އަރަބިދުނިޔެ

ލިބިޔާގެ އެހީގެ ބޯޓެއް އަނެއްކާވެސް ގައްޒާއަށް...

ލިޔުނީ: ހުސެއިން ސާލިމް

ގައްޒާއަށް އެހީ ހިފައިގެން ދާ ބޯޓެއް އިއްޔެ ގްރީސުން ފުރުވާލައިފިއެވެ.

2000 ޓަނުގެ އިންސާނީ އެހީއާ އެކު ފޮނުވާލި މިބޯޓަކީ، 'ގައްދާފީ އިންޓަ ނޭޝަނަލް ޗެރިޓީ އެންޑް ޑިވެލޮޕްމަންޓު ފައުންޑޭޝަން'ގެ ފަރާތުން ސްޕޮންސާ ކޮށްފައިވާ ބޯޓެކެވެ. މި ބޯޓު މިސްރުގެ އަލް އަރިޝް ބަނދަރަށް، ބަނދަރުކުރުމަށް އިޒްރޭލުން އަންގައިފައިވީ ނަމަވެސް މި ހަރަކާތުގެ އިސްވެރިން ހާމަކުރަށްވަނީ، އެމީހުން އެބޯޓު މިސްރަށް ބަނދަރުކުރުމުގެ އެއްވެސް ޚިޔާލެއް ނުގެންގުޅޭ ކަމަށެވެ. އަދި އެމީހުންގެ ޕްލޭނަކީ ސީދާ ގައްޒާގައި ބަނދަރުކުރުންކަމަށެވެ.

ކަން މިހެން އޮތްކަމުގައި ވިޔަސް "އިޒްރޭލުން އެ ބޯޓު ގައްޒާއަށް ވަނަ ނުދޭނަން" ކަމަށް އިޒްރޭލުގެ ކެބިނެޓު މިނިސްޓަރެއް ކަމުގައިވާ ޔޮސިޕް ޕެލޭޑް އާދިއްތަ ދުވަހު ވިދާޅުވެފައިވާކަމަށް އަލްޖަޒީރާ ޚަބަރުދެއެވެ. އިޒްރޭލުން ހާމަ ކުރާ ގޮތުގައި މި ބޯޓު މިސްރުގައި ބަނދަރު ކުރެވޭނެ ގޮތް ހަދައިދިނުމަށް އެދި، މިސްރުގެ އިންޓެލިޖެންސްގެ ޗީފް، އޮމަރު ސުލައިމާނާ ވަނީ ވާހަކަ ދެކެވިފައެވެ. ނަމަވެސް މިސްރުން ވާހަކަ ދެއްކި މީހަކު ހާމަކުރާ ގޮތުގައި މި ބޯޓުގެ ފަރާތުން އަދި މިހާތަނަށް މިސްރުގައި ބަނދަރު ކުރުމަށް އެދިފައެއް ނުވެއެވެ. އަދި ބޯޓު ދަތުރުކުރަމުން ދަނީ ސީދާ ގައްޒާއަށްކަމަށް މިސްރުންވެސް ވަނީ ހާމަކޮށްފައެވެ.

މި ބޯޓު ޗާޓަރުކޮށްފައި ވަނީ ލީބިޔާގެ މިހާރުގެ ރައީސް މުއައްމަރު ގައްދާފީގެ ދަރިކަލުންނެވެ. އަދި މި ބޯޓުގައި މަދުވެގެން އާންމުންގެ 9 މީހުން ދަތުރުކުރަމުން ދާކަމަށާއި، އެއީ ލީބިޔާގެ ހަ މީހުންގެ އިތުރުން މޮރޮކޯ، ނައިޖީރިއާ އަދި އަލްޖީރިއާ، މިއިން ކޮންމެ ގައުމަކުން މީހަކު ކަމަށް އަލްފާ ޝިޕިންގެ ފަރާތުން ހާމަކުރަށްވައެވެ.

މިހާރުވެސް އިމާރަތް ކުރުމަށް ބޭނުންކުރާ ތަފާތު ސަމާނުގެ އިތުރުން ވަރަށްގިނަ އެހެނިހެން ތަކެތިވެސް ގައްޒާއަށް ވެއްދުން ވަނީ އިޒްރޭލުން މަނާކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *