ވާހަކަ

މުސްލިމުންގެ ވާހަކަ ތައް...

 

އަޅުގަނޑު އެއްދުވަހަކު (ހަނދާން ވާ ގޮތުން މީގެ 6 އެއްކަ މަސް ކުރީން) ގްރޭޑް *** ގެ ހިސާބު ކުލާހެއް ނަގައިދެމުން ދިޔަގަޑީގައި "ސީކުއެންސް އެންޑް ސީރީސް" ފިލާބަޅު ނަގައި ދެމުން ޕްރައިމް ނަންބާރސް ގެ ވާހަކަ އެއް ކިޔައި ދިނީމެވެ. ކުޑަ ކުޑަ ހިސާބަށް މޮޅު ކުއްޖެއްގެ ވާހަކައެވެ. އުމުރުން އެހާ ޅަ އިރުގައިމެ ކުލާސް ތެރެއިން ބާކީވެގެންވާ ގޮތެއްގައި އެއްކަނެއްގައި ކަހަލަ ގޮތަކަށް ކިޔެވުމުގެ ދުވަސް ތައް ހޭދަ ކުރަމުން އައި ކުއްޖެކެވެ. (((ދަންނަވާލަން ޖެހޭ ހަޤީޤަތަކީ މިފަދައިން އެކަނި ވެރި ކޮށް މީހުން، ކަމެއް ނެތި، އެމީހެއްގެ ކުށެއް ނެތި، މަލާމަތް ކޮށް ހަދާ އެކަނި ވެރި ކޮށްލާ ކުދީން ނަކީ ނިކަން ކިޔަވަން މޮޅު ކުދީން ނަށް ވާ ކަމެވެ))).

މި ބުނާ ފިރިހެން ކުއްޖާ އަކީ ކާކު ކަން ތިޔައިގެ ތެރެއިން ވެސް ބައެއް ބެއި ފުޅުންނަށް އެނގިލައްވަ ފާނެއެވެ. އެއީ ހިސާބު ޢިލްމީ ދުނިޔޭގައި އެމީހެއްގެ ނަން ފަނޑު ނުވާނޭ ފަދަ މީހެކެވެ. ފްރެޑްރިކް ބަރނާޑް ރެއިމާން ގެ ވާހަކައެވެ. މިހެން މި ބުނާން ޖެހުނީ ވާހަކަ އެއް ކިޔައި ދިން ވާހަކަ ބުނާ ކަށެއް ނޫނެވެ. މުހިއްމު ތަންކޮޅު އައީ އަޅުގަނޑަށް މިހެން ބުނެވުނީމަ އެވެ. އެ ކުއްޖާގެ ގައިގައި ވާ އާދަޔާ ޚިލާފް ތަފާތު ހުނަރުވެރި ހިސާބަށް މޮޅު ކުއްޖެއް ކަން އިނގުމުން އޭނާގެ ޓީޗަރ އޭނާ އަށް އެއްދުވަހަކު ޓީޗަރުގެ ލައިބްރަރީ އިން މޮޅު ފޮތެއް ނަގާފައި ދިނެވެ. ބުނެވޭ ގޮތުގައި 859 ސަފްޙާގެ އެ ފޮތް 6 ދުވަސް ފަހުން ޓީޗަރ ގެ އަތަށް ރައްދު ކުރަމުން އެ ކުއްޖާ ބުންޏެވެ. "މިއީ ވަރަށް މޮޅު ފޮތެކެވެ. މިހާރު އަޅުގަނޑަށް މިފޮތުގެ ކޮންމެ (ލެސަނެއްގެ ކޮންސެޕްޓެއް ވަކި ވަކީން) ހިތުން އިނގެއެވެ."

