ދިއިސްލާމް ޒިމްބާބުވޭގެ މުފްތީ އައްޝައިޚް އިސްމާޢީލް މެންކު ރާއްޖޭގައި ދެއްވާ ދަރުސް ޑިސެމްބަރު 19 ގައި

ޒިމްބާބުވޭގެ މުފްތީ އައްޝައިޚް އިސްމާޢީލް މެންކު ރާއްޖޭގައި ދެއްވާ ދަރުސް ޑިސެމްބަރު 19 ގައި

ޒިމްބާބުވޭގެ މުފްތީ އައްޝައިޚް އިސްމާޢީލް މެންކު ރާއްޖޭގައި ދެއްވާ ދަރުސް ޑިސެމްބަރު 19 ގައި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

ޒިމްބާބުވޭގެ މުފްތީ އައްޝައިޚް އިސްމާޢީލް މޫސާ މެންކު

ޒިމްބާބުވޭގެ މުފްތީ އައްޝައިޚް އިސްމާޢީލް މޫސާ މެންކު ރާއްޖޭގައި ދެއްވާ ދަރުސް ޑިސެމްބަރު 19 ވާ ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖައްސައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ދަޢުވަތަކަށް މުފްތީ އިސްމާޢީލް މެންކު ކުރައްވާ މިދަރުފުޅާ ބެހޭ ގޮތުން އެމިނިސްޓްރީގެ އޮފިޝަލަކު "ދިއިސްލާމް" އަށް މަޢުލޫމާތު ދެއްވި ގޮތުގައި، މުފްތީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު 19 ގައެވެ. އަދި މުފްތީ އިސްމާޢީލް މެންކު ދެއްވާ ދަރުސް އޮންނާނީ އެރޭ 20:45 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިދަރުސް އެމްއެންބީސީ ވަން އިން ލައިވްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓްގައި މަޢުލޫމާތު ދީފައިވާ ގޮތުގައި، މުފްތީ އިސްމާޢީލް މެންކު އަކީ ޒިންބާބުވޭގެ ހަރާރޭއަށް އުފަން ބޭފުޅެކެވެ. ބައްޕައަކީ ދީނީ ޢިލްމުވެރިއެކެވެ. ބައްޕަގެ އަރިހުން ޢިލްމު އުނގެނިވަޑައިގެން ތުއްޕުޅުއިރު ޤުރްއާން ޙިފްޡުކުރައްވައި ޢަރަބިބަހާއި އުރުދޫ ބަސް ދަސްކުރައްވާފައިވެއެވެ. އަދި މީގެ އިތުރުން ހަރާރޭގައި ހުންނަ އެކަޑަމިކް ކޮލެޖުން ޘާނަވީ ތަޢުލީމް ޙާޞިލު ކުރެއްވުމަށްފަހު މަދީނާގެ އިސްލާމީ ޔުނިވާރސިޓީއިން  ޝަރީޢާގެ ދާއިރާ އިން ޑިގްރީ ޙާޞިލްކުރައްވާފައި ވެއެވެ.

"މުފްތީ އިސްމާޢީލްއަކީ ވިސްނުންފުޅު ތޫނު ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. ޒިމްބާބުވޭގެ ހަރާރޭގެ ދާރުލް ޢިލްމު ކޮލެޖްގައި މުދައްރިސެއްގެ ވަޒީފާ އަދާކުރެއްވުމާއެކުވެސް ބައިނަލްއަގްވާމީ ދީނީ ކޮންފެރެންސްތަކާއި ސެމިނާތަކުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.  މުފްތީ އިސްމާޢީލްއަކީ ޒިންބާބުވޭގެ މަޖްލިސުލް ޢުލަމާގެ މެންބަރެއްގެ އިތުރުން އިފްތާ ޑިޕާރޓްމަންޓްގެ އެންމެ އިސްވެރިޔާއެވެ. އަދި މީގެ އިތުރުން ހަރާރޭގެ އަރުކާޑިޔާ މިސްކިތުގެ އިމާމުވެސް މެއެވެ. ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ދީނީ ދަރުސްދެއްވުމަށް ދަޢުވަތު ލިބިވަޑައިގަންނަވައެވެ. މީނާއަކީ އިޖްތިމާޢީ މަސައްކަތް ކުރެއްވުމަށް ލޯބި ކުރައްވާ، ކައުންސިލިން ބޭނުންވާ ފަރާތްތަކަށް ކައުންސިލިންގ ދެއްވާ ދީލަތި ބޭފުޅެކެވެ." އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

މުފްތީ އައްޝައިޚް އިސްމާޢީލް މޫސާ މެންކުގެ ފޭސްބުކް ޕޭޖް

މުފްތީ އައްޝައިޚް އިސްމާޢީލް މޫސާ މެންކުގެ ވެބްސައިޓް

ޓެގް

ދަރުސް ވީޑިއޯ އިސްލާމިކް މިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.