ދިއިސްލާމް ޤައުމު އިޞްލާޙްކުރާން ބޭނުން މީހުން ވަކި ކުލައަކަށް އަދި ވަކި މީހަކަށް ތަރްޙީބު ދިނުމުގެ ބަދަލުގައި މާތްވެގެންވާ އިސްލާމްދީނަށް ލޯބި ހުސްކޮށްލުމަށް އައްޝައިޚް ބީއޭ ނަސީމް ގޮވާލައްވައިފި

ޤައުމު އިޞްލާޙްކުރާން ބޭނުން މީހުން ވަކި ކުލައަކަށް އަދި ވަކި މީހަކަށް ތަރްޙީބު ދިނުމުގެ ބަދަލުގައި މާތްވެގެންވާ އިސްލާމްދީނަށް ލޯބި ހުސްކޮށްލުމަށް އައްޝައިޚް ބީއޭ ނަސީމް ގޮވާލައްވައިފި

ޤައުމު އިޞްލާޙްކުރާން ބޭނުން މީހުން ވަކި ކުލައަކަށް އަދި ވަކި މީހަކަށް ތަރްޙީބު ދިނުމުގެ ބަދަލުގައި މާތްވެގެންވާ އިސްލާމްދީނަށް ލޯބި ހުސްކޮށްލުމަށް އައްޝައިޚް ބީއޭ ނަސީމް ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އައްޝައިޚް އާދަމް ނަސީމް - ބީއޭ - ދިއިސްލާމް ފޮޓޯ : މުޙައްމަދު ވަސީމް

ޤައުމު އިޞްލާޙްކުރާން ބޭނުން މީހުން ވަކި ކުލައަކަށް އަދި ވަކި މީހަކަށް ތަރްޙީބު ދިނުމުގެ ބަދަލުގައި މާތްވެގެންވާ އިސްލާމްދީނަށް ލޯބި ހުސްކޮށްލުމަށް އައްޝައިޚް ބީއޭ ނަސީމު ގޮވާލައްވައިފި އެވެ.

މިއަދު ރޭޑިއޯ އެޓޯލުން ފޮނުވި " ހެނދުނު ފަރުވާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިއެއްކަމަށްވާ، އަދި އެމްޑީޕީ ގެ މަޝްވަރާ މަޖްލީހުގެ ފުރަތަމަ ރައީސްކަން ކުރައްވާފައިވާ ފަޟީލަތުއްޝައިޚް އާދަމް ނަސީމް ވަނީ ޕިއްލޭގެ ވާހަކަ ތަކަށް ރައްދުދެއްވަމުން، ރާއްޖޭގެ ރައީސް މުޙައްމަދު ނަޝީދަށާއި، އަދި ރައްޔިތުންގެ މަޖްލީހުގެ ރައީސަށާއި ، މަޖްލީހުގެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައީސް ނަޝީދު ގެ ޚާއްޞަ ދަޢުވަތަކަށް ފޮރިން މިނިސްޓްރީގެ އެއްބާރުލުމާއެކު އދ.ގެ ޕިއްލޭ ނަމަކަށް ކިޔާ ތަމަޅަ އަންހެންމީހާ ރާއްޖޭގެ ރައްޔިތުންމަޖްލީހު ތެރޭގައި ކީރިތި ޤުރްއާނުގައި ﷲ ސާފުކޮށް ބާވައިލައްވާފައިވާ ޙުކުމަށް އިންކާރުކޮށް ފުރައްސާރަކޮށް އަމިއްލަޔަށް ފަޟީޙަތް އިޚްތިޔާރުކުރުމުގެ ސަބަބުން ރާއްޖޭގައިވަނީ ދާޚިލީ ހަނގުރާމައެއްގެ ކޮޅުމަތި ފެންނަން ފަށާފައެވެ.  ހަމައެއާ އެކު އެކިއެކި ޢިލްމުވެރީންނާއި، ބޭބޭފުޅުންވަނީ މިކަމާ އިންކާރު ކުރައްވަން ފައްޓަވާފައެވެ.

