އިޓާލީގެ ރައީސް ނަޕޯލިޓަނޯ މިދިޔަ އާދިއްތަ ދުވަހު އިޓަލީގެ އާ ބޮޑު ވަޒީރުކަމަށް މާރިއޯ މޮންޓީ ހަމަޖައްސާއިފިއެވެ. މޮންޓީ ބޮޑު ވަޒީރުކަމަށް ހަމަޖެއްސީ ކުރީ ބޮޑުވަޒީރު ސިލްވިއޯ ބަލުކޮސްކޮނި އިސްތިޢުފާ ދިނުމާއި ގުޅިގެންނެވެ.
މޮންޓީ އަކީ ވަރަށް ގިނަ ބަޔެއްގެ ޤަދަރު ލިބިގެންވާ އެކޮނޮމިސްޓެކެވެ. ބޮޑުވަޒީރުކަމަށް ހޮވުމުގެ އެންމެ ބޮޑު ސިއްރަކީ އޭނާއަކި ތަފާތު ކަންކަމުގައި އަދި މަޝްވަރާތަކުގައި ވަރަށް ގިނައިން ރައީސް ނަޕޯލިޓަނޯ އާއި ސިޔާސީ ޕާރޓީތަކުގެ ވެރިންނާއި އަދި ކުރީގެ ރައީސް އާއި ވެސް ބައްދަލު ކުރަށްވާ ބޭފުޅެކެވެ. މޮންޓީ ވަނީ ޔުރަޕިޔަން ޔޫނިއަންއަށް އިޓާލީ ދަރާފައިވާ ބޮޑު ދަރަނިން އަރައިގަތުމުގައި މަސައްކަތް ކުރަށްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ދުނިޔާގެ ބާޒާރުގައި އިތުބާރު ހޯދުމާއި 10 އަހަރުވީ ގުޅުން ވަނީ %7 ވެއްޓި ރަތް ރޮގުގައިކަމުގައެވެ. ނަމަވެސް މިކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައެވެ.
ބޮޑުވަޒީރު ކަމަށް ހޮވިވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާއި ބައްދަލު ކުރައްވާ މޮންޓީ ވިދާޅުވީ "އިޓަލީއަށް ދިމާވެފައި ވާ ހުރިހާ ދަތިކަމެއްގެ ޒިންމާ އަހަރެން ނަގައިފިން އަދި ހުރިހާ ކަމެއް ފުރިހަމަ ކުރާނަން، މިއީ އިޓަލީއަށް ދިމާވި ދަތި ދުވަސް ތަކެއް އަދި މިކަމުން ހުރިހާ ރައްޔިތުން ވެސް އަރައިގަތުމަށް މަސައްކަތް ކުރަން ވާނެ". އަދި އިތުރަށް ވިދާޅުވީ މިކަމުން އަރައިގަތުމަށް މަސައްކަތް ކުރަން ޖެހޭ އެންމެ ބޯޑު އެއްސަބަބަކީ "އިޓަލީގެ އަންނަން އޮތް ޖީލްގެ ޤަދަރާއި އެމީހުންގެ އުންމީދުކަމުގައި ވާތީ"އެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ކުރީގެ ބޮޑުވަޒީރު ބާލުކޮސްކޮނި ވަނީ އިޓަލީގެ މަޖިލީހުން މެޖޯރިޓީ ތާއީދު ގެއްލި ދަށައް ވެއްޓިފައެވެ. އަދި އިޓަލީގެ އިޤްތިސާދަށް އައި ތަދު މަޑުކަމާއި ގުޅިގެން ވަނީ އިސްތިޢުފާ ދެއްވާނެ ކަމުގައި ވެސް ވިދާޅުވެފައެވެ. އިސްތިޢުފާ ސިޓީ ހުށައެޅީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
މޮންޓީ (68އ) ވަނީ 1995- 2004 އަށް ޔޫރަޕިއަން ކޮމިޝަންގެ މެމްބަރުކަން ކުރައްވާފައެވެ. އަދި ވަރަށް ގިނަ ބައެއްގެ ލޯތްބާއި ޤަދަރު ހޯދާފައެވެ. މިހާރު މޮންޓީ ދަނީ އާ ކެބިނެޓް މިނިސްޓަރުން އެކުލަވާލަމުންނެވެ. އޭގެ ފަހުން ޕާލިމަންޓުގެ ރުހުން ހޯދުމަށް މަސައްކަތް ކުރައްވާނެކަމުގައި މީޑިޔާތަކުން ހާމަކުރެއެވެ.
އިޓަލީގެ ގިނަ ބަޔަކު ޤަބޫލް ކުރާ ގޮތުގައި މޮންޓީއަކީ މިހާރު އިޓަލީއަށް ދިމާވެފައިވާ މައްސަލަތަށް ޙައްލު ކޮށްދެވޭނެ އެކަކެވެ. ދެން އިޓަލީގެ އިންތިހާބް އޮންނާނީ 2013 ވަނަ އަހަރުގައެވެ. މޮންޓީ ރައީސް ކަމަށް ކުރިމަތިލައިފި ނަމަ ރަނގަޅު ނަތީޖާއެއް ހޯދާނެ ކަމަށް ސިޔާސީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ޤަބޫލްކުރެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...