ތޫނިސްގެ އިސް އޮފިޝަލަކު ހާމަކޮށްފައިވާ ގޮތުގައި މިފަހަރު ބޮޑުވަޒީރުކަން ލިބޭނީ އެޤައުމުގެ އިސްލާމިކް ޕާރޓީ އައްނަހްޟާގެ އަލްޙަމާދީ އަލްޖިބާލީ އަށް ކަމަށާއި މިގޮތަށް ނިއްމައިފައިވަނީ ހުރިހާ ޕާރޓީ ތަކުގެ މަޝްވަރާގެ މަތިންކަމަށެވެ.
އެންމެ ވަރުގަދަ 3 ސިޔާސީ ޕާރޓީން މިގޮތަށް ނިންމިކަމުގައި ވިޔަސް މިނިންމުން ތަންފީޒު ކުރާނީ އާންމު މެންބަރުންގެ ކޮމިޓީއިން އަންނަ އަންގާރަ ދުވަހުގެ ބައްދަލުވުމަށް ފަހުގައިކަމަށް ރިޕޯޓްތަކުން ބުނެއެވެ. ކޮންގަރެސް ޕާރޓީގެ އަބަދުލް ވައްހާބް މަޓަރ ވިދާޅުވިގޮތުގައި ކޮންގަރެސްގެ މޮނާސެފް މަރުޒުކޮއި ރައީސްކަމަށް ހޮވުމަށްޓަކައި ދެކެވުނު ވާހަކައިން ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ. މޮނާސެފް އަކީ ވަރަށް ގިނަ ދުވަހު އަސްކަރިޔާ އަދި ސިޔާސީ މައިދާނުގައި ޙިދްމަތް ކޮށްފައިވާ ބޭފުޅެކެވެ.
މިއަހަރުގެ އޮކްޓޯބަރު މަހު އިސްލާމިކް އައްނަހްޟާ ޕާރޓީން ވަނީ މަޖްލީހުން 217 ގޮނޑިތަކުގެ ތެރެއިން 89 ގޮނޑި ކާމިޔާބު ކޮށްފައެވެ. އެއީ މިދިޔަ ޖެނުއަރީ މަހު ބެން އަލީ މަޤާމުން އިސްތިއުފާ ދިންފަހުންނެވެ. އަދި ސިޔާސީ ޕާރޓީ އައްޓަކަޓޮލްއަށް ލިބުނީ 21 ގޮނޑިއެވެ.
ކުރީގެ ޓިއުނިޝިޔާގެ ބޮޑުވަޒީރު ބިން ޢަލީ ވަނީ ބޭއިންސާފީ ކަންކަން ގިނެވެ ރައްޔިތުންގެ ޢިތުބާރު ގެއްލިގެން މުޒާހަރާކުރުމުން އެމަޤާމުން އިސްތިޢުފާ ދީފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...