ޝޭޚް ނަސީމު މިއަދު ވިދާޅުވީ " ރައީސުލްޖުމްހޫރިއްޔާ ވާހަކަ ދެއްކެވިތޯ މިކަމާ އިދިކޮޅަށް؟ ވާހަކަ ފުޅުން ދޭހަވަނީ ތާއީދު ކުރައްވާކަން ނޫންތޯ؟ ރައީސުލްޖުމްހޫރިއްޔާ އަށް އެނގިވަޑައި ނުގެން މިވަރު ކަމެއް ކުރެވިދާނެތޯ؟ މިތާނގެ މަޖްލީހުގެ ރައީސަށް އެނގިވަޑައިނުގެން އެވަރު ކަމެއް ކުރެވިދާނެތޯ؟ އަދިވެސް ބައެއް މީހުން މިކަމުގައި ތަފާތު ބަހަނާތައް ހަދައި އިސްލާމްދީނާއި މެދު މީސްތަކުން ދުރުކުރުމަށް ރޭވިފައިވާ ބޮޑުމަންޒަރުގެ ދަށުން އަންނަވާހަކަތަކަށްވެސް ވަނީ ރައްދުދެއްވާފައެވެ. "ނުބައިވެގެން މިއުޅެނީ ޢިލްމުވެރީންކަން ދޭހަވާގޮތަށް ވާހަކަދައްކަވާ ކަމީ ޤަވުމު އިޞްލާޙް ކުރުމަށް ޢިލްމުވެރީން ކުރައްވާ މަސައްކަތަށް ހުރަސްއެޅުން ނޫން އެހެންދެން ކޮންކަމެއްތޯ؟ ޝޭޚު ވިދާޅުވެ  ސުވާލުކުރައްވަމުން ޖުމްލަ ނިންމާލެއްވީ " އަބަދުވެސް ޢިލްމުވެރީން ނުބައި ކުރާގޮތް ބަޔަކުމީ މިހުންނަނީ ކަށީގައި ހިފާފައި." ކަމަށް ފާހަގަކުރެއްވިއެވެ.

މިކަމާ އިންކާރު ނުކޮށްތިބެމެ އިންކާރުކުރަމުންދާމީހުނާއި މެދު ފާޑުކިޔާމީހުނަށް އަމާޒުކުރައްވާ ޝޭޚު ވިދާޅުވެފައިވަނީ "އުފެދިފައިވާ ކޮންމެ ޕާޓީއެއްގެ ޤާނޫނުގައި ހިމެނޭ ދެއްތޯ އިސްލާމްދީން ޙިމާޔާތް ކުރާވާހަކަ. ކީއްވެގެންތޯ އެވާހަކަ ދައްކަން ކެރިވަޑައި ނުގަންނަވަނީ؟ ވާގޮތަކީ ވަކި ކުލަޔަކަށް ގޮސް ހުސްވެފައިވާތީ އިސްލާމްދީނަށްވުރެ ބޮޑަށް އެކުލަޔަށް،މި ތަރްޙީބު ދެވެނީ،ވަކި މީހަކަށް. އަޅުގަނޑުމެންޖެހޭނީ މިކަންދޫކޮށް ޤަޥުމު އިޞްލާހް ކުރުމައްޓަކައި އަޅުގަނޑުމެންގެ ހުރިހާ ލޯތްބެއް މާތްވެގެންވާ އިސްލާމްދީނަށް ދޭން. އިސްލާމްދީނަށް ލޯބިކުރާކަމަށް ހެދިގެން އަދި ވާހަކަ ދެއްކިޔަކަސް މިކަމެއް ރަގަޅެއް ނުކުރެވޭނެ" ކަމަށެވެ.

ވަޤުތު ހަމަވުމާއެކު ވާހަކަކޮޅު ކުރުކޮއްލެއްވީ ކީރިތި ޤުރްއާނާ އިދިކޮޅަށް ވާހަކަދެއްކިއިރު އިންކާރު ނުކޮށްތިބި މަޖްލިސްމެމްބަރުންގެ ހިތްތަކުގައި އިސްލާމްދީނާއި މެދު ޣީރަތްތެރިކަމެއް ނެތްކަމަށް ފެނިގެންދިޔަ ކަމަށް ވިދާޅުވެއެވެ. އައްޝޭޚް ބީއޭ ނަސީމްއަކީ އެމްޑީޕީ ގެ އިސްލާމީ ކައުންސިލްގެ ރައީސްކަމުގައި ހުންނަވަނިކޮށް އެޕާޓީގެ އާނިޔާ އިސްލާމްދީނަށް ފުރައްސާރަކޮށް މުރުތައްދުވީ މައްސަލާގައިވެސް ޕާޓީގައި ހުންނަވައި ބަޔާންނެރުއްވައި އެކަމަށް އިންކާރުކުރެއްވި ރާއްޖޭގައި އުފެދުނު ހިތްވަރުގަދަ އިސްލާމީ ޝަޚްޞިއްޔަތެކެވެ. މިދުވަސްކޮޅު ބޭސްފަރުވާއަކަށް ބޭރަށް ވަޑައިގެން އުޅުއްވުމަށްފަހު ވަޑައިގަތީ މީގެ ދެދުވަސް ކުރީންނެވެ.

___

ޝައިޚަށް މާތް ﷲ ޝިފާދެއްވަވައި، ދަރުމަ ދެއްވާ، ޘާބިތު ކުރައްވާށި!

ޓެގް

ޑިސެމްބަރު 23 މުޒާހަރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.