ނަޞާރާއިންގެ ފާދިރީއަކު އޭނަ އުޅޭ ޗާޗުން 1.3 މިލިއަން ޑޮލަރު ވަގަށް ނަގައިފިއެވެ.
ރެވް ކެވިން ޖޭ.ގްރޭ ނަމަކަށް ކިޔާ މި މީހާއާ ސުވާލުކުރުން މިއަންނަ އަނގާރަ ދުވަހު ކޯޓުގައި އޮންނާނެކަމަށް ފުލުހުން މިހާރު ވަނީ ހާމަކޮށްފައެވެ. އުމުރުން 64 އަހަރުގެ މި މީހާ އެމެރިކާގެ އަގުބޮޑު ހޮޓަލެއްކަމުގައިވާ ވަލްޑޯފް އެސްޓޯރިއާގައި ހުރުމަށާއި މަޝްހޫރު ބްރޭންޑު ތަކުގެ އަގުބޮޑެތި ހެދުންތަށް ގަތުމަށް ވަނީ މި ފައިސާއިން ޙަރަދުކޮށްފައެވެ. މީގެ އިތުރުންވެސް މީނަގެ ދެ ރަހުމަތްތެރިއެއްގެ ޓިއުޝަން ފީއާއި، އެ ދެމީޙުންގެ ގޭގެ ކުލި ދަށްކައިދީފައިވާކަމަށްވެސް ފުލުހުން ހާމަކުރަށްވައެވެ.
އޭނަގެ ފަށޅިން މިދިޔަ މަހު ފައިނޭންޝިއަލް ރެވިއުއެއް ހެދުމަށްފހު ރެވް ކެވިން މިލިއަނަކަށްވުރެއް ގިނަ ފައިސާ ނަގައިފާ ވާކަމަށް ޝައްކުކުރެވިގެން ފުލުހުންނަށް ވަނީ އަނގައިފައެވެ. އެ ފައިސާއަކީ ފައްޅިން ރައްކައުކޮށްފައިވާ ފައިސާ އާއި އިންޝުއަރެންސް ޕްރެމިއަމް ގޮތުގައި ދައްކަން ބަހަށްޓާފއިހުރި ފައިސާކަމަށް ފައްޅީގެ އޮފިޝަލުން ހާމަކުރެއެވެ.
މިހާރަކަށްއައިސް ނަޞާރާއިންގެ އިސް ފާދިރީން މިފަދަ އަމަލުތަށް ކުރުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެގޮތުން މިދޭތެރެޔަކުން ވަނީ ފާދިރީއަކު ކުޑަކުދިންނާ ބެހުމުގެ މައްސަލައެއްވެސް ފެންމަތިވެފައެވެ. އަދި 2009 ވަނަ އަހަރުގެ ސެޕްޓެމްބާ މަހުގެ ނުވަވަނަ ދުވަހު ބޮލީވިއާގެ ފާދިރީއަކު ވަނީ އެއިރޯ މެކްސިކޯގެ މަތިންދާބޯޓެއް ހައިޖެކް ކުރަން އުޅެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...