މި ހިސާބަށް ދިޔުމުން އަޅުގަނޑުގެ ދަރިވަރުން ތައް އަނގަމެޅުނެވެ. ހައިރާން ވީ އެހާ ބޮޑު ފޮތެއް ގެ ކޮންސެޕްޓް އެކީ ހިތުން ދަސްވީލެއް އަވަސް ވީމައެވެ. އަޅުގަނޑު އަހައިލީމެވެ. މިކަހަލަ ވާހަކައެއް ތި އަޑު އެހީ އަދި އަލަށް ހެއްޔެވެ؟ އެ ކުދީން އާދޭހޭ ޖަވާބުގައި ބުންޏެވެ. ކުދީންނަށް އިސްލާމީ ތަރުބިއްޔަތު ދޭ މީހުންގެ ވާޖިބު އަދާ ކުރާވަރު މި ފެންނަނީ އެވެ. (ފޮޓޯ ޝޫޓް މެމޮރީ) އޭ މިކިޔާ އަވަހަށް ހިތައް ނަގައި ގަންނަ ބާރު ހުރި މީހުންނަކީ އުޅުން އަދި އުޅޭ ބައެކެވެ. ނަމަވެސް ޚާއްސަ ގޮތެއްގައި އަޅުގަނޑަށް ލިބިފައިވާ ޢިލްމެއްގެ މައްޗަށް ބުރަ ވާނަމަ އެބައ ގިނައީ މުސްލިމުން ގެ ތެރޭގައެވެ. ރެއިމާން ދޮގެއް ނޫނެވެ. ނަމަވެސް ރެއިމާން އަށް އެފޮތުގެ ކޮންމެ ސަފްޙާއެއްގައި ވާ ކޮންމެ އަކުރެއް ފިއްޔެއް ނުއިނގިދާނެއެވެ. އެޔަކުން އޭނާ ދެރަވީ އެއްވެސް ނޫނެވެ. އެހެނީ އެހާވަރު ކޮންމެހެން އިނގޭ ކަށެއްވެސް ބޭނުމެއް ނޫނެވެ. ނަމވެސް ދަންނަވާލަމެވެ. އިސްލާމީ އުއްމަތުގައި ޢިލްމުވެރީން ނާއި ވޭތުވެ ދިޔަ ބައެއް ހެޔޮލަފާ މީސްމީހުން ނަކީ މިޔަށް ވުރެން ވެސް އަދި ހިތު ދަސްކުރުމުގެ ބާރު ގަދަ ބައެކެވެ.

މިސާލަކަށް އިމާމް ބުޚާރީ ނަގަމެވެ. އެކަލޭގެފާނުން އެއްޗެއް ހިތުން ދަސްކުރާން އެއްފަހަރު ކިޔާލުން ފުދެއެވެ. އެއީ އަދި "މުސްލިމުންގެ ޙާއްސަ ހިތު ދަސްކުރުމުންނެވެ" (މާނައީ އަކުރާއި ފިއްޔަށް ދާންދެން ބަދަލެއް ނެތި ދަސްކުރުމެވެ). އިމާމް ޝާފިޢީ ގެފާނުން ނެވެ. އެކަލޭގެފާނުން އެއްޗެއް ކިޔަވާނަމަ އިންނަނީ ވެސް އެ ކިޔަވާ އެއްޗެއް ފިޔަވާ އެހެން ބައިތަކުގައި އަތްޕުޅު އަޅުއްވައި ފޮރުއްވައިގެން ނެވެ. ހިތުދަސްކުރުމުގެ ބާރުގައި ހައިރާން ވާފަދަ ބެއި ކަލެކެވެ. އިމާމް އަޙްމަދެވެ. އިމާމުން ތަކުގެ ތެރޭގައި މިފަދަ ބެއި ބެއި ކަލުންތައް ނިކަން ގިނައެވެ. އަދި އެނޫން ވެސް މީހުންގެ ތެރޭގައި ވެސް މެއެވެ. އެއިގެ ތެރެއިން އެއް ވާހަކަ އޅުގަނޑުގެ ވާހަކަ ތަކުގެ ކުރީގައިވެސް ކިޔައިދިން ވާހަކަ އެއްގައި ވާނެއެވެ.

ދެން އުފެދޭ ސުވާލަކީ އެހާ މޮޅެތި ބެއިކަލުން ތައް އުފެދިގެން އިސްލާމީ އުންމަތަށް ވީ ކޮން ފައިދާ އެއް ހެއްޔެވެ؟ ކާފަރުން އެއްޗެއް އަލަށް އީޖާދު ކޮށްފިއްޔާމު އެ އެއްޗެއް ގެ ވާހަކަ ޤުރުއާނުން ހޯދާ ވާހަކައެވެ. އެވެސް އެ ކާފަރުން ނުހޯދަނީސް އަމިއްލަޔަށް ނުހޯދީ ކީތްވެގެން ހެއްޔެވެ؟ މިފަދަ ވަހުތާނު ތަކެވެ.

ފުރަތަމަ ސުވާލުގެ ޖަވާބު ދަންނަވާލަމެވެ. އިސްލާމީ އުންމަތުގެ ބޮޑެތި ޢިލްމުވެރީންތައް އުޅުއްވީ ދީނަށްޓަކައެވެ. ފަނާވެ ދަނިވި މި ދުނިޔެއަށްޓަކައަކުން ނޫނެވެ.

