އެމެރިކާ

އެމެރިކާގައި ބޯޓެއް ވެއްޓި އިޒްރޭލުގެ 4 މީހަކު މަރުވެއްޖެ

އެމެރިކާގައި ބޯޓެއް ވެއްޓި އިޒްރޭލުގެ 4 މީހަކު މަރުވެއްޖެއެވެ.

އިޒްރޭލުގެ ނޫހެއް ބުނާގޮތުގައި މިހަތަރު މީހުން މަރުވެފައިވަނީ އެމީހުން ދަތުރު ކުރި ބޯޓު ޖައްވުގެ ތެރެއަށް އުދުއްސާލިވަގުތު ކޮންމެވެސް ގޮތަކުން ރޯވި އަލިފާނުގެ ސަބަބުން ކަމަށެވެ. މިހާދިސާގައި 8 އަހަރާއި 17 އަހަރުގެ ކުޑަކުދިންވެސް މަރުވެފައިވާކަމަށް ހަބަރު ލިބެއެވެ.

ހަބަރުތައް ބުނާގޮތުގައި އިޒްރޭލުގެ މިމީހުން އެމެރިކާއަށް އައިސްފައިވަނީ އެމީހުންގެ ކާފައާއި ބައްދަލުކުރުމުގެ ގޮތުންނެވެ. އިޒްރޭލުގެ އަސްލު ގިނަ މީހުންނަކީ ޔޫރަޕާއި އެމެރިކާއިން ފަލަސްތީނަށް ހިޖްރަކޮށް ވަޒަންވެރިވެފައިވާ މީހުންނެވެ. އާންމުގޮތެއްގެ އެމީހުންގެ އަސްލު ޤައުމުތަކަށް އެމީހުން ޒިޔާރަތްކުރެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *