ދިއިސްލާމް "މާއޮއިސްޓު" ހަނގުރާމަވެރިންގެ އިސް ލީޑަރެއް މަރާލައިފިކަމަށް އިންޑިޔާގެ ޢަސްކަރިއްޔާއިން ހާމަކޮށްފި

"މާއޮއިސްޓު" ހަނގުރާމަވެރިންގެ އިސް ލީޑަރެއް މަރާލައިފިކަމަށް އިންޑިޔާގެ ޢަސްކަރިއްޔާއިން ހާމަކޮށްފި

"މާއޮއިސްޓު" ހަނގުރާމަވެރިންގެ އިސް ލީޑަރެއް މަރާލައިފިކަމަށް އިންޑިޔާގެ ޢަސްކަރިއްޔާއިން ހާމަކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންޑިޔާ ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރަމުންދާ އިންޑިޔާގެ "މާއޮއިސްޓް" ޖަމާޢަތުގެ ޢަސްކަރީ އިސް ކޮމާންޑަރެއްކަމުގައިވާ ކޮޓޭޝްވަރު ރާއޯ އެޤަައުމުގެ ސަލާމަތީ ބާރުތަކުން މަރާލައިފިކަމަށް އިންޑިޔާ ސަރުކާރުން ބުނެފިއެވެ.

"ކިޝަންޖީ" ގެ ނަމުން މަޝްހޫރުވެފައިވާ ރާއޯ އިންޑިޔާގެ އިރުމަތީގެ ދެ ސްޓޭޓްކަމުގައިވާ "ވެސްޓް ބެންގޯލް" އާއި "ޖާރްކަންދް" ގެ ސަރުކާރާއި ދެކޮޅަށް 3 އަހަރު ވަންދެން ވަނީ ހަނގުރާމަކޮށްފައެވެ. އިންޑިޔާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އޭނާ މަރާލެވިފައިވަނީ ބެންގޯލް ޖާރްކަންދް ބޯޑަރާއި 10 ކިލޯމީޓަރު ދުރުގަައި އޮންނަ ހުޅަނގު މިދްނާޕޫރު ޑިސްޓްރިކްޓްގެ ޖަންގަލީގައި ބައިގަޑިއިރަށް ދެމިގެންދިޔަ ކުރިމަތިލުމެއްގައެވެ.

ބެލެވޭ ގޮތުގައި ކިޝަންޖީ އަކީ މާއޮއިސްޓް ޖަމާޢަތުގެ ތިންވަނައަށް އެންމެ އިސް ލީޑަރެވެ. އަދި މިއީ މާއޮއިސްޓު ޖަމާޢަތުގެ އިސް ލީޑަރުންނަށް އަމާޒުކޮށް ދެވެމުންދާ ޙަމަލާތަކުގައި އެންމެ ފަހުން މަރާލެވުނު ލީޑަރެވެ. ތިރީސް އަހަރު ވަންދެން އިންޑިއާގެ އިރުމަތީ ސްޓޭޓްތަކުގެ ސަރުކާރުތަކާ ހަނގުރަމަކުރަމުން ގެންދިޔަ ކިޝަންޖީ މަރުވުމަކީ އެޖަމާޢަތަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްކަމުގައި މަސްރަޙު ދިރާސާކުރައްވާ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގް ސިފަކުރައްވާފައިވާ ގޮތުގައި މާއޮއިސްޓުންނަކީ އިންޑިޔާގެ ސަލާމަތަށް އޮތް އެންމެ ބޮޑު އެއް ނުރަކަލެވެ.

މާއޮއިސްޓުން ބުނާގޮތުގައި އެމީހުން ހަނގުރާމަކުރަމުންދަނީ ކުރިއަރަމުން އަންނަ އިންޑިއާގެ އިޤްތިޞާދުގެ ފައިދާއިން ޤަބީލާތަކުގެ ފަޤީރު ދަނޑުވެރިންނާ މަސައްކަތްތެރީންނަށް އެކަށީގެންވާ މިންވަރަކަށް އިންޑިޔާގެ މަރުކަޒީ ސަރުކާރުން އެހީވަމުންނުދާތީ އެމީހުންގެ ޙައްޤުތައް ހޯދައިދިނުމަށެވެ.

_____________________

މަޞްދަރު: އަލްޖަޒީރާ

ޓެގް

އިންޑިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.