ޔަހޫދީ އަންހެނަކު ދުއްވަމުން ދިޔަ ކާރަކުން ޖައްސާ މިދިޔަ ބުދަދުވަހު ޝަހީދުކޮށްލި ފަލަސްޠީނުގެ ދަނޑުވެރިޔާގެ ޖަނަޒާގައި ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވެއްޖެއެވެ.
މިޖަނާޒާގައި "ސަލްފިތު" ގެ ގަވަރުނަރާއި ސަރުކާރުގެ އިސް އޮފިޝަލުންނާއި އެހެނިހެންވެސް ފާހަގަކޮށްލެވޭ ބޭފުޅުންވަނީ ބައިވެރިވެފައެވެ. އަދި ގަސްތުގައިކަމަށް ބެލެވޭފަދަ ގޮތަކަށް ޔަހޫދީ ވަޒަންވެރިން ހިންގާ މިފަދަ ޖަރީމާތައް ގިނަވެފައިވާތީ ޖަނާޒާގެ ބައިވެރިން ވަނީ މިކަމާ ދެކޮޅަށް އެމީހުންގެ ޝުޢޫރުތައް ފާޅުކޮށް އަޑުއުފުލައިފައެވެ.
މިހާދިސާ ހިނގާފައިވަނީ ހުޅަނގުއައްސޭރީގެ "ސަލްފިތު" ޑިސްޓްރިކްޓްގެ އަވަށެއްކަމުގައިވާ "ދޭރް އެސްތިއާ" ގެ ހުޅަނގުގައި ޤަވާއިދާ ޚިލާފަށް އާބާދުކޮށްފައިވާ "ރަފާފާ ސެޓްލްމަންޓް" އަށް ވަނުމަށްޓަކައި ޔަހޫދީ ވަޒަންވެރިން ބޭނުންކުރާ މަގެއްގެ މަތީގައެވެ. މަންޒަރު ދުށް މީހުން ބުނިގޮތުގައި ޔަހޫދީ އަންހެންމީހާ ދުންވަން އިން ކާރުން ޖެހުމާއެކު ޢުމުރުން 45 އަހަރުގެ ޢަބްދުލްމުއްޠަލިބް ޙަކީމް ވަނީ ހަމަ ވަގުތުން މަރުވެފައެވެ.
މަޞްދަރު: ދި ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރ

ކޮމެންޓް (0)
ލޯޑް ކުރަމުން...