ދިއިސްލާމް އިސްލާމްދީނުގައިވާ އަދަބު ތަންފީޒުކުރުމަކީ އިންސާނީ ޙައްޤަކަށް އަރައިގަތުންކަމަށް ބެލުމުގެ ޙައްޤެއް އެއްވެސް މީހަކަށް ލިބިގެންނުވޭ : ޑީއާރުޕީ

އިސްލާމްދީނުގައިވާ އަދަބު ތަންފީޒުކުރުމަކީ އިންސާނީ ޙައްޤަކަށް އަރައިގަތުންކަމަށް ބެލުމުގެ ޙައްޤެއް އެއްވެސް މީހަކަށް ލިބިގެންނުވޭ : ޑީއާރުޕީ

އިސްލާމްދީނުގައިވާ އަދަބު ތަންފީޒުކުރުމަކީ އިންސާނީ ޙައްޤަކަށް އަރައިގަތުންކަމަށް ބެލުމުގެ ޙައްޤެއް އެއްވެސް މީހަކަށް ލިބިގެންނުވޭ : ޑީއާރުޕީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

ރައްޔިތުންގެ މަޖިލީހުގައި ޕިއްލޭ އިއްޔެ ކުރި ތަޤްރީރު އަޑުއައްސަވަން ތިއްބެވި ބައެއް ބޭފުޅުން - ފޮޓޯ : މަޖިލީސް އިދާރާ

އިސްލާމްދީނުގައި ހައްދު ކަނޑައަޅުއްފައިވާ ޒިނޭކުރުންފަދަ ފާފައަކަށް އަރައިގަންނަ ފަރާތަކަށް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އަދަބު ދިވެހިރާއްޖޭގައި ތަންފީޒުކުރުމަކީ އިންސާނީ ޙައްޤަކަށް އަރައިގަތުންކަމަށް ބެލުމުގެ ޙައްޤެއް ދިވެއްސަކަށްވެސް އަދި ބޭރުގެ ރައްޔިތަކަށްވެސް ލިބިގެންނުވާ ކަމުގައި ޑީއާރުޕީ އިން ބުނެފިއެވެ.

ޒިނޭކުރާ އަންހެނުންގެ ގައިގައި ހައްދު ޖެހުމަކީ އެމީހުންގެ ޝަރަފަށް އުނިކަން ލިބޭކަމެއް ކަމަށާއި ރާއްޖޭގައި ހައްދު ޖެހުމާ ބެހޭ އާންމު ބަހުސެއް ބޭއްވުމަށް އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ހައި ކޮމިޝަނަރު ނަނިތަމް ޕިއްލޭ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބުނުމާ ގުޅިގެން ޑީއާރުޕީން ވަނީ ޕިއްލޭ އެ ހުށަހެޅި ހުށަހެޅުމަށް ސަރުކާރުން އިޖާބަނުދިނުމަށް ގޮވާލާފައެވެ.

"ޒަމާނީ ތަހުޒީބު ހޯދުމާއި ޑިމޮކްރެސީގެ ނަމުގައި އިސްލާމީ ޝަރީޢަތާއި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ ފުށުއަރާ އެއްވެސް ޢަމަލެއް ރާއްޖޭގައި ހިންގުމަށް ޑީއާރުޕީން ތަރުހީބު ނުދޭނެކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ކަށަވަރުކޮށް އަރުވަމެވެ." ޑީއާރުޕީން ބުންޏެވެ.

ޕިއްލޭގެ މި ބާޠިލް ވާހަކަތަކަށް އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ވެސް ވަނީ އިއްޔެ ރައްދު ދެއްވާފައެވެ. ޑރ. މަޖީދު ވިދާޅުވީ ޤުރުއާނުގައި ބަޔާންކޮށްފައިވާ އިސްލާމްދީނުގެ އަސްލުތަކަށް އެއްވެސް ފަރާތަކަށް ބަދަލު ނުގެނެވޭނެ ކަމަށާއި، ބައިނަލްއަގްވާމީ ޖަމާއަތްތަކުން ވެސް އެހެނިހެން ގައުމުތަކުގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގައިވާ ކަންކަމަށް އިހުތިރާމް ކުރަންވާނެ ކަމަށެވެ.

މީގެ އިތުރުން ޢަދާލަތު ޕާޓީ އާއި މަދަނީ ގިނަ ޖަމްޢިއްޔާތައް ހިމެނޭ މަދަނީ އިއްތިހާދުން ވެސް ޕިއްލޭގެ މިވާހަކަތައް ވަރަށް ބޮޑަށް ކުށްވެރިކޮށް މިމައްސަލައިގައި ފިޔަވަޅުއެޅުމަށް ގޮވާލާފައިވެއެވެ.

އަދި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އެ މަޖިލީހުގެ މެމްބަރުން އެއްކޮށްގެން، އިސްލާމް ދީނުގެ ހުކުމްތަކަށް ފުރައްސާރަކޮށް ފާޑުކިޔުމުގެ ފުރުސަތު އެއްވެސް މީހަކަށް ދެވިގެންނުވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުފައެވެ.

ޓެގް

ޑީއާރުޕީ ހައްދު ޖެހުން ރައްޔިތުންގެ މަޖިލީސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.