މިނާ: މިފަހަރު ޙައްޖުވެރިންނަށް ނުރައްކާތެރި ބަލިތަކެއް ޖެހިފައި ނުވާކަމުގައި ސަޢުދީ ހެލްތު މިނިސްޓަރ ޑ.ރ ޢަބްދުއްލާ އަލް ރަބީހް މިދިޔަ އަންގާރަ ދުވަހު ނޭސްވެރިންނާއި ބައްދަލުކޮށް ވިދާޅުވެއްޖެއެވެ.
މިނާގެ އެމެޖެންސީ ހޮސްޕިޓަލްގައި ބޭއްވި ޕެރެސް ކޮންފަރެންސްއެއްގައި ވާހަކު ދައްކަވަމުން އަލްރަބީހް ވިދާޅުވީ މީ އެމިނިސްޓަރީ ހައްޖުވެރިންގެ ސިއްޙީ ކަންތައްތައް ބެެލެހެއްޓުމަށް ކުރި ނުހަނު ގިނަ މަސައްކަތުގެ ނަތީޖާ ކަމުގައިއެވެ. "މިނިސްޓްރީއިން ގެން ދިޔައީ ޙައްޖުވެރިންގެ ސިއްޙީ ހަލު ވަރަށް ކައިރިން ބަލަމުން." ރަބީހް ވިދާޅުވިއެވެ. ދުނިޔޭގެ އެކިޤައުމުތަކުން ޒިޔާރަތް ކުރި ޙައްޖާޖީންގެ "ވޯލްޑް ހެލްތު އޯގަނައިޒޭސަން"ނުން ދަތުރުވެރިންގެ ނުރައްކާތެރި ބަލި ތަކެއް ހުރިތޯ ބަލަން ހަދާ ފެންވަރުގެ ޓެސްޓުތަކެއް ހަދާފައިވާކަމުގައި ވިދާޅުވިއެވެ. އަދި ގައިންގަޔަށް އަރާވަރުގެ ބަޔެއް ހުރިކަން އިގިއްޖެނަމަ ވަގުތުން އޭނާއަށް ފަރުވާދީފައި ވާނެކަމުގައި ވެސް ރަބީހް ވިދާޅުވިއެވެ.
ބައެއް ބަލިތަކުން ރައްކާތެރި ކުރުމަށްޓަކައި ވަނީ ވެކްސިން ޑޯސް ވެސް ދެވިފައެވެ. އެގެތެރޭގައި " މެނިންގިޓިސް" އަށް 365،777 ޙައްޖާޖީންނަށް ޑޯސް ދެވިފައިވެއެވެ. އަދި ޕޮލިޔޯ ދެވިފައި ވަނީ 532،400 ޙައްޖާޖީން ކަމަށެވެ. ރީދޫ ހުމަށް 200،000 ޙައްޖާޖީން ނަށް ދެވިފައިވެއެވެ. ހުރިހަ މީހުންނަށް ވެސް ވެކްސިން ދެވިފައި ވަނީ ސަޢުދީއަށް އެތެރެ ވުމުގެ ކުރިންނެވެ. ޙައްޖާޖީންނާއި އެކީގައި ސިއްޙީ ކަންތައްތައް ބެލެހެއްޓުމަށްޓަކައި ވަނީ ޓީމް ތަކެއްވެސް ފޮނުވިފަކަމުގައި ރަބީހް ވިދާޅުވިއެވެ. މިޓީމްތަކުން ވަނީ 3500 ޙައްޖާޖީންނަށް ކުދި ކުދި ބަލިތަކަށް ފަރުވާދެވިފައެވެ. އަދި އެއްވެސް ހައްޖުވެރިޔަކު ހޮސްޕިޓަލާއި ހަމަޔަށް ގެންދާކަށް ނުޖެހޭ ކަމުގައި މަޢުލޫމާތު ދިނެވެ.
ޙައްޖުވެރިޔަކަށް ކަމެއްދިމާވެދާނެ ކަމަށް ހޮސްޕިޓަލްގައި އޮން ކޯލްގައި 470 ހިތުގެ ބަލި ބައްލަވާ ޑޮކްޓަރުންނާއި 20 ހިތުގެ އޮޕެރޭޝަން ޑޮކްޓަރުންނާއި 886 ކިޑިނީ ޑައިލައިސިސް ޑޮކްޓަރުންނާއި އަދި 179 އެންޑަސްކޯޕީ ޑޮކްޓަރުން ތިއްބާވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މައްކާގެ އަދި މަދީނާގެ ހެލްތު ސެންޓަރަށް 421،760 މީހުން ދައްކައިފައި ވާއިރު މައްކާގެ ކުދި ކްލިނިކްތަކަށް ދައްކާފައި ވާ މީހުންގެ އަދަދަކީ 88،635 މީހުންނެވެ. އެމެޖެންސީ ހާލަތެއް ދިމާވެދާނެ ކަމަށް އެބިއުލާންސްތަށް އަބަދުވެސް ޙައްޖާޖީން އުޅޭ ސަރަޙައްދުތަކުގައި ތައްޔާރަށް ތިބޭނެކަމަށް ވެސް ރަބީހް ވިދާޅުވިއެވެ.
"ޑަބްލިއު، އެޗް، އޯ" ޑޮކްޓަރ ޖަވާދު އަލް މަހްޖޯރ ވެސް ޙައްޖާޖީގެ ހާލަތު ވަރަށް ކައިރިން ބައްލަވަމުން ގެންދަވައެވެ. އަދި މިނިސްޓަރީން ބަލި މީހުންނަށް ބަހައްޓާ އޯގާތެރިކަމާއި ދެއްވާ ފުރިހަމަ ފަރުވާ ވެސް ބަލަވަމަމުން ގެންދަވައެވެ.
އަދި މިފަހަރުގެ ސީރިޔަސް ބަލިމީހުން މަދުކަމަކީ ވެސް ސަޢުދީގެ ހެލްތު މިނިސްޓަރީގެ ބުރަ މަސައްކަތެވެ. އަދި ގިނަ ޙައްޖާޖީން ދަނީ މިފަހަރު ސަޢުދީން ދީފައި ވާ ފުރިހަމަ ޙިދްމަތްތަކަށް ތަޢުރީފް ކުރަމުންނެވެ.


















ޚިޔާލު