ޔޫރަޕު ކޮލަމްބިއާއަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް 48 މީހުން މަރުވެ އެއްލައްކަ މީހުންނަށް އަސަރުކޮށްފި

ކޮލަމްބިއާއަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް 48 މީހުން މަރުވެ އެއްލައްކަ މީހުންނަށް އަސަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިސްމާއިލް އަފްރާހް

ކޮލަމްބިއާއަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް 48 މީހުން މަރުވެ އެއްލައްކަ މީހުންނަށް އަސަރުކޮށްފިއެވެ.

ކޮލަމްބިއާގެ ޑިރެކްޓާރ އޮފް ނޭޝަނަލް އޮފީސް އޮފް ޕްރިވެންޝަން، އަމަންޑާ އިއްޔެ ހާމަކުރިގޮތުގައި 'ކޮލަމްބިއާއަށް ކުރަމުންދާ ވިއްސާރައިގައި ޖޫން މަހުގެ ނިޔަލަށް 48 މީހުން މަރުވެ 8 މީހުން ގެއްލި 170،000 މީހުންނަށް އެކި ގޮތްގޮތުން އަސަރުކޮށްފައިވާ' ކަމަށެވެ.  ކޮލަމްބިއާއަށް ކުރަމުންދާ ވިއްސާރައިގައި އެގައުމުގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާކަމަށްވެސް ހަބަރުތައް ދަނީ ލިބެމުންނެވެ. އަދި މީގެ އިތުރުން ސަރުކާރުގެ އިމާރާތްތަކަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން ގައުމުގެ ހިންގުމަށްވެސް ބޮޑެތި އަސަރުތަކެއް ކޮށްފައިވާކަމަށް މީޑިއާތަކުން ދަނީ ބުނަމުންނެވެ.

މޫސުމާއި ބެހޭ ފަރާތްތަކުން ލަފާކުރާގޮތުގައި ކޮލަމްބިއާއަށް ކުރަމުންދާ ވިއްސާރަ ސެޕްޓެމްބަރ މަހު އިތުރަށް ގޮސްވަމުންދާނެކަމަށެވެ.

ޓެގް

ތޫފާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.