ބާކީ އޮތްބައިގެ ޖަބާވުގައި ދަންނަވާލަމެވެ. އައްބާސީ ޚިލާފަތުގެ ދުވަސް ވަރު ދިމިޝްޤު ވެގެން ދިޔައީ ދުނިޔެ ކުރި އެރުއްވުމަށް ﷲ ހުޅުއްވައި ލެއްވި ދޮރެއްކަމުގައެވެ. އެއިގެ ކުރީން މީހުން ވީ އެމީހުންގެ އަވަށުގައި، ރަށުގައި، ނޫނީ ކައިރި ޤައުމުތަކުގައި ވީ ޢިލްމެއް އުނގެނިގެން ތިބި ބައެއްކަމުގައެވެ. އޭރުވެސް އަދި މިހާރުގެ ގިނަ މީހުންގެ ވެސް ސިކުޑީގައި ވާ ފަދައިން ޢިލްމަކީ އެޔާއި ނުލައި ފައިސާ ލިބޭން ހުއްޓާ އެހާ މުހިއްމު އެއްޗެއް ނޫނެވެ. އަމްދުން ހޯދާކަށް އެހާ ބޭނުން ވެސް އެއްޗެއް ނޫނެވެ. އެއިރުގެ ސިކުޑިތައް ގޮސްފައި ވަނީ މުޅީންވެސް "ކޮމާސް/ބިޒިނަސް" އަށޭ ބުނެވިދާނެއެވެ. ނަމަވެސް އޭރުގައިވެސް މޮޅެތި މީހުންނާއި އެމީސް މީހުންގެ ދަރިވަރުންތައް ކޮންމެސް ވަރަކަށް އުޅުނެވެ. އެހެނަސް އެމީހުންގެ އަމިއްލަ މެތަޑޮލޮޖީ ތަކެވެ. އިއްތިފާޤުން ދާދި ގާތް ގޮތަކަށް ހުރި މެތަޑް ތަކަކަށް ވެސް ވެފައި އެބަ ހުއްޓެވެ. ނަމަވެސް އެކި ޤައުމު ތަކުގެ އެކި މީހުންގެ ޢިލްމީ ފޮތްތަށް އެއްބަހަކަށް (ޢަރަބި ބަހަށް) ތަރުޖަމާ ކުރީމައި ހުޅަނގުގެ ބައެއް މަދު (ކިޔަވާ ހިތުން ތިބި) މީހުންނަށް ވެސް ފައިދާ ކުރިއެވެ. އެމީހުން އެތަންތަނުން ޢިލްމު ޙާސިލްކުރާން ފުރުސަތު ލިބުނެވެ. އަޅުގަނޑު މި ދެންނެވި އެއްޗެއްގެ ދަލީލަކަށް ތިޔައިގެ ތެރެއިން ވަކި ޢިލްމެއްގެ ތެރެއަށް ވަދެވިފައިވާ ކިޔުންތެރި އަކަށް އިނގިދާނެއެވެ. އޭގެން އެއް މިސާލަކީ ނިޔުޓަން އާއި ލިބިނިޒް ގެ ދަރިވަރުންގެ ކޯޅުންތަކެވެ. ކޮންމެ ބަޔަކު ވެސް ބަހުސް ކުރަނީ ތިމަން މެންގެ އުފެއްދުމެއް ކަމުގައެވެ. މިފަދަ އެތައް ބަހުސްތަކެކެވެ.

