ދިއިސްލާމް ނޮވެމްބަރ 18، ހުކުރު ދުވަހުގެ ރޭގެ އިސްލާމިކް މިނިސްޓްރީގެ ދަރުސް ތާވަލް

ނޮވެމްބަރ 18، ހުކުރު ދުވަހުގެ ރޭގެ އިސްލާމިކް މިނިސްޓްރީގެ ދަރުސް ތާވަލް

ނޮވެމްބަރ 18، ހުކުރު ދުވަހުގެ ރޭގެ އިސްލާމިކް މިނިސްޓްރީގެ ދަރުސް ތާވަލް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭގެ މިސްކިތެއްގައި ބޭއްވި ދަރުސެއްގެ ތެރެއިން - ދިއިސްލާމް ފޮޓޯ / މުޙައްމަދު ވަސީމް

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، އިސްލާމިކް މިނިސްޓްރީ އިން އިންތިޒާމްކޮށްގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުންގެ ދަށުން، ކޮންމެ ހުކުރު ދުވަހެއްގެ ރޭ އިޝާ ނަމާދަށްފަހު މާލެ ސިޓީގެ މިސްކިތްތަކުގައި ބާއްވަމުން ގެންދާ ދަރުސްތަކުގެ ތެރެއިން ނޮވެމްބަރ 18 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސްތަކުގެ ތާވަލް ޢާއްމުކޮށްފިއެވެ.

މިގޮތުން ދަރުސް ތާވަލް ހަމަޖެހިފައިވާ ގޮތް ތިރީގައި މިވަނީއެވެ.

1- އިސްލާމީ މަރުކަޒް - އަލްއުސްތާޛް އަޙްމަދު މައުމޫން (މައުޟޫއު: އަޅުކަމަކީ މީހާގެ އުޅުން އިސްލާޙްކޮށްދޭ ކަމެއް)

2- މަސްޖިދު ނޫރު - އަލްއުސްތާޛް ސަޢުދުﷲ އިބްރާހީމް (މައުޟޫއު: ޙަލާލު ގޮތުގައި ރިޒުޤު ހޯދުން)

3- މަސްޖިދު ފުރުޤާން - އައްޝައިޚް ނަޞްރުﷲ މުސްތަފާ (މައުޟޫއު: މާތްﷲ ގެ ޙައްޤުތަކަށް ރައްކާތެރިވުން)

4- މަސްޖިދު ޞަލާހުއްދީން - އައްޝައިޚް މުޙައްމަދު ފާރޫޤް (މައުޟޫއު: އަޅުކަމަކީ މީހާގެ އުޅުން އިސްލާޙްކޮށްދޭ ކަމެއް)

5- މަސްޖިދު ޖަލާލުއްދީން – އައްޝައިޙް މުހައްމަދު ޠައްޔިބް (މައުޟޫއު: ކިބުރުވެރިކަމުގެ ނުބައިކަން)

މިދަރުސްތަކަށް ވީހާވެސް ގިނަ ބޭފުޅުން ޙާޟިރުވުމަށް އިސްލާމިކް މިނިސްޓްރީން އެދިލައްވައެވެ.

ޓެގް

ދަރުސް ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.