އެމެރިކާދިއިސްލާމް

ވޯލް ސްޓްރީޓް މުޒާހަރާ ވަރުގަދަވުމާއެކު ހައްޔަރުކުރުންތައްވެސް އިތުރުވެއްޖެ

މުޒާހަރާގައި މީހަކު ހައްޔަރު ކުރަނީ

މުޒާހަރާގައި މީހަކު ހައްޔަރު ކުރަނީ

އޮކިއުޕައި ވޯލް ސްޓްރީޓް މުޒާހަރާ އިތުރަށް ވަރުގަދަވެ އެހެން ހިސާބުތަކަށް ފެތުރިއްޖެއެވެ. އެމެރިކާގެ މުއްސަނދި މަހުޖަނުންނާއި ދެކޮޅަށް ކުރިއަށްގެންދާ މި މިޒާހަރާގެ ބައިވެރިއަކު ވަނީ ނިއުޔޯކް ސިޓީއިން ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އެވަގުތު މުޒާހަރާގައި ބައިވެރިނުވެ މަގުމަތީގައި ކުޅިބަލަންތިބި މީހުންވެސް މުޒާހަރާގައި ބައިވެރިވުމަށް ގޮވަމުންދަނިކޮށެވެ. މަންޒަރުދުށް ފަރާތްތަކުން ހާމަކުރާގޮތުގައި ފުލުހުންގެ ފައުޖެއް އޭނާ ވަށާލުމަށްފަހު އޭނާ ގެންދިޔައީއެވެ. އަދި މުޒާހަރާގައި ދެންތިބި ދަރާތްތަކުން ވަގުތުން އެކަމާ ދެކޮޅު ހަދައި އޭނާ ދޫކޮށްލުމަށް އެދި އަޑުއުފުލާފައިވެއެވެ.

އެމެރިކާގެ ވެރިކަންކުރާރަށް ވޮޝިންޓަން ޑީސީގައި މުޒާހަރާކުރާމީހުންވަނީ ޤައުމުގެ އެންމެ މުއްސަނދި ފަރާތްތަކަށް ހަޖޫޖަހާ ފާޑުކިޔާފައެވެ.

މުޒާހަރާކުރާ ފަރާތްތަކުންވަނީ ނިއުޔޯކުން ފެށިގެން ވޮޝިންޓަން އާއި ދެމެދު ބާއްވާ ހިނގާލުން މިދިޔަ ބުދަ ދުވަހު ފަށާފައެވެ. މި ހިނގާލުން ދެ ހަފްތާ ވަންދެން ކުރިއަށް ދާނެއެވެ. ކޮންމެ ދުވަހަކުވެސް 20 ކިލޯމީޓަރަށް ކުރިއަށްގެންދާ މިހަނގާލުމުގައި 11 ސިޓީއަކަށް މަޑުކުރާނެއެވެ. އަދި 23 ނޮވެމްބަރ ވާ ދުވަހު ވައިޓްހައުސް ކުރިމަތީ މުޒާހަރާކުރާނެއެވެ.

އޮކިއުޕައި ވޯލް ސްޓްރީޓް ވެބްސައިޓުން ހާމަކުރާގޮތުގައި ކޮންމެ ދުވަހަކުވެސް ހެނދުނު 9 ން ހަވީރު 5 އަށް ހިނގާލުން ކުރިއަށް ދާނެއެވެ. އެއަށްފަހު ރޭގަނޑު 7 ޖަހާއިރު މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ.

މުޒާހަރާގެ ބައިވެރިން ވޮޝިންޓަން އާއި ހަމައަށްދާއިރު އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް ކޮންގްރެސްގެ ކޮމިޓީއަކުން އެޤައުމުގެ ދަރަނި ކުޑަކުރުމާއިބެހޭ މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ. މި ކޮމިޓީއިން އެޤައުމުގެ މުއްސަނދިންގެ އަތުން އިތުރަށް ޓެކްސް ނެގުމަށް ނުވަތަ ޓެކްސް ކުޑަކުރުމަށް މަޝްވަރާތައް ކުރާނެއެވެ.

މުޒާހަރާގެ ބައިވެރިން ހާމަކުރާގޮތުގައި ވޮޝިންޓަންއަށް ދިއުމުގެ އެންމެ ބޮޑު ބޭނުމަކީ އެޤައުމުގެ މުއްސަނދިންގެ އަތުން އިތުރަށް ޓެކްސް ނެގުމަށް ބާރު އެޅުމެވެ.

އޮކިއުޕައި ވޯލް ސްޓްރީޓް މުޒާހަރާ އަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ މެދުތެރޭ ފެށުނު މުޒާހަރާއެކެވެ. އެހެން ޤައުމުތަކުންވެސް މިމުޒާހަރާ ކުރިއަށް ގެންދާއިރު، މައިގަނޑުގޮތެއް އަޑުއުފުލަމުންދަނީ ފަޤީރުކަމާއި، ވަޒީފާ ނެތުމާއި، ހަނަގުރާމަ އަދި ވިޔަފާރީގެ މައްސަލަތަކަށެވެ.

މަޞްދަރު: ޕްރެސްޓީވީ

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *