ދިއިސްލާމް ހިލަވެލި ބަރުކޮށްގެން ދަތުރު ކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެ

ހިލަވެލި ބަރުކޮށްގެން ދަތުރު ކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެ

ހިލަވެލި ބަރުކޮށްގެން ދަތުރު ކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ދޯނިން ދަތުރުކުރި މީހުން ވައިކަރަދޫ ބަނަދރަށް އެމްއެންޑީއެފުން ގެނެސްފައި - ފޮޓޯ - : ވައިކަރަދޫ ލައިވް

ކުޅުދުއްފުށިން ހިލަވެލި ބަރުކޮށްގެން މަކުނުދޫއަށް  ދަތުރު ކުރަމުން ދިޔަ  ދޯންޏެއް މިއަދު 15:00 ހާއިރު ވައިކަރަދުއާއި ވައިކަރަމުރާދޫ އާ ދެމެދު ކަނޑަށް  އަޑިއަށް ހިނގައްޖެއެވެ.

 

މި ދޯންޏަކީ ވަރަށް ފަހުން މަރާމާތު ކޮށްގެން ދަތުރު ފަށާފައިވާ ދޯންޏެއް ކަމަށާއި ހދ. ނޭކުރަންދޫގައި ކުރިނ ދަތުރު ކުރަމުން ދިޔަ  "އަނީޒާ" ނަމަކަށް ކިޔާ މި ދޯނި އަޑިއަށް ދިޔަ އިރު ދޯނީގައި ތިން މީހަކު ތިބިކަމަށް މައުލޫމާތު ލިބެއެވެ. ހިލަތަކާއި އެއްކޮން ދޯނި އަޑިއަށް  ގޮސްފައިވަނީ  ދޯނި ވަތުގައި ޖަހާފައިވާ ސިމެންތި ގަނޑު ނެއްޓުމުގެ ސަބަބުން ކަމަށް މައުލޫމާތު ބެއެވެ.  އަޑިއަށް ދިޔަ  ވަގުތު  ދޯނިގައި ތިބި ތިން ދިވެހިން ވަނީ ވައިކަރަދޫ މީހުންގެ އެހީތެރި ކަމާއި އަދި އެމްއެން ޑީއެފްގެ އެހީތެރި ކަމާއި އެކު  ސަލާމަތް ކޮށްފައެވެ.

ދޯނިގައި ތިބި ތިން މީހުންގެ ހާލު ރަނގަޅު ކަމަށް ސަލާމަތް ކުރުމަށް ދިޔަ ޓީމުގައި ހިމެނޭ ވައިކަރަދޫ ކައުންސިލަރ އާދަމް ޝާހިދު ވިދާޅުވިއެވެ. މައުލޫމާތު ލިބޭ ގޮތުގައި އެދޯނިގައި ތިބީ ވައިކަރަދޫގެ ތިން ޒުވާނެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.