މި ބުނެދިން އެއްޗެއް އަދި ނޭންގުން ދޯއެވެ. އަޅާ ނުލާށެވެ. ނަމަވެސް ދަންނަވާލަމެވެ. މުސްލިމުން ނަކީ އެހާ ދައް ފަންތީގެ ބައެކޭ ހީނުކުރާށެވެ. ޒަމާނީ ތިޔަރީތަކާއި ފަންނު ތަކުގެ އަސްލު އަސާސުގެ ބޮޑު ބައެއް ވަނީ އެމީހުންގެ މަސަތްކަތުން ކަވަރު ކުރެވިފައެވެ. މުސްލިމުންގެ ކައިރީން ކިޔެވި މީހުންތަށް އެމީހުންގެ ޤައުމުތަކުގައި އެތަކެތީން އިތުރު ޢިލްމުގެ ގޮފިތަށް ފުޅާ ކުރުމުގެ ތެރޭގައި ޖަލަށްލާ އެތައް ސަކަރާތެއް ޖެހުމަކީ ވެސް މަދުން ވެފައިވާ ކަމެއް ނޫނެވެ. ދިވެހީންގެ ތެރެއިން ކޮންމެސް ޒަމާނެއްގައި ފިޒިކްސް ނުވަތަ އެސްޓްރޮނޮމީ ފޮތެއް ނަގައިގެން ކިޔާލި މީހުން އެ ދައްކާ އެސްޓްރޮނޮމީގެ ހޫރު ކާފަ ކޮޕާރނިކަސް އަކީ މުސްލިމުންގެ ދަރިވަރެކެވެ. ރަނގަޅެވެ. ކޮޕާރނިކަސް ދެރައެއް ނޫނެވެ. އޭނާ މޮޅެވެ. ނަމަވެސް އޭނާ ލިޔުން ފޮތެއް މީން މީހަކު ކީބާވައެވެ. ނޫނެކެވެ ނޫނެކެވެ. އިނގޭނީވެސް އޭނާގެ އަތުން ލިޔެފައިވާ ފޮތެއް ކިޔެވި ނަމަތާއެވެ. އެފޮތްތަކުގައި އޭނާގެ ޚިޔާލުތަކާއި ކިޔައިދީފައިވާ ފިލާވަޅުތައް ކުރީން ހުރީ މުސްލިމުންގެ ފޮތް ތަކުގައިއެވެ. ހުރީވެސް ގޮސް އަލިފު އޭ އަށް ވެ ބާ ބީ އަށް ވާ ހިސާބަށް ކޮޕީ ކުރެވިފައެވެ. އެހެނެއް ކަމަކު ކޮޕާނިކަސް ދެރައޭ ނުބުނަމެވެ. އެއީ މޮޅު މީހެކެވެ. ކިޔެވީ މިވެނި އެވެނި ބައެއް ކައިރިންކަން ހަނދާނެއް އޭނާ ނުނެތެއެވެ.

މިހެން ގޮސް އެތައް ވާހަކައެކެވެ. ހިސާބު ޢިލްމުގައި ސުމެއްގެ މުހިއްމު ކަމެވެ. މިފަދަ ވާހަކަތަށް ކިޔައި ދިނީމައި މިހާރުގެ މީހުން ފަހަރުގައި އެއް މިޔަ ކަނުން ހީލުން ނޫން ކަމެއް ނުކޮށްފާނެއެވެ. ސަބަބަކީ ނުވިސްނޭތީއެވެ. ކަމުގެ އުނދަގޫ ކަމާއި ބިރުވެރިކަން ތަހައްމަލު ނުކުރާ މީހަކަށް ނޭންގޭނެއެވެ. އޭގެ އެއް މިސާލު ބުނެދެވޭތޯ ބަލަމެވެ. ބަރު އެއްޗެއް އިންތަނުން ގުޑުވާލުމަށްޓަކައި އޭގެ އެއްކޮޅަށް ދަގަނޑު ބުރި އެއް ފާޑު އެއްޗެއް ލައްވާ، ދަގަނޑުގެ ދަށަށް ކޮންމެސް އެފާޑު ހަރު އެއްޗެއް ލައްވާފައި މަތާލީމައި އެ ބަރު އެތި ގުޑާނެކަން.... މިއީ އަހަރެމެން ދަންނަ ކަމެކެވެ. ނަމަވެސް އާރކިމިޑިސް އެހެން ބުނުމުގެ ކުރިޔަކުން އަހަރެމެންގެ ތެރެއިން އެކަން އިނގުނީ ކިތަކަކަށް މީހުންނަށް ބާވައެވެ. އޭނާ ބުންޏެވެ. "ތިމަންނަޔަށް ދިގު ދަނޑިއަކާއި ހުންނާނޭ ތަނެއް ދޭށެވެ. ތިމަން އޭރުން ދުނިޔެ އޭގެ "ޕޮޒިޝަނުން" ފޮރޮޅާލާނަމެވެ" މިއީ އަހަރެމެން މިހާރު ދަންނަ ކަމެކެވެ. ހަމަ އޭގެ މިސާލެއް ޤުރުއާނުން ދެން ހެއްޔެވެ؟

