީލިންގަނޑު ވެއްޓުމުން އެތަނުގައި އައްޑޫ ސިޓީ ކައުންސިލާއި އެމްއެންޑީއެފުން ހަރަކާތްރިވެފައިވެއެވެ.

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ޞާދިޤް މީޑިއާ އަށް އިއްޔެ ވިދާޅުވެފައި ވަނީ އީސީސީގައި ހުރި ކުދިކުދި މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނުން ކުރަމުންދާ ކަމަށެވެ. ދޭތެރެއަކުން އޭސީއަކުން ފެންދާނެ ކަމަށާއި އެއާކޯންތައް ރަނގަޅު ކުރުމާއި އެކަހަލަ އިލެކްޓްރިކް މަސައްކަތް ކުރަމުންދާ ކަމަށް ޞާދިޤް ވިދާޅުވެފައި ވެއެވެ. އަދި ހައުސިން މިނިސްޓްރީއާ އީސީސީ ހަވާލު ކުރަންދެން އެ މަސައްކަތް އަމީން ކޮންޓްރަކްޝަނުން ކުރަމުންދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އީސީސީ އަކީ ސަރުކާރުން 150 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، އަމީން ކޮންޓްރަކްޝަނާ ޙަވާލުކޮށްގެން އިމާރާކޮށްފައިވާ އިމާރާތެކެވެ. މި އިމާރާތް 17 ވަނަ ސާކުސަމިޓަށް އިމާރާތް ކޮށްފައި ވަނީ ޗަސްބިމަކަށް ވާތީ އާއި 10 މަސްދުވަހުގެ ތެރޭގައި ނިންމާފައިވާތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަދި އެ އިމާރާތް ގަބައިގެން ވެސް ހިނގާދާނެކަމަށް ބުނަމުނެވެ.

ނަމަވެސް، ސަރުކާރުންނާއި، އަމީން ކޮންޓްރަކްޝަނުން އެ ވާހަކަތައް ދޮގުކުރެއެވެ.

ޓެގް

ވިއްސާރަ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރ އައްޑޫ ސިޓީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.