ކުރީގެ މަޝްހޫރު ބޮކްސިން ޗެމްޕިއަން މައިކްތައިސަން ޢުމްރާ ކުރެއްވުމަށް ސައޫދީ ޢަރަބިއްޔާއަށް ވަޑައިގެންފިއެވެ. މިއީ މައިކްތައިސަން ޢުމްރާ ކުރެއްވުމަށް ސައޫދީއަށް ވަޑައިގެންނެވި ފުރަތަމަ ދަތުރު ފުޅެވެ. 1990 ވަނަ އަހަރު ޖަލުގައި ހޭދަކުރެއްވި ދުވަސްވަރު އިސްލާމްވެ ވަޑައިގެންނެވި މައިކްތައިސަންއަކީ ބޮކްސިންގައި އެތައް ކާމިޔާބީތަކެއް ޙާޞިލު ކުރައްވާފައިވާ ކުޅަދާނަބޭފުޅެކެވެ.
މައިކްތައިސަން ގެ މިދަތުރު ފުޅުގައި ސައޫދީޢަރަބިއްޔާގައި އެއްހަފްތާ ހޭދަކުރައްވާނެ ކަމަށާއި އަދި ސައޫދީ ސަރުކާރުގެ ބައެއްއިސްފަރާތްތަކާއި ބައްދަލުކޮށް ބައެއް މުހިއްމު ތަންތަނަށް ޒިޔާރަތްކުރާނެ ކަމަށް ޚަބަރު ލިބެއެވެ.
Source: Raajjeislam.com
ކޮމެންޓް (0)
ލޯޑް ކުރަމުން...