ދިއިސްލާމް ސީރިޔާގެ ހަމަނުޖެހުންތަކާ ގުޅިގެން އަރަބި ލީގުން އެގައުމު ސަސްޕެންޑް ކޮށްފި

ސީރިޔާގެ ހަމަނުޖެހުންތަކާ ގުޅިގެން އަރަބި ލީގުން އެގައުމު ސަސްޕެންޑް ކޮށްފި

ސީރިޔާގެ ހަމަނުޖެހުންތަކާ ގުޅިގެން އަރަބި ލީގުން އެގައުމު ސަސްޕެންޑް ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

މިއަހަރު މާރޗްމަހުން ފެށިގެން ސީރިޔާގައި ކުރިއަށްދާ ހަމަނުޖެހުންތައް ހުއްޓުމަކަށް ނައުމުގެ ސަބަބުން އެޤައުމު އަރަބި ލީގުން ސަސްޕެންޑް ކޮށްފިއެވެ. މިކަން ފާސްކޮށްފައިވަނީ މިސްރުގައި ހުންނަ އަރަބި ލީގުގެ މައިމަރުކަޒުގައި އިއްޔެ ކުއްލިގޮތަކަށް ބޭއްވި ބައްދަލުވުމެއްގައެވެ.

ގަތަރުގެ ބޮޑުވަޒީރު ހަމަދުބުން ޖާސިމް އިއްވި ބަޔާނުގައި ބުނެފައިވަނީ މިނިންމުމަކީ ސީރިޔާގެ ސަރުކާރުން އެގައުމުގައި ހިގަމުންދާ ހަމަނުޖެހުންތައް ހައްލުކުރުމަށް މީގެ ކުރިން އަރަބި ލީގާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށްފައި ނުވުމުން އެއެއްބަސްވުމާ އެއްގޮތައް ސަރުކާރުން ކަންކަން ތަންފީޛްކުރަންދެން ނިންމައިފައިވާ ނިންމުމެއްކަމުގައެވެ. މިނިންމުމުގައި ސީރިޔާގެ ހަރަކާތްތައް އަރަބި ލީގުން ބޭރުކުރުމަށާއި އިޤްތިސާދީ ގޮތުންނާއި ސިޔާސީގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އެގައުމާ ދެކޮޅަށް އެޅުމަށް ނިންމައިފައިވެއެވެ. އަދި ސީރިޔާގައި ތިބި އަރަބި ގައުމުތަކުގެ ސަފީރުން ސީރިޔާގައި ނުބައިތިއްބައި ގައުމަށް ގެންދިޔުމަށްވެސް މިބައްދަލުވުމުގައި ގޮވާލައިފައިވެއެވެ. އަރަބި ލީގުގެ މިނިންމުންތަކަށް އަމަލުކުރަން ފަށާނީ މިމަހު 16 ވަނަ ދުވަހު އަރަބި ލީގުން އަދި ވަޒީރުންގެ ބައްދަލުވުމެއް ބޭއްވުމަށްފަހުގައެވެ.

ސީރިޔާގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށް އަނިޔާވެރިވަމުންދާކަމަށް ބުނެ މީގެ ކުރިންވެސް އަރަބި ލީގުން ވަނީ މައްސަލަ ހައްލުކުރުމަށް އަރަބި ލީގުގެ ޙާރިޖީ ވަޒީރުންގެ މެދުގައި ބައްދަލުވުންތަކެއް ބާއްވައިފައެވެ. ސީރިޔާގައި ހިގަމުންދާ ހަމަނުޖެހުންތަކާ ދެކޮޅަށް ސަރުކާރުން ބާރުގެ ބޭނުންކުރުން ހުއްޓައިލުމަށް އަރަބި ލީގުގެ އިތުރުން އ.ދ އިން ވެސްވަނީ މީގެކުރިން ގޮވައިލައިފައެވެ. އ.ދ ގެ ހިސާބުތަކުން ދައްކާގޮތުގައި 3000 ހަށްވުރެ ގިނަމީހުން މިހާތަނަށް ހަމނުޖެހުންތަކުގައި މަރުވެ އެތައްބަޔަކު ގެއްލިފައިވެއެވެ.

ޓެގް

ސީރިޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.