ﷲ ވަޙީ ކުރެއްވެވިއެވެ.
هُوَ الَّذِي خَلَقَكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ يُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوا أَشُدَّكُمْ ثُمَّ لِتَكُونُوا شُيُوخًا وَمِنكُم مَّن يُتَوَفَّى مِن قَبْلُ وَلِتَبْلُغُوا أَجَلًا مُّسَمًّى وَلَعَلَّكُمْ تَعْقِلُونَ (40:67)
"އެކަލާންގެއީ، ތިޔަބައި މީހުން ވެލީން ހެއްދެވި ރަސްކަލާންގެއެވެ. ދެން މަނި ތިއްކަކުންނެވެ. ދެން ގަނޑު ލޭކޮޅަކުންނެވެ. ދެން އެކަލާންގެ ތިޔަބައި މީހުން ޅަކުދީންގެ ގޮތުގައި މައިމީހާގެ ބަނޑުން ނެރުއްވަތެވެ. ދެން ތިޔަބައި މީހުން ބޮޑުވެ ފުރާ ފުރިހަމަ ވުމާއި ހަމަޔަށް ފޯރު ވުމަށްޓަކައެވެ. ދެން ތިޔަބައި މީހުން މުސްކުޅީންނަށް ވުމަށްޓަކައެވެ. އަދި ބައެއް މީހުން އެއިގެ ކުރީން މަރުވާ ކަމުގައި ވެސް ލެއްވީމެވެ. އަދި ތިޔަބައިމީހުން ކަނޑައެޅިގެން ވާ މުއްދަތަކަށް ފޯރުވުމައްޓަކައެވެ. އަދި ތިޔަބައި މީހުން ވިސްނުމައްޓަކައެވެ."

ބަޔާންވި އާޔަތުގައި ވަނީ ޤުރުއާނުގެ މުޢުޖިޒާތުގެ ތެރެއިން މުޢުޖިޒާތެއް ބަޔާން ކުރައްވާފައެވެ. ނަމަވެސް މުޢުޖޒާތަކަށް ވީ އަޅުގަނޑާއި އަޅުގަނޑު ފަދައިން ވީ މީހުންނަށެވެ. ދެން ވީ މީހުން ބުނާނީ މިހެންނެވެ. "ތިމަން މެން ބަޔޮލޮޖީ ޓެސްޓުގައި އިންސާނާ އުފެދުނީ ލޭކޮޅަކަށް ފަހު މަނި ތިއްކަކަށް ފަހު ދެން (ލީޗް) ފާޑު އެއްޗެކަށް ފަހު......" ލިޔެފިއްޔައި ލިބޭނީ ސުމެކެވެ.

އެއީ ތެދެކެވެ. މިހާރު ދޭން ވާނީ ވެސް ސުމެކެވެ. އެއީ މިހާރަށް ބާ އެއްޗެކެވެ. ނަމަވެސް އެކަން ނޭންގޭ އިރުގައި އެއީ ބޮޑު "ބްރޭކް ތުރޫ" އެކެވެ. އެ ފޮތް ބާއްވައި ލެއްވީ އެކަން ނޭންގޭ އިރުގައެވެ. ދެން އޮތް ސުވާލަކީ މިކަން މުސްލިމުން ނުހޯދީ ކީތްވެގެން ބާވައެވެ؟ މުސްލިމުން ފަހަރުގައި ނުހޯދަފާނެއެވެ. ނޫނީ ދައް ކަމުން ނުހޯދިފައި ވެސް ވެދާނެއެވެ. ނަމަވެސް، މުސްލިމުން ޤަބޫލު ކުރާނީ އެހެން ނެވެ. ވާހަކަ ދައްކާނީ ވެސް އެހެންނޭ ކިޔައި ގެން ނެވެ. ތަފާތަކީ މީޑިޔާ ތަކުން އެކަން ޢާންމު ކުރަނީ (ޤުރުއާނުގައި ވާ އެއްޗެއް އަސްލަކަށް ބަލައިގެން) ވިޔަސް ނުވަތަ ނުތްވަސް އެހެން ބަޔަކު ހޯދުމުން ނެވެ. މުސްލިމުން ދަށީ އެއް ނޫނެވެ. މުސްލިމުންގެ އަގެއް ނެތީތީވެ އެމީހުންގެ ބަސް އެހެން މީހުން ގެ ކައިރީގައި އެއްޗަކަށް ނުވެ ދަނީއެވެ.

ގުޅުންހުރި

2 ޚިޔާލު

  1. މުސްލިމުން އަންދަލުސްގައި ވެރިކަން ކުރި އިރު އެތަނުގައިވެސް ޢިލްމު ކުރި އަރުވަން ނުހަނު މަސައްކަތް ކޮށްފައިވޭ! އޭރު އެތަނުގައި ހުރިވަރުގެ ލައިބްރަރީއެއް ހިޔެއްނުވޭ ދުނިޔޭގެ އެހެންތަނެއްގައި ހުންނާނެހެނެއް!! މާޝާﷲ

  2. ވަރަށްަަ ހަބޭސް

Your email address will not be published. Required fields are marked *

More in ވާހަކަ